ނަފްރަތު އުފެއްދުމަށް ނަފުރަތުގެ ބަސް ރައްދު ކުރުމާއި ހަރުކަށި ވިސްނުން ފެތުރުން ހުއްޓުވަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ފާސްވީ 33 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މީކާއީލް ނަސީމް މި މައްސަލަ ހުށަހެޅުއްވީ ހަރުކަށި ވިސްނުމުގެ ބަޔަކު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ. މީކާއީލްގެ މައްސަލާގައި ގޮވާލާފައި ވަނީ ވެސް އިސްލާމް ދީނުގެ ނަމުގައި ނަފްރަތުގެ ބަސްތައް ފެތުރުން ހުއްޓުވުމަށެވެ.

މި ފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބިލެއް ވެސް އެކުލަވާލާފައެވެ. އަދި މަޖިލީހަށް އެ ބިލު ފޮނުވުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެ އޮފީހުން އިއްޔެ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ އާއި އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް ތަހުގީގެއް ހިންގުމަށް ރޭ ފާސްކޮށްފައެވެ. ބެލެވޭ ގޮތުގައި މި މައްސަލަ ދިރާސާ ކުރާނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީއިންނެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނި މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ. ހަމަލާ ދީފައިވަނީ ދީނީ ހަރުކަށި ބަޔަކުކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލައިގެ ތަހުގީގަށް ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ދަނީ ހޯދަމުންނެވެ.

ރައީސް ނަޝީދަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ، އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިސްމާއިލް ދާއޫދް

    ނިކަން ކެރިގެން ކަންކަން ވާނީ. އެއްބަޔަކު ވިސްނުން ހުންނަގޮތުން އަނެކަކައް ކޮންމެ ފަދަ ކަމެއް ކޮއްފަވެސް ހެވިލާފަ އެ އުޅެނީ! މިއީ ކަންކަން ވާންވާނެ ގޮތެއް ނޫން!

  2. ނަައީމް

    މި ފަހަރު ރައީސްޔާމީން ލޯންޗް މޮޅު ގޮއްވާލި މައްސަލަވެސް ބެލެންޖެހޭ އެންމެފުނައްފީނާމީހާލައްވާ ހުރިހާ ކަމެއްގެ އަޑިގާ ތިބޭނީ މަޖިލީހުގެ މެމްބަތުން ގެއްލުމެއްދިނަސް މަސައްކަތެއްކޮއް ފައިދާނެގިޔަސް

  3. ޙަންސީ

    2008 ގަ މައުމޫން ވެރިކަމުން ދުރުކޮއް އަންނި އައް ވެރިކަން ލިބުނު. ދެންވެސް ރީތި ވެރިކަމެއް ކުރާކައް ނޭގުނު. ކޮންމެ ހުކުރުވިލޭރެޔަކު ޕާޓީ މީހުން އެއްކޮއް ބޮޑުޖަލްސާ ބާވަމުންގެންދިޔަ ލޮނު ޒިޔާރަތް ކޮޅުގަ. އޮންނަކަމަކީ މޑޕ ގެ ލީޑަރޝިޕް ޕޯޑިއަމް އައް އަރާ މައުމޫނައް ހަޖޫ ޖެހުމާ މީހުނައް މަލާމަތްކުރުން އެންމެފެންވަރުދައް ބަހުރުވައިން. މޑޕ ގެ އަންހެނުންތަކައް މަޖާވެގެން އަތްޖަހާފަ ހީގަނީ ކިޔާކޮންމެހުތުރު އެއްޗަކައް. މޑޕ އިން ދިރުވާ ދަސްކޮއްދިނީ ގަދަރު ކަންޑުވަންށާ، ކިޔާނެކޮންމެ އެއްޗެއްކިޔޭނެކަމާ، އުޅޭނެހާ ގޮތަކައް އުޅެވޭނެކަމާ. އެއްބަޔެއްގެ ހިތުގަ އިންތިހާ އައް ނަފްރަތު އުފެފެމުންދިޔައި. މިޔަދު އޭގެނަތީޖާ މިފެންނަނީ ވަރައްވެސް ހިތިކޮއް. މިއަދު މޑޕ މީހުން ދެން ކިޔާނެ ކަމެއްނެތް ނަފްރަތް އުފެދޭ ވާހަކަ ނުދައްކާށެކޭ.

    13
  4. ޔޫސުފް

    އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ބަދުބަސް ބުނެ އިސްލާމް ދީނުގައި ވަކި ގޮތަކަށް އަންގަވާފައިވާ ކަންކަން އެނޫން ގޮތްގޮތަށް ބަދަލުކޮށް ފާޅުގައި ދީނީ ޙުކުމްތަކަށް ގޮންޖަހާ މީހުންނަކީ ވެސް ހަރުކަށި މީހުންގެ ގޮތުގައި ބަލަންޖެހެއެވެ.

    21
    1
  5. މަތާއީދު

    އޯކޭ ތިކަންވެސް ހައްލުކުރެވޭތޯބަލާ ހަމަ އެއާ އެކު ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރާމީހުނާމެދުވެސް ފިޔަވަޅު އަޅަން ހުށައަޅަންވާނެ... # ހަރުަކަށި ފިކުރު ހުއްޓުވޭނީ ދީނަށް ފުރައްސާރަ ކުރުންވެސް ހުއްޓުވިގެން

  6. ދޯ

    Mihaaru "harukashi fikuru" ga thibi meehunnah ingeyne dheenah hajoo jehumah onna hukum ves.. Thiya gaanoonun ehukum meehunnah engun konmes varakah huttuvidhaane.. Assu massala akee dheenah joke jahaa beynun haa ehcheh dheenah kiyun.. Ekamaa ehchekey bunaa meehunge angabandhu kuran gennan ulhey gaanooneh thee.. Dhen e laadheenee thakah e gaanoonuge fahathu thibe dheenah furassara kureveune eh nun

  7. ހުސެއިން ރަސީދު

    އެތަނެއްގައި އޮންނަ ދީނާއި ސަގާފަތައް އިހުތިރާމް ނުކޮއް އަބަދު އަބަދު އެކަންތަކާ އިދިކޮޅު ހިޔާލު ފާޅު ކުރަންޔާ ހަރުކަށި ފިކުރު އުފެދުމުގެ ފުރުސަތު ބޮޑުވާނެ. ނުކުރަން ވީކަމަކީ ހަރުށި ކަމައް ނިންމާ މީހުންނާ އެކު އަމިއްލަ މަންފާއައް ޑީލު ނެހެދުން.

  8. ސުލޯލިހް

    ދީނައް، ރަސޫލާއައް ފުރައްސާރަ ކުރާމީހެއްވެއްޔިއްޔާ އެމްޑީޕީގެ އިސްސަފުގައި ވަރައްގަދަ މީހެއްކަމައް ދެކެނީ. މިމީހުން ބޭނުންވަނީ ދީނައްފުރައްސާރަކުރުމުގެ މިނިވަންކަން ދީފައި ދީނައް ލޯބިކުރާ، ދީނުގެ ދިފާއުގައި ބަސްބުނާ މީހުން ބިރުގަންނަވައި ޖަލައްލާ ހަދަން.

  9. ކޮރަލް

    ހަރުކަށި ފިކުރގެ ދެވައްތަރެއް އެބަ އުޅެ އެވެ. އެއީ ދީ ގޮތުން ހަރުކަށި ފިކުރާ އި ދީނައް ފުރައްސާރަ ކޮށް އަދި ދީނުން ބޭރު ވާ ބައެކެވެ. މަޖްލީހުން ވަޖާލާތު ކުރަނީ ދީނީ ގޮތުން ހަރުކަށި ފިކުރާ ދެކޮޅަށެވެ. ދީނައް ފުރައްސާރަ ކުރާ މީހުންގެ ވާހަކަ ނުދައްކަ އެވެ. ގާނޫނު ހަދާ އިރު ދީނައް ފުރައްސާރަ ކޮށް ދީނުން ބޭރު ވާމީހުންގެ ވާހަކަ ނުލިޔެ އެވެ. މިއީ ދިވެހި ރައްޔިތުން މިއަދު ގިނަ އިން ދައްކަން ޖެހޭ ވާހަކަ އެކެވެ.

  10. ސާބިތު

    މިރާއްޖޭގަ މިފަހުން ވެރިކަންކުރެ އްވި ހަތަރު ރަ އީސުން ވެސް ވަނީ ފުރާނަޔަށް ނުރަ އްކާވާ ފަދަ ހަމަލަތަކާ އި ކުރިމަތިލަ އަްވާފަ އެވެ. މިފަދަ ހަމަލާތަ އް ދިނުމުގެ ހަ އްގު ދީނީގޮތުން ހަރުކަށި މީހުންނަށް ލިބިގެން ނުވާފަދަ އިން، ލާދީނީ މީހަކަށް ވެސް، ސިޔާސީ ފަރާތަކަށް އަދި އެއ އްވެސް އިންސާނަކަށް ލިބިގެން ނުވެ އެވެ. ކަން މިހެން ހުރި ކަމުގަ އި ވިޔަސް މިފަދަ ބަ އެއ އް ހަމަލާތަކުގެ އިނގިލި ދީނިގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުންގެ އިތުރަށް ސިޔާސީ ފަރާތްތަކަަށް ވެސް ހު އްޓިފަ އި އެބަހު އްޓެވެ. މިފަދަ ސަބަބު ތަކާ އި ހުރެ މި
    ދިވެހިރާާ އްޖޭގަ އި އެއ އްވެސް ފަރާތަކަށް އިންސާފު ލިބިގެން ދި އުމަކި ވަރަށް ނާދިރުކަމެކެވެ.

  11. ....

    ހަރުކަށި ފިކުރު ފެތުރުމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ އެމް.ޑީ.ޕީ ގެ ލީޑާ ޝިޕުން...މިގައުމުގައި ބައިބައިވުން އުފެއްދީ ވެރިކަން ލިބޭނެ އެހެން އެއްވެސް މަގެއް ނުފެނިގެން އެމީހުން...މިގައުމުގެ ދީނީ އިލްމުވެރިންގެ އަގު ވައްޓާާލީ ވެސް ހަމަ އެމީހުން...އޭގެ ނަތީޖާ މިއަދު މިފެންނަ ހަރުކަށި ފިކުރަކީ...ބައެއްގެ ތެރެއަށް ވެރިވެ ގަތުމަށް ޔަހޫދީންނާއި ނަސާރާއިން ގެންގުޅޭ ތިއަރީ ދަސްކޮށްގެން އައިސް މުޅިގައުމު ހަލާކު ކޮށް އޭގެ ނަތީޖާއާއި ކުރިމަތިލާން ޖެހުނީތި...މިކަމުގަ ހަމަ ވިސްނުމުން ވިސްނައިފި ނަމަ އެހެން މީހަކު ބުލޭމް ކުރެވޭނެ ޖާގައެއް އެމް.ޑީ.ޕީ އަކަށް ނެތް...ހުރިހާ ގޯހެއް ހެދާ އެގޯސްތައް ދިފާއު ކުރަން އަދިވެސް އުޅެނީ...އަހަރެމެން ނިކަމެތި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ހަގީގަތުގައި...
    ދެންވެސް އަދިވެސް އޮތް ހައްލަކީ ދީނީ ސައްހަ މައުލޫމާތު ހަރުދަނާ މަސްދަރު ތަކުން ފޯރުކޮށްދީ ހޭލުންތެރިކޮށްދިނުން...ގަދަބާރަކުން އެކަމެއް ނުހުއްޓުވޭނެ...އެންމެ އިސް ފުރަތަމަ ކަމަކަށް ހަދަންވީ ދީނީ މީހުން ވެރިންނަށް ގެނެސް ނާގާބިލު މީހުން ދުރުކޮށް އިލްމުވެރިން ނޫން ބަޔަކު ދީނީ ކަންކަމާއި ގޮތް ކިޔުން ހުއްޓާލަންވީ...އިސްލާމީ ގައުމެއްގައި ރާ ވިއްކުމާއި ރިބާ ކެއުމާއި ރިސްވަތާ ދީނަށް ފުރައްސާރަ ކުރުން އާންމުވާ ނަމަ މުސްލިމުން ބަލަން ތިބެވޭނެ ޖާގައެއް ދީނުގަ އޮތްކަމެއް އަހަރެންނަށް އެނގިފައެއް ނުވޭ...މިއީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ހުއްޓުވާ އުންމަތް...މިއުންމަތުގެ ޝަރަފަކީވެސް އެއީ...އެކަން ހިނގާނެ އެކަމެއް ނުހުއްޓުވޭނެ ގަދަބާރަކުން...އެކަން ހުއްޓޭނެ މުންކަރާތްތައް ހުއްޓާލީމަ...މުންކަރާތް ތައް އާންމު ކުރަމުން އެކަން ދިފާއު ކުރަމުން ކިތަންމެ ބާރެއް ދެއްކިޔަސް ހަރުކަށިފިކުރެއްވެސް މުންކަރާތް މަނާކުރުމެއްވެސް ނުހުއްޓުވޭނެ....ސިފައިންނަށް މިއީ ވަރަށް ފަސޭހައިން ހުއްޓުވިދާނެ ކަމެއްގެ ގޮތުގައި ފެނޭ....ގައުމު ރީސްޓާޓް އަކަށް ދާން އެބަ ޖެހޭ

  12. ނާޅި

    އެންމެ ކަށި ހަރު މީހުން ގިނައީ މަޖިލިސްގައި، ވާހަކަ ދައްކާއިރުވެސް ހީވާނީ ހިމާރުގެ ހުތުރު އަޑުން ވާހަކަ ނެރެނީހެން !

  13. ގިނިކަނދު

    މީކާއީލޫ ކަލެޔަށްނުކެރޭތަ ލާދީނިއްޔަތު ހުއްޓުވައި މިޤައުމުގަ ހިންގާ ލާދީނީ ލާޤައުމީ ހަރަކާތްތައް ހުއްޓުވުމަށް ޤާރާރެއްހުށަހަޅަން ؟ ކަމެއްކުރަންޏާ މިކަން ކޮށްބަލަ އޭރުން އެނގޭނެ އިހުލާސްތެރިކަންހުރިމިންވަރު

  14. ތެދު

    ތީމަޑުކަށިމީހެއްކަންމުޅިގައުމައް އިނގޭ..ﷲގެ ހުކުމާދެކޮޅައް ބަސްބުނި ވީޑިއޯ، ފޮޓޯ ބައިވަރި..ހެހެ ބޯގޯސް.

  15. ކޮރަލް

    ފުރައްސާރަ ކުރާ މީހުންނާ އަނގަ ބަހުން ދީނުން ބޭރުވާ މީހުންގެ މައްސަލަ ބަލަން ޖެހެ އެވެ.