ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ބަންޑާރަ ނައިބްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ ބިލަކީ ފެންނަ ފެނުމުގައި ބަދަލު ހިފަން ކުރާކަމެއްގެ ގޮތުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސިފަކުރައްވައިފިއެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި އިޖްތިމާއި ފޭރަން އެމްޑީޕީން ވީދާ ކުދިކޮށްލައިފި ކަމަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ނިސްބަތްކޮށް އެމްޑީޕީން ކުރަމުންދާ ނަފްރަތުކުރުން އަދިވެސް ހުއްޓާނުލާ ކަމަށް ޖަމީލުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އިސްލާމްދީނަށް ފުރުއްސާރަކުރުން އެއީ ނަފުރަތުގެ އަމަލު ހިންގުންފަދަ ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުން ދެކޭނީ އެ ގާނޫނަކީ ބަދަލު ހިފަން ކުރާ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ނަފްރަތު އުފެއްދުން ކުށެއްކަމުގައި ކަނޑައެޅުމުގެ ބިލެއް ސަރުކާރުން ފޮނުވާފައިމިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެކި ގޮތްގޮތަށް އެ ހަމަލާއާ ގުޅޭ ގޮތުންވެސް ސާބިތުނުހިފޭ ވާހަކަތައް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދަށް ހަމަލާދިން މީހުންނަށް ހިތްވަރުދޭ ގޮތަށް މީސްމީޑިއާގައި އެކި ކަހަލަ "ހޭޓް" ސްޕީޗް ދަނީ ދައުރުވަމުންނެވެ.

އަދި ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކާއި މެދުވެސް ސުވާލު އުފައްދައި، ޖަރުމަނަށް ވަޑައިގެންނެވީ ސަބަބާއި މެދުވެސް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދާ މޭރުމުން ބައެއް ފަރާތްތަކުން ދަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރަމުންނެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައި އެމަނިކުފާނަށްވެސް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވެސް މެސެޖްތައް ދަނީ ފެންނަނަމުންނެވެ. އެފަދަ މައްސަލަތައް ބަލާނެކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    މި މިހުން ވީދާލި ފޭރާއް މިމީހުނައްފަހަންވެސް ނޭގިގެން ފައިބައިގެން ދާންވާއިރައް އެއޗެކޭ ކިޔަނީ މިހާރު ތިބިލުން ކަލޭމެނައް ލިބޭގެއްލުން ބޮޑުވީމާ އައްނިއަންގާނެ ތި ނަގާށޭ ކުރަންވާކަންކަމޤ ނުކުރަންވާކަންކަން ތިމަންނާބުނާނަމޭ

    5
    2
  2. ކޮރަލް

    ދީނައް ފުރައްސާރަ ކުރާމީހުންނަށް އަދި ދީނުން ބޭރު ވާމީހުންނަށް ނަފްރަތު އޮންނަން ޖެހެ އެވެ. އޮންނާނެ އެވެ.

    14
  3. މަނީމަނީ

    މިހާރު ޔައްޔިތުން މެދު ގައި ނަފުރަތު އުފައްދާ މީހުން މޭކަރާ ގޮތްވެ ދަލުބޭރުން ޖެހޭނެ

    12
  4. ހުސޭނާދުވޭ

    ގައުމުގެ ފޭރާން ވީދާލީ ބަގާވާތްކުރި މީހުން އޭރުންސުރެން ފޭރާން ހަމަ ވީދެނީ

  5. ހޯލި0

    ތި ގާނޫނުން އެންމެ ފުރަތަމަވެސް އަދަބު ލިބޭ މީހަކަށް ޖަމީލު ވާނެކަން ނޭންގެ. ދެން ފަގުޑި ސޭހެވެ.

    2
    3
  6. ހައްޕު

    މައުމޫނާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދި ނަސީދުގެ މައްސަލަ ފުރަތަމަ ބަލަންޖެހޭނީ.