އެންވަޔަރަމަންޓް މިނިސްޓަރަކަށް ދާދި ފަހުން އައްޔަން ކުރެއްވި އައިޝަތު ޝައުނާއަށާއި ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ. ހުސެއިން ރަޝީދު ހަސަން ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓަށް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ފަހު، އެ މިނިސްޓަރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެއެވެ.

ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެ މަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށް ފަހުގައެވެ.

ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދުގެ މަގާމު ބައްދަލު ކުރައްވާ ކަން އެނގިވަޑައިގަތުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޝައުނާ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ދެން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށެވެ. އެއީ ސްޓޭޓް މިނިސްޓަރަކާއި އެއް ފެންވަރުގެ މަގާމެކެވެ.

މި ބަދަލުތައް ސަރުކާރުގެ ކެބިނެޓަށް ގެނެސްފައި މިވަނީ، މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ސަރަހައްދުތަކުން ލިބުނު ނާކާމިޔާބީއާއެކު ކެބިނެޓަށް ބަދަލު ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވުމާ ގުޅިގެނެވެ. އެ ގޮތުން އެންމެ ބޮޑު ކަމަކަށް ފާހަގަކުރެއްވީ ވެސް މަސްވެރިންގެ އޮތް ކަންބޮޑުވުންތަކާއެކު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަޅުގަނޑު ދެކޭ ގޮތުގައި މަޖްލިސް އިން ފާސް ވަންދެން ހުންނަވަން ވާނީ "އެކްޓިންގ މިނިސްޓަރ" ނުވަތަ "މިނިސްޓަރު ގެ ބަދަލު ގައި" މި ގޮތުގައެވެ. ފަތްކޮޅު ވެސް ލިބެން ވާނީ މަޖްލިސް އިން ފާސް ވީމައެވެ.

  2. ބަލާތިބަލާތި

    ރައީސް ނަޝީދުގެ މައްސަލަ ނުބެލެނީސް އާ އެއްވެސް މިނިސްޓަރަކަށް ރުހުން ދީގެން ނުވާނެއޭ އެމްޑީޕީގެ މަޖްލީސް މެމްބަރުން މިކަމަކީ މީ ހަމަލާ އާއި ގުޅުން ހުރި ކަންކަމަށް ވުން ވެސް އެއީ އެކަށީގެންވާ ކަމެކޭ ސަބަބަކީ ވަރަށް ޖޫނިއަރ މީހުންނަށް އެއްވެސް ތަޖްރިބާ އެއް ނެތީސް މިނިސްޓަރުކަން ދީ އެއީ ކުޑަ ސަރުކާރެއް ވަރަށް ގިނަ ކަންކަން އެއް މިނިސްޓްރީގެ އަންބްރެއްލާ ދަށަށް ގެނައުން އެއީ ޝައްކުން ފުރިގެންވާ ކަންކަމޭ ޓެރެރިސްޓް ހަމަލާ ތަކަށް އިންސައިޑް އިންފޯ އެއީ ކޮންމެހެން ބޭނުންވާ މައުލޫމާތް ތަކޭ ރައީސް ނަޝީދުގެ އިންސައިޑް އިންފޯ ރަނގަޅަށް ދަންނަ މީހުންނަށޭ މިހާރު މިނިސްޓަރު ކަން ދީގެން ރައީސް އިބޫ އެއުޅުއްވަނީ އެއީ މިވަގުތު ބަލަން ޖެހޭނެ ކަންކަމޭ އެންމެ ގާތުގައި ހުންނަ މީހާއޭ އެންމެ ނުބައި ހަދަނީ ޓެރެރިސްޓް ހަމަލާ ތަކުގައި...

  3. އިސްތިއުފާއޭ

    މިނިސްޓަރު ޝައުނާ އިސްތިއުފާދޭންވީއޭ ޝައުނާ އަކީ ރާއްޖޭގެ ޓީޗަރުން އެމެންގެ މުސާރަ ބޮޑު ކުރަން ބުނުމުން އެމެން ރައީސް އޮފީހަށް ވައްދާ އެފަކީރުން ނަށް ބޯން ދިން މީހެކޭ މިހާ އަނިޔާވެރިކަން ބޮޑު މީހުންނަށް ރާއްޖޭގެ ތިމާވެށި މިނިސްޓަރު ކަން ދީގެން ނުވާނެއޭ ޝައުނާ އިސްތިއުފާ ދޭންވީއޭ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ

  4. ރުހުން ދިނުމުގެ ކުރިން

    ރައީސް އަށް މޑ އެން އާއި މި މިނިސްޓަރާއި އޮތްގުޅުންތައް ހަމަ އެނގި ނުލައްވަނީތޯ ހިތައްއަރާ

    އަދި 2013 ގައި ޚުތުބާ އަށް ޖޯކް ޖަހާފައި ޓްވީޓް ކޮށްފައި ހުރިކަންވެސް ނޭނގެނީތޯ؟ ނުވަތަ އެއީ ކަމަކަށް ނުވަނީތޯ؟
    އިއްޔެގައިވެސް އިންޓެލިޖެންސް ... މަގާމުދެވުނީވެސް އެފަދަ މީހަކަށް. އެނޫން ބަޔަކުނެތީތޯ؟
    މިއީ އެފަދަ މީހުނަށްދެވޜ ހިތްވަރަކަށް ނުވޭތޯ