ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަންޑު ކުރި މީހާ ކޮބައިތޯ މިއަދު އެމަނިކުފާނު ސުވާލު ކުރައްވައިފިއެވެ.

މިސުވާލު އެމަނިކުފާނު ކުރައްވާފައި ވަނީ ދެންމެ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ ފަންޑު ކުރި މީހާ ހޯދަން އަނެއްކާވެސް އެމްއެމްއޭ އާއި ފުލުހުން ނުވަތަ ސިފައިންގެ ގާތު އެހުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހަމަލާ ދިނުމުގައި އަދިވެސް އިތުރު ބަޔަކުގެ ބައިވެރިވުން އޮންނާނެކަމަށް ބަލައިގެން ފުލުހުންގެ ތަހްގީގު ކުރިއަށް ގެންދާކަމަށް ފުލުހުން ކުރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް މިމަހުގެ 11 ވަނަ ދުވަހުގެ ފަހުން މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރާ މެންބަރުން ވެސް ހިމެނެއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ފަންޑު ކުރި މީހުން ހޯދުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ބަޔަކަށް ފައިސާގެ އިނާމު ހުށަހަޅަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވެސް ވަނީ މަޖިލިސް ޖަލްސާއެއްގައި ގޮވާލައްވާފައެވެ.

ރާއްޖޭގައި ވެސް މިފަދަ ބޮޑެތި ހަމަލާތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް މީގެ ކުރިން ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އޭގެތެރެއިން އެއް މައްސަލައަކީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އޭޑީކޭގައި 16 ގަޑިއިރު ވަންދެން ކުރި އޮޕަރޭޝަނަކަށް ފަހު އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް އަދިވެސް އިންފެކްޝަނެއް ހަށިގަނޑުގައި އުފެދުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އިން ބުނެއެވެ. ނަޝީދު މިހާރު ގެންދަވަނީ ޖަރުމަންވިލާތުގައި އިތުރަށް ފަރުވާ ހޯއްދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. އަލީ

    ފުލުހުންނާ ސިފައިން ގެ އިތުބާރެއްނެތް.

    51
    25
  2. ރިހާބް

    ލޯންޗް ގޮއްވާލި ފަންޑްކުރި މީހާއަށް އެމްޑީޕީން ހިމާޔަތް ދިނީ..އެއްމެ ފުރަތަމަ ޔާމީންއަށް އިންސާފު ހޯދަދީ..

    194
    21
  3. އެލެކްސް ގަންޖާ

    ދެން އަމިއްލައަށް ހޯދާ

    116
    21
  4. ކެނެރީގެ މާފަތް އެދުރު

    ފަންޑު ކުރީ ކަލޭ އަމިއްލައަށް ހެން ހީވަނީ ކަލޭގެ ބަސްމަގު ހުންނަ ގޮތުން އެބަ ޝައްކު ކުރެވޭ

    136
    20
  5. އައްބެ

    އޭނާވީ ނިދާ މެޝިނަކާއިއެކު ގޭގައި ކަމަށް ޝައްކުކުރެވެނީ.

    98
    6
  6. އިބްރާހީމް

    ކިހިނެތް ކުރާނީ ބަޔަކު އަމިއްލަ އަށް ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ވެއްޖެއްޔާ ތަހުގީގުކޮށް އެމައުލޫމާތު އާއްމު ކުރުމުގެ ގާބިލްކަން ހުއްޓަސް ނުކެރޭނެދޮއްތޯ؟ އެއިރުން ސޯޓުވެސް ބޭލިދާނެ. ފުލުހުންނާއި ސިފައިންގެ ގާބިލްކަން ހުންނާނެ މައުލޫމާރުވެސް ހޯދޭނެ އެކަމަކު ރައީސް ޔާމިން ވެރިކަމުގައި ކިރުމައެއްގެ އެދު ތަންދޮށުން ކަޅުފޮށި ހޯދުން ކަހަލަކަމަށް ވެއްޖެއްޔާ ކިހިނެތް ހަދާނީ.

    46
    2
  7. ކަޅިޗި

    ނަސީދޫ ނަސީދުގެ ދޯހަޅިކެމްޕެއިނާއި ވޯޓްލުމައް ދެވުނު ލުއީގެ ސަބަބުން މިއަދު މިގައުމު ވެއްޓިފައިމިވާ ހާލަތާދޭތެރޭގައި ރައްޔިތުން މިތިބީ ތުއްތުކުދިން ޔަތީމުވެ، ދުވާލެއްގެ މައްޗައް އެތައްބަޔެއް ފުރާނަވަކިވެ، ކޮވިޑުގެ ބަލި ނެތްގެޔެއް ނެތް ހިސާބުގައެވެ،
    ތިޔައްވެސް އެއްބަޔަކު ހަމަކިޔާނީ ކޮވިޑްގެ މިހާލަތުގައިވެސް މަނިކުފާނަކީ ރައްޔިތުންނައް ހެޔޮއެދޭ އޯގާތެރި ރައީސްކަމަށެވެ.
    އެކަމަކު އަޅުގަނޑައް ފެންނަނީ މަނިކުފާންގެ ކަންކަން އަބަދުވެސް ހުންނަބީދައިން އަމިއްލަ ކަންކަން އިސްކުރާ އަމިއްލަ އެދުންބޮޑު އެންމެންގެ އަދި ހުރިހާތަނެއްގެ ރައީސްމީހާގެ ގޮތުގައެވެ.

    109
    6
    • Was

      ކާކުތަމި ސުވާލުކުރަނީ ބޮޑު ފިޑިއެއް ފޭކް އެކަންޓެއްގެ ނިވަލުގައޮވެ ކިޔަންބޭނުން އެއްޗެއްކިޔަން ކެރެނީވެސް. އެ އެކަންޓުން ލިޔާއިރު ބަސްމަގުވެސް އެންމެހާ ދައް! ހަހަހަ

      14
      2
  8. ޖުލައި

    ލޯންޗު ގޮއްވާލަން ފަންޑު ކުރީ މަނިކުފާނު ގެންގުޅޭ ފަނި ދޯ. އޭނާ ކައިރީގައި އަހާލަބަލަ

    126
    11
  9. ާއަލީ

    ހޯދަބަލަ.

    49
    2
  10. ޙުުހު

    ރަގަނޅުވާ އަތަށް އަޅާހެން ހީވޭ އެބަ.. ފިތުނަބެ

    69
    5
  11. ޕޮގުބާ

    ރައީސްޔާމީން އަވަހާރަކޮއްލަން ފަންޑްކުރިމީހުން ކޮބައިތޯ؟

    102
    3
  12. ކެނަރީގޭ އެލެކްސް

    ރަސްމީ އެކައުންޓްތައް އޮވެމެ، ތިމާ ބުނަން ބޭނުންވާ ވާހަކައެއްވެސް ބުނެވެނީ ގެންގުޅޭ ފޭކް އެކައުންޓްތަކުން. ބޭފުޅާގެ ޢަމަލުތައް ހުންނަނީ މުޅިންވެސް ޝައްކު އުފެދޭ ގޮތަށް. އަބަދުވެސް ހީވަނީ އަމިއްލައަށް އެއްޗެއް ފޮރުވަން އުޅޭހެން. އަހަރެމެންނަށް ލިބުނު އަނިޔާއެއް ނަމަ ސަލާމަތްވުމަށްފަހު ލައްކަ ވާހަކަ ދެއްކީމުސް. މާތް ﷲއަށް ޙަމްދު ކުރަމޭ ސަލާމަތް ކުރެއްވީތީ. ހެޔޮއެދޭ ބޭފުޅުންނަށް ޝުކުރިއްޔާއޭ. އެކަމް މިބޭފުޅާއަށް އެނގުނީ ފޭކް އެކައުންޓެއްގެ ނިވަލުގަ އޮވެގެން ސަލާމަތީ ބާރުތަކުގެ އިތުބާރު ކަނޑުވާލާ އަގު ވައްޓާލުން. އެއްޗެކޭ ކިޔައިގެން މުސްލިމުން ކަތިލާ، މިސްކިތްތައް ފުނޑަން މޯދީ ގެންގުޅޭ ސިފައިން ގެނެސް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ވައްދަން ޢުޒުރެއް ކައްކާ ކުނި ވަސް ހާދަ ގަދަޔަށް ދުވައޭ އެބަ.

    74
    3
  13. ސޮލާ

    ފަންޑުކުރި މީހާ އެންމެ ބޮޑަށް ހޯދޭނީ އިލިޔާސް ލަބީބަށާއި ބޮންޑެއަށާއި ފަރެސްމާތޮޑާ އަސްލަމަށް. އަސްލަމްގެ ތިމާގެ ކުއްޖެއް ތިކަމުގެ ތެރޭގައި ނޫޅޭތަ؟

    65
    1
  14. ޚިޔާލު 3

    ފަންޑު ކުރި ބަޔަކު ނުހޯދޭންމަ އަނެ އްކާ ވެސް ނު އްރަ އްކާ ބޮޑު ވެދާނެ ޑރ. އަފްރާޝީމު މަ އްސަލާގަވެސް ބަޔަކު ފަންޑު ކުރިވާހަކަޔާ އެތަ އްބަޔަކުގެ ބަ އިވެރިވުން އޮތްކަމަށް ބެލެވޭ ކަމަށް ފުލުހުން ޢާންމުކުރި ފަހުން ހުމާމުގެ ވާހަކަ އެކަނި . ރ.ނަޝީދު ވި އަސް މިނޫންމީހަކަށް ވި އަސް ދިރިހުރުމުގެ ހަ އްގަށް ގެ އްލުން ދޭ މަ އްސަލަތަށް ވަށަ އިގެން ބެލި ބަ އިވެރިވި މުޖުރިމުންނަށް އަދަބު ނުދެވޭނަމަ ދަވްލަތެ އްގެ ބޭނުމަކީ ކޮބަ އިތޯ އެވެ.

    36
    3
  15. ކަންނަންނޫރު

    ކޮވިޑްގެ ހާލަތު ރާއްޖޭގައި ކޮންޓްރޯލުން ނައްޓުވާލާ ސަރުކާރުގެ ބޭނުންކޮށް ސިޔާސީ މީހުން ހޭވި ހަޑިން އެތައް ބަޔަކުގެ ފުރާނަ ގެއްލި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ގެންދިއުމުގެ ޒިންމާ ވެސް އެކަން ކުރި މީހުން ނަގަންވާނެ

    62
  16. ހުސެއިން ރަސީދު

    ވަގުތުން ކެމެރާ ކުރިމީހުން ކައިރީގަވެސް އަހާލުން ރަގަޅު

    42
    1
  17. ޝާޑް

    އޮހްހްހްހްހް ހޫނހޫނހޫނ، މިހާރު އެނގެނީ މިފަދަދަ ބޮޑު ޖަރީމާތަށް ހިންގުމުގައި މީގެ ކުރިން މިވެރިން އަޑީގައި ތިބެގެން ފަންޑުކޮށްގެން ދުރުގައި ބަލަންތާ ތިބެނީ،،،،، ފަންޑު ދޯ

  18. ކަާފަ

    ފަންޑުކުރި މީހުން
    1. ސަކިންދާ.
    2. ހާޖަރާގޭ ލުތު ފީ
    3. މާރިޔާ
    4. ކަރޯ އައްބާސް
    55. ކެރަފާ ނަސީމު
    6. ސީޕީ ހަމީދު

  19. އެލެކްސް

    ނަސީދޫ އަފުރާސީމް މަރާގުޅިގެން ވޯޓް ހޯދާން އެރަށުގާ ހުރެގެން ބުނިމު އެމީހުންނާ އި ބެހޭ މަޢުލޫމާތު އެގެގޭ އެކަމެ އްްކުރި ބަޔަކު ފުރާގެން ހިގަ އްޖެޔޭ ކޮންބަޔަކު ދިންމަޢުލޫމާތެ އްތޯ އެ އީ. ކޮބާތޯ ކުޑަ ކުޑަ ކު އްޖަކު ބަލިވެ އިދެގެން އޭނަ އަށް ހޯދަދޭންބުނި ހިމާޔަތް . ކޮބާތޯ ލޯންޗް ގޮ އްވާލި ދުވަހު ކުރި ޓްވީޓްތަ އް. މިހުރިހާ ކަމެ އްގެޖަވާބު ކޮބާތޯ. ދަރިފުޅު އެބުނަނީ މާރިޔާގެވާހަކަ. މަ އުމޫން ވާހަކަ މިހުރިހާ ސްވާލުގެ ޖަވާބު މަޖުލިސް އިން ހޯއ އްދަ ވަންވީނުންތޯ؟؟ ކޮބާތޯ މަނިކުފާނު އަށް ހަމަލަދިންރޭ އަނިޔާވި ފަތުރު ވެރިޔާ.

  20. ފަންޑުފޮށި

    ފަންޑުކުރިމީހާތިހުރީފެންނަން..

  21. ނާޗަރަންގީ

    މިއީ ގެއްލިފައިވަާ މަގުބޫލުކަން ހޯދަން އަންނި އަމިއްލައަށް ކުޅޭ ގޭމެއް. ރައްޔިތުންގެ ލޯބި ގެއްލިފަިވާތީ މިއަންނަ ދައުރުގައި ރައީސްކަމަށް ވާދަކުރުމަށް އަމިއްލައަށް ޚަރަދުކޮށްގެން ކުޅުވި ޑްރާމާއެއްމީ. ތީ ޔަހޫދީ އަންނި. ސަންފާއޮނަކަށް ލާފަ، ހަނދުކޭތަ ހިފީމަ އަހިފަތުން ތެޅިޔަސް ތިޔަ ނުވަަނެ ރަނގަޅެއް.

    11
  22. ކާފަ

    ބޮންގޮއްވާލިތާ 5 މިނެޓްތރޭ މިއުޅޭ ކައުޅު ބުނެފި ބޮންގޮއްވި މީހާ ހުރީ އަތަމާޕެސަލް ގޯޅީގައޭ. އެހެންވީމަ ޝައްކުނުްުފެދޭތޯ

    11
  23. ވާވާ

    ސުވާލާކީ ރާބޯ މީހުންނައް މަޖްލިހުގަ ތިބެވޭނެހޭ؟ . ޤާނޫނު ޚިލަފްކަމެއް ކުރާ މީހަކައް މަޖްލިހުގަ އިދެވޭނެހޭ؟ ރައްޔެތުންނާދިމާލައް ގާނޫނު އަސާސީ ހިފައިގެން އާދެވޭނެހޭ؟

    12
  24. ހަވާސާ އިބޫ

    މިނަސީދުގެ އަންގަބޮޑުކަމުން މިގައުމުގެ އެއްވެސް މުއައްސަސާއެއް ރަގަޅަށް ހިންގިޔަކަނުދޭނެ މީނާ ޖެހޭނީ އެިންޑިޔާގެ ސިޓިޒަންސިޕްދީފާ އިންޑިޔާގައި ބަހައްޓަން

  25. ދަލޭކާ ދިޔެ

    ސ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަށް ފަހަރުގައި އެނގުން އެކަށިގެންވޭ. އެބޭފުޅާ ކުރެން ނިކަން އައްސަވާ ބައްްލަވާ..؟

    13
  26. އެމަންޖެ

    އޭނާ އެބައޮތް ކޮވިޑް ޖެހިގެން ފެސިލިޓީއައްދާން ބިރުން.

  27. ދާނެއޭ

    ފަންޑް ކޮށްގެން އުޅެނީ ސަރުކާރުގެ ތެރޭން ރައީސް ނަޝީދަށް ދިން ހަމަލާ އަކީ އެއީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުވަން އެމްޑީޕީގެ އެމްޕީން ތެރޭން އެންމެ ބާރު އަޑުން އެވާހަކަ ދައްކަނީ އެއީ މިކަން އިނގޭމީހުން އެމެން ބޭނުންވަނީ އެކަމުން ރެކެން ވެގެން ކުށެއް ނެތް މުސްލިމުންގެ ބޮލަށް މިކަން ކަނޑާލަން މިކަމަށް ފަންޑް ކޮށްގެން އުޅެނީ ސަރުކާރުގެ ތެރޭން ކަން މަމެން ޔަގީން ކޮށްދޭނަމޭ ޚުދު ރައީސަށް ވެސް މިކަން އިނގޭނެއޭ ރައީސް ނަޝީދު މަރުނުވީ މަރުވިނަމަ ދެން އެމެން ނަށާނެއޭ މިއަދު އެހެން ނޫނަސް ދެން ކުރީގައި ހުރި ނަޝީދެއް ދެން ނުފެންނާނެއޭ ނަޝީދުގެ ރިކަވަރީ އަށް 2 އަހަރު ނަގާނެއޭ އެމުއްދަތުގައި އެމްޑީޕީ އަށް ބޮޑެތި ބަދަލު ތަކެއް އައިސް އެމްޑީޕީ ރައީސް ނަޝީދު އަތުން ބީވެގެން ދާނެއޭ...

    7
    2
  28. ބޭރުމީހާ

    ފަންޑު ކުރިބަޔަކު ނަޝީދުގެ ދަރިފުޅަށް އެނގޭހެން
    ހީވެއެވެ. އެއީ މިކަންކުރިބަޔަކު %95 އެބޭފުޅާއަށް އެނގޭކަން އެބޭފުޅާގެ ވާހަކައިން އެނގޭތީއެވެ.

    10
  29. އަލީ

    ސ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަށް ފަހަރުގައި އެނގުން އެކަށިގެންވޭ. އެބޭފުޅާ ކުރެން ނިކަން އައްސަވާ ބައްްލަވާ..؟

    8
    1
  30. އަބްދޫ

    އަފްރާސީމް އަވަހާރަ ކޮށްލަން ފަންޑު ކުރި މީހާއައި އެކަމަށް އަމުރުކުރި މީހާއާއި އަފްރަސީމް އަވަހަރަ ކޮށްލުމުން މަންފަ ލިބުނު މީހާ ކޮބައިބާ؟

    13
    1
  31. އުސައިދު

    މަ ހީ ކުރީ ހާމާނުގެ ފޮޓޯއެއްބާއޭ..

  32. އާދަނު

    ޖާބެ ތެޅިގަނެފަ އެވަރުން އަންނި އާއި ބައްދަލު ކުރަންދާތީ ވެސް ވަރަށް ސުވާލު އުފެދޭ..

  33. އިސްތިއުފާ

    ރައީސް ނަޝީދު މަޖްލީހުގެ ރައީސް ކަމުން ދެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    9
    1
  34. އަބްދޫ

    ފަންޑް ކުރީ އަފްރާސީމް މަރަންފަންޑް ކުރި މިހާކަމަށް ވެދާނެ.އެމީހާ ނަސީދަށް އެގޭނެ.

    11
  35. ރަންނަމާރި

    ޑރ.އަފުރާސީމު އަވަހާރަކޮށްލަން ރާވައި ފަނޑުކޮށް އެހަރަކާތްހިންގި މުޖުރމުންކޮބާ؟؟؟ ދިބެހި މުސްލިމު ދައުލަތުގެ ހާކިމަކަށް އިސްލާމީ ތަޢުލީމު ހާސިލްކުރި މީހަކު އަޔަނުދިނުމަށް ޖަރީމާހިންގާމީހުނާ އެކަމަށްފަންޑުކުރާ މީހުންކޮބާ؟؟؟

  36. އިސްތިއުފާއޭ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    7
    1
  37. ކަހުރަބު

    ކަލޭ ނަބިއްޔާއަށް ފުރައްސާރަ ކުރަނީ ކޮން ބަޔަކު ފަންޑު ކުރީމަކަންވެސް ހޯދަން އެބަޖެހޭ

    13
  38. ތިމާވެށި

    އެނގޭނަމަ ބުނެ ބަލާށެވެ. އެނގޭ މައުލޫމާތު ސިއްރު ކުރުމަކީ ކުއްވެރި ވާނެ ކަމެކެވެ.

  39. މޫސަ

    ޑރ އަފުރާޝީމް އަވަހާރަކޮށްލަން ފަންޑްކރިމީހުންވެސް ހޯދަންޖެހޭ

    13
  40. ވިސްނުން

    ރާއްޖޭގެ ހުރިހާ ކަމެއް ފާލުން ނެއްޓި އަމާން ކަން ގެއްލުވާ
    ލުމުގެ ޒިއްމާ ސީދާ ނަގަންޖެހެނީ މޑޕ އެވެ. ދެބަސް
    ވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
    އެމީހުން ރާއްޖޭގައި ހިންގާފައިވާ ޖަރީމާތަށް ގުނާ އަދަދު
    ނުކު ކުރެވޭއެވެ.
    ބުނެ އުޅޭ އެމީހަ ކު ފޭހި އިލޮށި އެމީހާގެ ލޮލަށް ހެރޭނެއޭ!

  41. ޕްރައިވެޓް އިންޓެލިޖެންސް އޭޖެންސީ އޮފް މޯލްޑީވްސް

    މާ މާތް މީހެއް ނޫން ކަމަށް ބެލެވެނީ

  42. ހަލާ

    ކޮމެންޓް ޖަހަންވެސް ނުކެރުން...ހެހެހެ

  43. މުހުމްމަދު

    ފުލުހުން ނަ ކީ އިތުބާރު ގެއްލިފަވާ ބައެއް.

  44. ފިނިފެންމާ

    އަހަރެމެން އަބަދުވެސް މި ބުނަނީ ޖަލުން ގެއަށް ބަދަލުކޮށްފިނަމަ ކަންމަތީ ޒުވާނުންނާއި ޖަރީމާތައް ހިންގާ މީހުން އެކްޓިވޭޓް ކުރާނޭ.

  45. ނިކުމޭ

    ފަންޑޭ ނުކިޔާ. ތަޅާނެ ކުދިންކޮޅެއް ހޯދަނިކޮށް އަތައް ގޮވީ.!!!