ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމަށް ފަންޑު ކުރި މީހުން ހޯދުމަށްޓަކައި، އެކަން ހޯދައިދޭ ބަޔަކަށް ފައިސާގެ އިނާމު ހުށަހަޅަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ފަހުން ދިހަ ދުވަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ހަމަލާއަށް ފަންޑު ކުރި މީހުން ހޯދިފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރައީސް ނަޝީދުގެ ވެސް އަރިސް މެންބަރެއް ކަމުގައިވާ ބޮންޑޭ ވިދާޅުވީ، ފަންޑު ކުރި މީހުން ނުހޯދެވޭހާ ހިނދަކު ރައްޔިތުން ގެންދާނީ އެކި މީހުނަށް ތުހުމަތު ކުރަމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް ފައިސާގެ އިނާމެއް ހުށަހަޅައިގެން ހަމަލާގެ ބައިވެރިން ހޯދައިދޭން އޭނާ އެދިވަޑައިގަތެވެ.

"އިއުލާންކުރަންވީނު، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް އޮވެޔޭ، އެފަދަ މައުލޫމާތެއް ދޭ ފަރާތްތަކަށް އިނާމު ކަނޑައަޅާ، ފައިސާއަށް މަސައްކަތް ކުރަނީ ހުރިހާ އެންމެން ވެސް. ފައިސާ ބޭނުންވީމަ އެ މައުލޫމާތު ފޯރު ކޮށްދޭން ބޭނުންވާ މީހާ އެކަން ކުރާނެ،" ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައާއި އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް ތަހުގީގެއް ހިންގުމަށް ރޭ ފާސްކޮށްފައެވެ. ބެލެވޭ ގޮތުގައި މި މައްސަލަ ދިރާސާ ކުރާނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީއިންނެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނި މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. ހަމަލާ ދީފައިވަނީ ދީނީ ހަރުކަށި ބަޔަކުކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލައިގެ ތަހުގީގަށް ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ދަނީ ހޯދަމުންނެވެ.

ރައީސް ނަޝީދަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ، އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ނަައީމް

  ކަލޭ އަޑިގާހުރެގެން ބޮޑެތި އަދަދައް ތިޔަޑިމާންޑުކުރަނީ ތީގާ ކޮންމެވެސް ސިއްރެއްވާނެ ނުވާނަމަ ތިތަދަ ކަންކަން ކަން ހަމަޖައްސާނީ ޕޮލިހުންނާއި ސިފައިން މި ބޮންޑާމއން ހީވަނީ މި މީހުން ބުނާހާ ގޮތެއްހަދަންތިބިބައެއްހެން ޕޮލިހުންނާއި ސިފައިންނަކީ ނިކަން ވީޑިއޯ ބަލާބަލަ ބޮންގޮއްވިދުވަހު ބޮންޑާ ޕޮލިހުންނައް އަމުރުރު ކުރަން ތެޅުނުފާޑު އެދުވަހު ޕޮލިހުން ތަންތަނައްފޮނުވީ މީނާގެ އަތުން އިސާރާތްކޮއްފަ ޕޮލިހުން ބޭނުންވި ގޮތަކަށެއްނޫން އުޅުނީކީ

  • ޕާޕަ ޕާޕާ

   މެމްބަރުކަމަކީ ދެންތިބި މުއައްސަސާ ތައް އަޅުންނަށް ހެދުމެއްނޫން. ޕްރޮފެޝަނަލްކޮށް ކަންކަމުގައި ޑީލްކުރަން އިނގޭނީވެސް ތައުލީމީ މީހުންނަށް.

 2. އުސްމާނުބެ

  ތިޔަ އިއްޒަތް ތެރިން ގެ އެއްމަހުގެ މުސާރަ ތިކަމައް ހޭދަ ކޮއްލަން ވީނުންތޯ ރައްޔިތުންގެ ފައިސާ އިން ހަރަދުކުރުމުގެ ބަދަލުގައި......

 3. އުހުމަދު

  ރަގަޅު ހިޔާލެއް . ބޮޑެތި އަދަދުން އެހެން ކުދި ކަންކަމަށްވެސް ހަރަދު ކުރަނީ ވިއްޔާ. ގައުމާއި ރައްޔިތުންނަށްޓަކައި އެފަދަ ފަރާތް ހޯދުން މުހިންމު

 4. ޕާޕަ ޕާޕާ

  މައްސަލަ ވަކިކޮޅެއްގައި ޖެހެންދެން ފުރަތަމަ ކަމަކަށް މާރިއާ މަގާމުން ދުރުކުރޭ.
  ދެވަނަ ކަމަކަށް އަދީބު އަނބުރައި ޖަލަށް ފޮނުވާލާ. ޢަދި އޭނާއަށް އެއްވެސް މުވާސަލާތެއް ނުކުރެވޭގޮތަށް ހަދާ.
  ތިންވަނަ ކަމަކަށް މައްސަލަބަލަން ފަށަންވީ އަދި އިނާމުވެސް ހުށަހަޅަންވީ.

  3
  2
 5. އަބްދޫ

  ފަންޑުކޮށްފަހުރެ ފަންޑުންފިލަން އިނާމު ހުށަހަޅާ ވާހަކަ ދެއްކީމަ ކަމަކު ނުދޭ.

 6. ހުސެއިން ރަސީދު

  ކިހިނެއް ފަންޑުކުރާމީހާ ހޯދާނީ އިއްތިފާގުތައް ގިނަކަމުން ހަޔެއްކަ އިގިރޭސި ގެސްޓުން މުޅިރާއްގޭގައި ތިބީ އޭގެތެރެއިންއެކަކު އެތަނުގައި އެވަތުގައި ހުރުން، ރޯދަމަހެއްގެ އެވަގުތު އެތާ ރާއްޖެ ޓީވީއުޅުން މެންބަރުންނައް ކުރިން މައުލޫމާތު ލިބުން ވިސްނާވިސްނާ ބޯހަލާކު

 7. ސްކިޕަރ

  ޓެރަރިސްޓު އެޓޭކްގައި ހިމެނޭ މައި މީހަކު، ހެއްކާއެކު ހޯދައިދިން ކޮންމެ ފަރާތަކަށް :600،000 ރުފިޔާ. ޓެރަރިސްޓު އެޓޭކަށް އެއްވެސް ގޮތަކަށް ވާގިވެރިވީމީހަކު ހޯދައި ދިން މީހަކަށް 400،000. ޓެރަރިސްޓު އެޓޭކު ހިންގި މީހުންނާއި ނުދީދާގޮތެއްގައި ވާގިވެރިވީ ކޮންެމެ މީހަކު ހޯދައި ދިން މީހަކަށް 250،000. މިހެން އިނާމު ދޭން ހުށަހަލާބަލަ. އޭރަށް ތިޔަ އަމިއްލަ އެދުން ބޮޑު ޓެރަރިސްޓު ގުރޫޕު އެކަކު އަނެކަކު ބަސްޓު ކޮށްލާނެ ނިކަން ބަލާތި ހެހެހެހެެހެ

 8. ލޮލް

  ފުރަތަމަ ސުވާލު: އިނާމު ދޭނީ އެމްއެމްޕީއާރުސީ ފައިސާއިންތަ؟

 9. ހާމަކުރޭ

  އިނާމެެއް ނުދިނަސް އެމީހާގެ ނަން ހާމަކުރުމަށް ބޮންޑޭއަށް ގޮވާލަން.