ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރި ހޭދަ 1.6 ބިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ކޮވިޑް-19 އާ ގުޅޭޭ އެކި ކަންކަމަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެެންމެ ބޮޑު ހޭދައެއް މިދިޔަ ހަފްތާގެ ތެރޭގައި ކޮށްްފައި ވަނީ އައިޖީއެމް ހޮސްޕިޓަލުުންްނެވެ. އައިޖީއެމްއެޗް އިން ކުރި ހޭދަތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްް މި ބަލިމަޑުކަމާ ގުޅުންހުރި ކަންކަމަށް ކޮށްފައިވާ އިރު، ޖުމްލަ އައިޖީއެމްއެޗްގެ ކޮވިޑު ހަރަދުތަކަށް 143.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ހެެލްތު މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ ހޭދައަށް ބަލާއިރު އެ މިނިސްޓްރީން ވަނީ ޖުމްލަ 496.5 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ ދަތުރުތަކަށް 274 މިލިއަން ރުފިޔާ އާއި، މުވައްޒަފުންނަށް އެެލަވަންސް ދިނުމަށް 33.9 މިލިއަން އަދި ކެޕިޓަލް އިކުއިޕްމެންޓް ހޯދުމަށް 80.5 މިލިއަން ރުފިޔާއެވެ.

އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 48.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ފުލުހުން 31.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މުވައްޒަފުންނަށް އެލަވަންްސްގެ ގޮތުގައީ 27.4 މިލިއަން ރުފިޔާ ދީފައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    އޭގެ ތެރެއިން 500 މިލިޔަން ވާނީ ވަގުން ޖީބުތަކުގަ