އިސްލާމް ދީނުމުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް އަޑު އުފުލާއިރު، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ ވާހަކަ ނުދެކެވޭތީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް ނުރުހުން ފާޅުކުރައްވައިފިއެވެ.

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުން ހުއްޓުވަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ޚައިތަމް ވިދާޅުވީ ހަރުކަށި ވިސްނުން ފަތުރައި މީހުން މެރުން ވަރަށް އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.

"މި ކަމަކީ މިހާރު ވަރަށް އާންމު ކަމެއް، މީހެއްގެ ގަަޔަށް ވަޅި ޖެހުމާއި ތަނެއް ގޮއްވާލުމާއި މީހަކު މަރާލުމުގެ ވާހަކައަކީ މިހާރު ވަރަށް އާންމު ކަމެއް، ވަކި މީހަކަށް އަމާޒުކޮށް މަރާލުމުގެ ކަންކަން ގެންދަނީ،" ޚައިތަމް ވިދާޅުވިއެވެ.

ޚައިތަމް ވިދާޅުވީ، މި މައްސަލަތައް އިތުރު ވެގެންދާ އެއް ސަބަބަކީ އޭގައި ހިމެނޭ ކުށުގެ ދެ ފަރާތަށް ވެސް ފިޔަވަޅު ނޭޅުން ކަމަށެވެ. މި ގޮތުން ދީނަށް ފުރައްސާރަ ކުރާ އެތައް ބަޔަކު އުޅޭއިރު އެ ބަޔަކަށް ވެސް ފިޔަވަޅު ނޭޅޭ ކަމަށް ޚައިތަމް ވިދާޅުވިއެވެ.

މީގަ އެބަ އޮތް ވަރަށް ބޮޑަށް ދެކޮޅު، ދީނަށް ހަޖޫ ޖަހާ ފުރައްސާރަ ކުރާ މީހުން ވެސް އެ ވަރަށް އެބަ ތިބި، މި މީހުންގެ ވާހަކަ ނުދައްކައި ދެން ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ ވާހަކަ [އެކަނި] ދެކެވޭތީ ތަންކޮޅެއް އުނދަގޫވޭ އެބަ މި ކަންތައް،" އެމްޑީޕީގެ މެންބަރު ޚައިތަމް ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އެމަނިކުފާނަށް ހަމަލާއެއް ދީފައިވަނިކޮށެވެ. މި ހަމަލާގައި އަމަލީ ގޮތުން އުޅުނު ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު އެއީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ތުހުމަތު ކުރެވެއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނި މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ރައީސް ނަޝީދަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ، އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. އަހުމަދު

  ވަރަށް ރަނގަޅު ވާހަކަ އެއށް. ހައިތަމްގެ ވާހަކަ އަށް ވަރަށް ތާއީދު

  44
  1
 2. އެމަންޖެ

  އެހެންވީމަ ފުރަތަމަ ކެނެރީ ނަޝީދު ހައްޔަރު ކުރަންތާ ތިޖެހުނީ...🙄

  35
 3. އަނިލް

  ކަލޯ ފުރަތަމަ އަވަހަށް ހުއްޓުވަން ވީ ލާދީނީ އަންނި ދީނަށް ފުރައްސާރަކުރާކުރުންތައް

  34
  • ޢަހޫ

   ޔާމީނުމެން ވައް ކަން ކުރީ ދީނުގަ އެ ކަން ކުރަން އޮތީމަތޯ. ޥައް ކަން ކުރާމީހުންގެ އަތް ކަނޑަންޖެހޭތޯ. ޢެއްފަޅި އިސްލާމްވުމަ ކުން ނުފުދޭނެ.

   11
   • ޔާސިރު

    ތި ސިޔާސީ އެންމެން ވެސް ވައްކަން ކުރޭ، އެއީ ފާފަތަކެއް، ތެދެއް ބޮޑު ކަމެއް.
    އެކަމު ލާދީނީ ވެ އިސްލާމް ދީނަށާ ގުރުއާންއާ ސުންނަތަށް ހަޖޫ ޖަހައި މި ބިމުން ދީން ފޮހެލާ ން އުޅޭ ބަޔަކާ އެއްވަރުވާނެ އެއް ގޮތެއްވެސް ނޯންނާނެ

   • އެއީ އަންނި އާއި އަދީބު އެޅުވި ފަންޏެއް

    އަތްކަނޑަންވެސްޖެހޭ. އެކަމަކު ދީނަށް ފުރައްސާރަ ކުރުމަކީ އިސްލާމްދީނުން ބޭރުވާ ވަރުގެ ކަމެއް. ދީން އިނގެނީ ކިހާ ވަރަކަށްތޯ؟

 4. ޖުލައި މަހު

  ސާބަސް ހައްގު ބަހެއްބުނެވިއްޖެ

  37
 5. ސސ

  ހައިތަމް އަކީ ކަށި މަޑު މެދުމިނަށް ލޯބިކުރާ މީހެއް !

  28
 6. އުސްމާނުބެ

  ރަގަޅު ވާހަކައެއް ، ދެކޮޅިވެސް ބަލަން އެބަޖެހޭ ... ދީނައް ފުރައްސާރަކުރާ މީހުންގެ ކަންތައްވެސް އަދި ތިބުނާ ހަރުކަށި ވިސްނުމުގެ މީހުން ކުރާކަންތައްވެސް ބެލެން ޖެހޭ .

  29
 7. އިބިލީސް

  ހައިތަމް ވާހަކަ ރަގަޅު. ހަރުކަށިފިކުރު ފުހެލަން ދީނަން ހަޖޫ ޖަހާމީހުންނާއި މެދު ފިޔަޅު އެޅެންވެސް އެއީ ކުރަން ޖެހިފަ އޮތްކަމެއް

  32
 8. މުރާދު

  ސާބަސް ހައިތަމު

  26
 9. މުސްލިމް

  ބަރާބަރު. ޙައްގު ތެދު ވާހަކައެއް

  24
 10. ދުންތަރި

  އެންމެ ފުރަތަމަ ނައްތާލަންވީ ލާދީނީ ފިކުރު އިސްލާމްދޯނާ ދެކޮޅު ފިކުރު އިސްލާމް ދީނަށް ހަޖޫޖަހާ ފިކުރު ދހިވެހި ޤައުމާ ރައްޔިތުންނާ ދެކޮޅު ފިކުރު މި ލާދީނިއްޔަތު މިޤައުމުން ފޮހެލެވިއްޖެނަމަ ހުރިހާކަމެއްހައްލުވީ

  20
 11. ހައްހާ

  މިގައުމް ހައްލުވާނީ މިޔެލޯބައިގަޑު މިަގއުމުން ބޭރުކުރުމުން

  20
  • ޢަހޮމަދު

   ދެން ވަގުންތޯ އިތުރު ކުރަންވީ. ޥައް ކަން ކުރާ ޕިން ކް ބައިގަނޑު އޯ ކޭތޯ؟؟؟؟

   1
   3
   • ރަންނަމާރިގެ މެދުދަރި

    ހަމައެކަނި ޕިންކް ކުދިންތޯ ވައްކަންކުރަން މޮޅީ؟ އެކަމަކު އެމްއެމްޕީއާރުސީގެ ލިސްޓުގަ ވަގުން ގިނައީ ޔެލޯކުދިން. ޢަދި މި ކޯވިޑްގަ ދިވެހި ރައްޔިތުންނަށް އެހީގެގޮތުގައި ބިލިއަނުން ލިބުނު ފައިސާތައް ވަންނަނީވެސް ޔެލޯކުދިންގެ އެކައުންޓްތަކަށް .،🤔🤐🙄،

 12. އީމާން

  އަޅުގަނޑަކީ އެއްވެސް ޕާޓީއެއްގެ ސަޕޯޓަރެއް ނޫން.
  ނަމަވެސް ކޮންމެ ޕާޓީއެއްގެ މެމްބަރެއް ވިޔަސް ޙައްޤު ބަސް ވިދާޅުވުމުން ވަރަށް އުޕާވޭ.
  މިކަމުން އިއްޒަތްތެރި މެމްބަރު ހައިތަމް ގެ ހިތުގައި އީމާންތެރިކަން ހުރިކަން ދޭހަކޮށްދޭ.
  މިވަރު ބަހެއް ބުނެލައްވާނެ ބޭފުޅުން ވެސް މިހާރު ވަރަށް މަދު.
  ޝުކުރިއްޔާ އިއްޒަތްތެރި މެމްބަރ ހައިތަމް.

  25
 13. އަހްމަދު

  ވަރަށްރަނގަޅުވާހަކައެއް ގިނަފަހަރުމީހުންގެނުރުހުންލިބެނީ ދީނައްފުރައްސާރަކޮށް އިސްލާމްދީނައްހަޖޫޖަހާތީ ބައެއްމީހުންނަކީ ދީނައްހަޖޫޖަހާމީހުންގެ ޢަމަލްތައްބަލައިގަންނައް އުނދަގޫވާބައެއް ހަރުކަށިފިކުރުއުފެދޭހިސާބަކީއެއީކަމަށްބެލެވެނީ އެކަންހުއްޓވިއްޖެނަމަހުރިހާކަމެއްވެސްހައްލުވާނެކަމަށްބެލެވޭ

  17
 14. ލާދީނީވުމަކީސުންފާކަމެއް

  ދީނަށް ފުރައްސާރަކުރާ މީހުންނާއި އެމީހުންނަށް ހިތްވަރުދޭ މީހުންގެ ސުންފާކަން މިދިވެހިޤައުމަށް ޖެހިފައި މިއޮތީ.

  17
 15. މޯޑު

  ރަނގަޅު. އިޒްރޭލުން ފަލަސްތީނު މީހުން އެމީހުންގެ ޅަދަރީންގެ ކުރިމަތީ ޝަހީދުކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން އެޅަދަރީންގެ ހިތާއި ކަށިހަރުނުވެ ނުހުންނާނެ.
  ތިބާނަމަ ތިބާގެވެސް ކަށިހަރުވީސް.
  ދިވެހިމުސްލިމުންކުރިމަތީ އެމީހުންގެ ދީނާއި ނަބިއްޔާއަށް ފުރައްސާރަކޮށް ޢިލްމުވެރީންގެ އަބުރުކަތިލުމަކީ ކަށިހަރުވާން މެދުވެރިވާ ސަބަބެއް.
  ކަށިހަރުވާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން

  13
  • އަސްލު ހަގީގަތް

   ތީ މައްސަލައިގެ މައިގަނޑު އަސްލު. މިކަންކަމަށް އެޑްރެސް ކުރުމަށް ހަގީގީ ދިވެހިން (ހައިތަމް ކަހަަލަ) މަޖިލީހަށް ގޮވަން ޖެހޭ.

 16. ޖުލައި

  ވަރަށް ރަނގަޅު ވާހަކައެއް

 17. ކާޝީ

  ވަރަށް ރަނގަޅު ވާޙަކައެއް

 18. ތިރިބެ

  ތިމާއަމިއްލަޔައް އުޅޭގޮތަކައް ތިމާއެއެހެއްމީހުންނައް އުދަގޫނުކޮއް އުޅުމުން ގިޔާމައްދުވަހުން އެކަމުގެ އަދަބުލިބޭނެ (ހެޔޮއަމަލައް ހެޔޮސަވާބު ނުބައިއަމަލައް ނުބައި ޖަޒާ) ހަރުކަށިފިކުރު މައްސަލައަކައްމިވަވީ އެހެން އިން ސާނުންނައް ހަމަލާދީ މަރާ މުދާފޭރުން މިއީ އިސްލާމު ދީނުގެ ރިވެތިސިައެއްނޫ (އެމީހަކު ނަމާދުގެ ރަކުވައި ކުރިޔަސް ، ރޯދަނަމު ނުކައިހުއްޓަސް މަތިފުށުން ސަހާދައިކިޔަސް)

 19. ދަރަނި ދަންތުރަ

  180 ގެ ވާހަކައެއް ވަރަށް ބަރާބަރު ހައްގު ބަސް ބުނަންޖެހިލުން ނުވާތި ފިރިހެނާ ، އެމް ޑީ ޕީ ގެ ރައީސް ނަސީދަކީ އިސްލާމް ދީނަން ފުރައްސާރަ ކުރާ މީހެއް އީވާ އަބުދުﷲ މަޖިލީހުގެ ރިޔާސަތުގައި އިންނަނީ ބަރަހަނާ ހާލުގައި މިކަންކަން ރަނގަޅުކުރަންޖެހޭ ، ހެޔޮނަސޭހަތްދޭ މީހާ އެއީ ހަރުކަށި ފިކުރުގެ މީހެއްނޫން...

 20. ތެދުހަޤިޤަތް

  މޑޕ ގައުޅޭނެ އަނހެން ގްރޫޕެއް ހުކުރު ޚުތުބާ އައް “ހޮޓް ބާ” އޭ ކިޔައިގެން ޖޯކް ޖަހާ. އަހަރުމެންގެ ލެޔާކުޅޭ މި ބައިގަޑުވެސް ހުއްޓުވާ!

 21. ބޯޖަލީލު

  ރީނދޫ ފިކުރަކީ ފަނާކުރަނިވި އަނިޔާވެރި ފިކުރެއް ، ފިޔާތޮށި ފިކުރަކީ ބިނާކުރަނިވި އަމާން ފިކުރެއް ، ރީނދޫ ކުލަޔާ ދުރައްގޮސްގެން ދިވެހިންނަން އުފާފާގަތިކަން ލިބެންއޮތީ ވިސްނާ ވިސްނާ ވިސްނާ

 22. ސަމާ

  މިނޫނީ އަދި ރަނގަޅުވާހަކައެއް ދެއްކި މެމްބްރަކުނެތް.

 23. ހުސޭނުބެ

  މި ހައިތަމް މީ ޓެރަރިސްޓެއްތާ ދޯ ހާދަ ދެރައޭ

 24. ޢަހު

  ހައްހުބަސް ބުނާމީހާއަށް ހާދަ ވަރެކޭ ތިކޮއްލަނީ ހައިތަމް އަކީ އިސްލާމް ދީނަށް ލޯބި ކުރާ މީހެއް އަބަދުވެސް ޕޭން އޝަން އޮފީހުގް ވަޒީފާގަ އެތަށް އަހަރެއް ވަންދެން އޭނާ އުޅުނު ޚުލްގު ހެޔޮ ރަނގަޅު އަޚްލާގު ލިބިފަ ހުރި މީހެއް މިކަމާ ބަޔަ ކު ޖޭވިޔަސް މަމިބުނީ ހަމަ ތެދު މަށަށް ހައިތަމް އިނގޭ ވ ރަނގަޅަށް

 25. ހިޔަޅު

  މިފަހަރު ވެރިކަމަށް އަރާފަ ފާޅުކަންބޮޑުކޮން ކުރާކަމެއް އެއީ މިސްކިތްތަކުގަ ނޫކުލަ ލުން. އެއީ ރޭވިގެން ކުރާކަމެއް. މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގަ ގައިމުވެސް ލާފަ ހުރީ ނޫކުލަ. މި ފަަހަރު ވެރިކަމަށް އަރާފަ މާލެ ސަރަހައްދުން ހުޅުވި މިސްކިތްތަަކުގެ ވާހަކަ މިބުނީ. ސަލްމާން މިސްކިތް އެހުރީ ފެހިކުލައިން ފެށި މަސައްކަތް ނޫކުލަައަށް ބަދަލުކޮށްފަ. ހުރިހާ ދިމާލަކުންވެސް އިސްލާމްދީނާއި ޖައްސާލާފަ

 26. ރިޒާ

  ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވާށި، ދީނަށް ނަސްރު ދެއްވާ ހައްގު ބަހެއް ވިދާޅުވީތީ

 27. ކޮރަލް

  ޒުވާނެކެވެ . އެދެއްކީ ރަނަގަޅު ވާހަކަ އެކެވެ.
  އެއްޖިންސުން ގުޅުން ހިންގަން ހިއްވަރު ދޭ ބަޔަކު ވެސް އެބަ އުޅެ އެވެ. އެބަޔަކު ގެ މައްސަލަ ބަލަން ވީ އެވެ.