އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން ފުލުހުން އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާރިޗް 16 ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުން އަންނަ ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.
ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯއެއް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު (481765) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
އަޅެ ފަހެ އާންމުންގެ މީހަކައް ހިލަމެއްވެސްނުވޭ ރައްޔިތުން ކީއްތަ މި ކުރަނީ ކައިކައިގެން ދެކޮޅައްހިގާއިރުވެސް ނުފެނޭ ބަލަ ރައްޔިތަކައް ނުފެއްނަނަމް އަމުދުން ޕޮލިކިހަކައްނުފެއްނާނެ މީ މިއަދުގެ ވެރިކަމުގެ ހާލަތެ އިސްތިއުފާދީފާ ގެއައްދޭބަލަ ބޭރުނުކުރަނީސް
ތިނުހޯދޭނެ ތިމީހާ ނާރާނެ އެއްވެސް ކެމެރާއަކައް މަގުމަތީހުރި.