ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ގަބޫލު ކުރާ ފުލުހުންނާއި ސިފައިން އެބަ ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ތުހުމަތު ކުރައްވައިފިއެވެ.

ހަރުކަށި ވިސްނުން ފެތުރުން ހުއްޓާލަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި މުހައްމަދު ރަޝީދު ވިދާޅުވީ ހަރުކަށި ވިސްނުން އިސްކޮށް ވަކި ބަޔަކު މަރަން ގޮވާ މީހުނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ވެސް ގާނޫނުތަކުގައި އެބަހުރި ކަމަށެވެ.

އިތުރު ގާނޫނީ އޮނިގަނޑުތައް އެކުލަވާލައި މަޖިލީހަށް ފޮނުވާ ވާހަކަ ދެކެވޭއިރު، މިހާރު ހުރި ގާނޫނުތަކުން ވެސް އަޅަން ޖެހޭ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުހައްމަދު ރަޝީދު ގަބޫލު ކުރައްވާ ގޮތުގައި އެ ކަމެއް އެ ގޮތުގައި ހިނގައި، މުއައްސަސާތައް ފެއިލްވެގެން ގޮސްފައި ވަނީ އެ ތަނުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ވިސްނުން ވެސް އެ ގޮތުގައި ހުންނާތީއެވެ.

"އަޅުގަނޑަށް ދިމާވެފަ އެބަ ހުރި، ސިފައިންގެ ބައެއް މީހުން ވެސް، ކޯސްޓްގާޑްގެ ބައެއް މީހުން ވެސް، ފުލުހުންގެ ބައެއް މީހުން ވެސް، އެބަ ބުނޭ، ރައީސް ނަޝީދަކީ މަރަން ޖެހޭ މީހެއް ކަމަށް،" ރައީސް ނަޝީދުގެ ވަރަށް އަރިސް މެންބަރެއް ކަމުގައިވާ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވިސްނުންތައް އުފެދޭ މައިގަނޑު މަރުކަޒަކީ ވެސް ޖަލުތަކެވެ. މަސްތުވަތާކެތީގެ މައްސައެއްގައި ޖަލަށްދާ ކުއްޖަކު ހުކުމް ތަންފީޒުކޮށް ނުކުންނައިރު ދީނީ އިލްމުވެރިއަކަށް ބަދަލުވެ ދީނުގެ ނަމުގައި ހަރުކަށި މާރާމާރީގެ ވިސްނުން ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަންކަން މި ހިސާބަށް ދަނީ މުއައްސަސާތަކުގައި ވެސް މި ވިސްނުމުގެ ބަޔަކު ތިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ޖޯކެއް ނޫން، މީސް މީޑިއާގައި ހަމަ މަރަން ގޮވަނީ، ލޭއޮހޮރުވަން ގޮވަނީ، އިންޓެލިޖެންސްއަށް ވެސް އެނގޭ، އެނގިހުރެ މި ކަން ވާން ދޫކޮށްލާ ތިބޭ ބަޔަކު އެބަ ތިބި، އެ މީހުން ފުރަތަމަ ހައްޔަރު ކުރަންވީ، ހައްޔަރުނުކޮށް މި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދެވޭކަށް ނެތް،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާދީފައިވަނި މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ. ހަމަލާ ދީފައިވަނީ ދީނީ ހަރުކަށި ބަޔަކުކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލައިގެ ތަހުގީގަށް ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ދަނީ ހޯދަމުންނެވެ.

ޝީދަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ، އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ޙމިމ

  ފިތުނަ ެުފައްދަން ވާހަކަ ނުދައްލާ ސާބިތު ކޮށްދޭންވީނުން.

  51
 2. ނަޒީ

  2008 ގަ މައުމޫން ވެރިކަމުން ދުރުކޮއް އަންނި އައް ވެރިކަން ލިބުނު. ދެންވެސް ރީތި ވެރިކަމެއް ކުރާކައް ނޭގުނު. ކޮންމެ ހުކުރުވިލޭރެޔަކު ޕާޓީ މީހުން އެއްކޮއް ބޮޑުޖަލްސާ ބާވަމުންގެންދިޔަ ލޮނު ޒިޔާރަތް ކޮޅުގަ. އޮންނަކަމަކީ މޑޕ ގެ ލީޑަރޝިޕް ޕޯޑިއަމް އައް އަރާ މައުމޫނައް ހަޖޫ ޖެހުމާ މީހުނައް މަލާމަތްކުރުން އެންމެފެންވަރުދައް ބަހުރުވައިން. މޑޕ ގެ އަންހެނުންތަކައް މަޖާވެގެން އަތްޖަހާފަ ހީގަނޭ ކިޔާކޮންމެހުތުރު އެއްޗަކައް. މޑޕ އިން ދިރުވާ ދަސްކޮއްދިނީ ގަދަރު ކަންޑުވަންށާ، ކިޔާނެކޮންމެ އެއްޗެއްކިޔޭނެކަމާ، އުޅޭނެހާ ގޮތަކައް އުޅެވޭނެކަމާ. އެއްބަޔެއްގެ ހިތުގަ އިންތިހާ އައް ނަފްރަތު އުފެފެމުންދިޔައި. މިޔަދު އޭގެނަތީޖާ މިފެންނަނީ ވަރައްވެސް ހިތިކޮއް. މިއަދު މޑޕ މީހުން ދެން ކިޔާނެ ކަމެއްނެތް ނަފްރަތް އުފެދޭ ވާހަކަ ނުދައްކާށެކޭ.

  69
 3. ......

  ދެން އެބަޔަކުގެ ނަން ބުނަން ލަދު ގަންނަނީތަ ތިމާމީހާގެ ސޯޓް ބޭލިދާނެތީ...

  51
 4. މެކް

  ޑްރަގް ސަޕްލައިކުރައްން އުޅޭ ސޮރުން މަޖިލީހައްވަދެ ކިޔޭނުކިޔޭ އެއްޗެއްވެސްނޭންގެދޯ.

  66
 5. ތަންޑާ

  ސިފައިންނާއި ފުލުހުންގެ ބޮލުގަ އި އިލްޒާމް އެޅުވުމަކުން އަދި މަގާމުގެ ވާޖިބު. ޢަދާކުރެވުނީއެއް ނޫން. ތިބުނާ ބައެއގެ ވަނަވަރު. ތިއިއްޒަތްތެރި މަޖިލީހަށް ހުށަހަޅައިގެން އެފަދަ މީހުން ވަޒީފާއިން ވަކުރަންވީނު ދޯ؟

  58
 6. ސަންތި މަރީގެ ދޮންބެ

  2024 އަންނަ އިރުވެސް ތިޔަ ކަމަކުން ނުނެއްޓިގެން ތެޅިބާލަން އުޅޭ ކިހާ ވަރުގަދަ ވެއްޖެ ކަމެއް ކެމްޕެއިން އޮތީ ތިޔަ ގޮތައް ދޯ؟

  46
 7. ހަސަނު

  އެތަކެއް އަހަރެއް ކުރީއްސުރެ އިންދާ ހެއްދާ ހެއްދިގަހުގަ އެޅި ހިތި މޭވާ އަރުތެރެއިން ދިރުވާ ނުލެވުނު.

  67
  • ޏަވިޔަނި

   ޢިނޑިޔާ ސިފައިން ގެނޭ ދެން ...

   33
 8. އެމަންޖެ

  ކަލޭގެ ބޯދިގު ކަމުން ހުރިހާ ތަނެއް ފެނޭ ދޯ، ހަމަ އަހާލީ.

  50
 9. ރިއްޕަ

  ޔޭސް ބަރާބަރު އައި ލައިކްދެޓް

  14
  16
 10. ގުންޑާބޯދިގު

  އޭ މިހިރަ ބޯދިގު ގަނޑާ.. ކަލޭ ހޭބަލިފުޅުވެލައްވައިގެން ކީއްވެގެންތޯ ފުލުހުންނާއި ސިފައިންގެ ގައިން ނުނެއްޓިގެން ތިޔައުޅުއްވަނީ..

  ކުށުގެ ހިސްޓްރީއެއް ތިބޭފުޅާގެ އޮތުމަކީ ފުލުހުންނާއި ސިފައިންގެ މައްސަލެއް ނޫނޭ އިނގޭތޯ!

  74
  1
 11. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  މިހުރިހާކަމެއް އެނގިހުރެ ސިއްރިލުކޮށް ނަޝީދަށް އަނިޔާ ލުބުނުއިރު، މިކަލޭގެ ކޮބާ؟ ސިއްރުކުރުމަކީ ކުށެއްނޫންބާ؟ މީނަޔަށް ފިޔަވަޅުނާޅާ އާދައިގެ މީހަކު ދައްކާ މިފަދަވާހަކައަކަށް ފިުަވަޅުއެޅިގެން ނުވާނެ. މީނަގެ މައްސަލަ ބަލަންޖެހޭ.

  70
 12. ހުސެން ރަސީދު

  ތިހާއެގެންޔާ އެ ަޔބަކުހޯދަންވީނު

  28
 13. ޙަސަނާ

  މި ދިވެހިރާއްޖެގަ ނަފުރަތު އުފައްދަނީ މީހުންގެ އަބުރުކަތިލަނީ ކޮންބައެއްތޯ އެވެ. ތިއޮތީ ފުރުސަތެއްލިބިފައެވެ.ދަޑިވަޅުގެ ބޭނުންހިފާ މިގައުމުގެ ރައްޔިތުން މިތިބަ އިސްލާމްދީން މިތާނިކަމެތިކޮއްލާށެވެ.އެކަންނުވާހާހިދަކު ތިބޭފުޅުންތިޔަގޮވެލިފަތިނުހުއްޓާނެެއެވެ.ތިޔަމަޖުލުހުގެ ޖަލްސާތަކަކީ އެންމެގިނައިން މީސްތަކުންގެ އަބުރު ކަތިލާ ތަނެވެ..

  39
 14. 39 ބެޗް

  ރާއްޖޭގެ ޢެމް.ޕީ އަކަށް ވިއަސް ތަޢުލީމީގޮތުން ކުފޫ ހަމަނުވާކަން ދޭހަވޭ. ސިފައިންގެ ކަންކަން އަދި ސޯލްޖަރެއްގެ އިންޓެގްރިޓި އެނގިލައްވާ ބޭކަލުން މަޖްލިސްގަ ތިއްބަވާނެ. ޢައްސަވާ. ވީ ނެވަރ ތޯޓް އޮފް ކިލިން. ޙަސަނަށް ހީވާނެ އެންމެންވެސް އުޅެނީ ކެޔޮގަނޑު ކަނޑާލަން ކަމަށް.

  30
 15. ޥަސީ

  . .ކޮބާ ތިއޮއްއިގުނީނު އެވާހަ ކަ ދެއް ކި ޕޮލިހުންނާއި ސިފައިން އެންމެންގެ ބޮލުގައި އަޅުވާނެ ކަމެއްނެއް

  15
  3
 16. ބޯކުރު

  ހާދަ ކަންކަން ދަނެއޭ މިހާރު. އިތުރު ބައެއް ނެތްތަ؟

  21
 17. މަރީ

  އެއް އިންސާނަކު އަނެއް އިންސާނާ މަރާކަށެއް ނުވެއް ޖެހޭނެ. އެއް އިންސާނެއްގެ ލޭ އަނެއް އިންސާނަކަށް ހުއްދަވެގެންނުވޭ.

  20
 18. ދުންމާރި

  މިކަލޭގެ އަނެއްކާ ހަމައިގަތަ މިހުރީ އަމިއްލަޔަށް ފޭހި އިލޮށިގަނޑު އަ،ިއްލަ ލޮލަށް ހެރުނީމަ ހަޖަމުނުވެގެން މި ތެޅިބާލަނީ ޔާމީނުމަރަން ލޯންޗްގޮއްވާލިމީހުންކޮބާ؟ އެމީހުން ދޫކޮށްލީ ކޮންބައެއް؟ މުލިއާގޭކަިރީ ވެހިކަލެއްގަ އައިޑީ ހަރުކުރީކޮންބައެއް އެމީހުން ދޫކޮށްލީ ކޮން ބައެއް؟ ސުނައިޕަރު ގެނއީ ކޮންބައެއް؟ ސުނައިޕަރު ބަންދުން ދޫކޮށްލީ ކޮންބައެއް؟ މިކަންކަމަށް ފަނޑުކުރީ ކޮންބައެއް؟ މިމީހުންކޮބާ؟؟؟

  32
  1
 19. ރީތި މޫސަ

  ވަރަށް ސީރިއަސް ވާހަކައެއް ތިވަރުކަމެއް އެނގިހުރެ ނުއަންގާ ހުއްޓާ ޤައުމުގެ ވެރިކުރައްވާފައިވާ އަދި މިހާރުގެ މަޖުލީހުގެ ރައީސް ކުރަންމުންގެންދަވާ ބޭފުޅަކަށް މަރުގެ އެތިފަހަރެއް ކުރިމަތިވުމުން ތިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ

  25
  1
 20. ނާދިރު

  ކޮބާ މިނުވޭތަ ނަފްރަތުއުފައްދާ ވާހަކައަކައް މިކަހަލަ މީހުންނައް ފިޔަވަޅު އަޅަންވީ މކަލޭގެ ދައްކާ ވާހަކައިން މީ ގައުމީ ސަލާމަތައްހުރި ނުރައްކަލަކައް އެބަވޭ.

  26
  1
 21. ޙިޔާލް

  މިނިވަންކަމޭކިޔާ ދީނާ ގައުމާ ފުލުހުންނާ ސިފައިންގެ ކަރާމާތް އަބުރަށް އަރައިގަންނަމުން ދިޔަ އިރު އެއީ ކުށެއްވާނޫން. ފުލުހުންނާ ސިފައިންގެ ގައިގާ ތަޅާނެ ކުދިން ނެރުމަށް ބުނުމާ އެކަން ކުރުމަށް ހިއްވަރުދިނުމަކީ ނިރުބަވެރި އަމަލެއް ނޫންބާ. ހަގީގީ ގައްދާރުންނަކީ ގައްދާރުވުމަށް ދަސްކޮށްދީ އެއީ މައްސަލައެއް ނޫންކަމަށް ޅަ ޒުވާން ސިކުނޑިތަކަށް ވިސްނައިދޭމީހުން.

  25
 22. ޛހފދ

  މިއީ ވ ބޮޑުމައްސަލައެއް. މިހުރިހާމައުލޫމާތެއް ހަމައެކަނި މިމީހުންނައް އެގޭސަބަބު ބަބު ބެލުމައް ދިވެހި ފުލުހުންނާއި ޖުޑިޝަރީގުޅިގެން މިމައްސަލަތައްބަލާ ނިންމަން އެބަޖެހޭ. ތިބުނާމީހުންގެ މައުލޫމާތު އަވަހަން ހާމަކުރަންވީނުންތޯ. ތިމީހުން ތިފަދަ މިޖިލިހެއްގަ ތިބެންޝަރުތު ފުރިހަމައެއްނުވޭ. އެއީ ތިމަޖިލިހުން ހަދާފަ ހުރިގާނޫނުތަކައް ބަލާއިރު ތިފަދަ މައުލޫމާތުތައް އަންގަންޖެހޭފަރާތައް ނާންގާ ސިއްރުކުރުމަކީ ކުށެއް ނޫންތޯ؟

  22
  1
 23. ކޔނ

  މިއީ ވ ބޮޑުމައްސަލައެއް. މިހުރިހާމައުލޫމާތެއް ހަމައެކަނި މިމީހުންނައް އެގޭސަބަބު ބަބު ބެލުމައް ދިވެހި ފުލުހުންނާއި ޖުޑިޝަރީގުޅިގެން މިމައްސަލަތައްބަލާ ނިންމަން އެބަޖެހޭ. ތިބުނާމީހުންގެ މައުލޫމާތު އަވަހަން ހާމަކުރަންވީނުންތޯ. ތިމީހުން ތިފަދަ މިޖިލިހެއްގަ ތިބެންޝަރުތު ފުރިހަމައެއްނުވޭ. އެއީ ތިމަޖިލިހުން ހަދާފަ ހުރިގާނޫނުތަކައް ބަލާއިރު ތިފަދަ މައުލޫމާތުތައް އަންގަންޖެހޭފަރާތައް ނާންގާ ސިއްރުކުރުމަކީ ކުށެއް ނޫންތޯ؟

  12
  2
 24. ކަހުރަބު

  މިކަލޭގެ ހައްޔަރު ކުރޭ އެވަރު ކަމެއް ސިއްރުކުރީތީވެ

  31
  1
 25. އެލެކުސް އޮބި

  އިއްޒަތާ މަތިވެރި ގަދަރު ދެވިގެންވާ ތަނަކަށް ވަކަރުގޭ ކުދިން ވެއްދުނީމަ ވާނީ މިހެން،ނަމުގެ ކުރިޔަށް އިއްޒަތް ކިޔަސް ޖަރުދަނާ ކަމެއް، އަހުލާގެއް ނެތް މިހާރުު ތިތާ އޮތީ ޖަންގަލީގެ އުސޫލު ބޮޑުއެތި ކުޑައެތި ކާ އުސޫލު ކަމެއް ނުވީމަ ހިމާރުހެން ހޭރެންވީ އެވަރިހަމަ ގޯހަސް، މާޒީން އިއާދަވެއޭ ބުނާ އުސޫލުން ހުޅު ޖެހިމީހާގެ ހާލުހެން ހީވަނީ،

  16
 26. މޯޑް

  ބޭފުޅާ ތިޔަހެން ބުނާ ބުނުމަކީ، ހާދަހާ ބޮޑު ހޭޓް ސްޕީޗެކޭ! ގައުމުގެ ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނަށް ތިޔަ ފަދަ އިލްޒާމް ނާޅުވާ ތިބޭފުޅުންގެ ޖާހިލުކަމުގައި ތިބެބަލަ

  18
 27. އަހުމަދު

  މިހުރިހާ ފިތުނައެއް ހެދިބޮޑުވެ އަދި ނކިމެގެންދަނީވެސް މަޖިލިސް ތެރެއިން.....

  17
 28. ތަންދޮރު

  ޑެންމާކާ ޔަހޫދީން ގެ ލޯތްބައްޓަކާ ދިވެހީންނާ މުސްލިމުންގެ ނަފުރަތު ހޯދީ އަމިއްލަޔަށް. އަލިފުހާ.

  23
 29. ޖުލައި

  ފުލުހުންނާ ސިފައިންނާ މެދު ނަފުރަތު ނުއުފައްދާ އަނގަ މައިތިރިކޮށްގެން ހުރޭ.

 30. ކޮރަލް

  ލަދުން ބޯ ހަލާކެވެ. މަޖްލީހައް ކުރިމަތިލާއިރު ފެންވަރެއް ހުންނަން އެބަ ޖެހެ އެވެ.

 31. ނާއްޓެ

  ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ވެސް ކުރަނީ މިކަންވެސް ހުއްޓުވަން ޖެހޭ. އެއްކޮޅަށް ވާހަކަ ދައްކަން ނަހަދާ. ނައްޓާނެ އިނގޭ.