ރާއްޖޭގައި ހަރުކަށި ފިކުރު އުފެދިގެން އައީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސަބަބުން ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.

ތޯރިގް އެގޮތަށް ތުހުމަތު ކުރައްވާފައި މިވަނީ މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަރުކަށި ވިސްނުމުގެ ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ތޯރިގް ވިދާޅުވީ ވެރިކަމުގެ ބާރު ހޯދުމަށް އޭރެއްގައި އިދިކޮޅުގައި އޮންނަ ބަޔަކު ސަރުކާރަށް ނަފްރަތު އުފައްދަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާއްމަތުގައި އެމްޑީޕީ އުފެދިގެން އައުމާ އެކުގައި ކަމަށެވެ.

ތޯރިގް ވިދާޅުވި ގޮތުގައި މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަން، އެމްޑީޕީން އޭރު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ. އެގޮތުން އެ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ މަސައްކަތް ފެށިގެން އައީ އެހާ ހިސާބުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން 2006 ވަނަ އަހަރު އއ. ހިމަންދޫގަައި ހިނގައިދިޔަ ކަންކަންކަމަށް ހިތްވަރު ދިނީ ކޮން ބައެއްތޯ ތޯރިގް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޭގެ ފަހުން ވަކިން މިސްކިތެއްގައި ނަމާދު ކުރަމުން ދިޔަ ބަޔަކަށް ހިތްވަރުދީ، އެމީހުންނަށް ސްޕީކަރާއި މެގަފޯން ދިން ބައެއް ތާރީހުން އެނގެން އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މިކަންކަމަށް އިޝާރާތް ކުރެއްވުމަށްފަހު ތޯރިގް ވިދާޅުވީ ހަރުކަށި ފިކުރު އުފެދިގެން އައީ ކުއްލިއަކަށް ނޫން ކަމަށެެވެ. އަދި އެމީހުން އެ ވިސްނުމުގެ ތެރެއަށް ޣަރަގުވެގެން ދިޔަައީ އެމްޑީޕީގެ މި އަމަލުތަކުގެ ސަބަބުން ކަމަށާއި، ހަރުކަށި ފިކުރު ދިރުވާ ފުޅާ ކުރުމަށް މަސައްކަތްކުރީ އެމްޑީޕީން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެއްފަހަރުން ހަރުކަށި ފިކުރު އައިސްގެން މިގޮތަށް ނުދާނެކަން އަޅުގަނޑު ފާހަގަކުރަން. ދީނާ ދެކޮޅަށް އަދި ހާއްސަކޮށް ރަސޫލާއަށް ފުރައްސާރަަކޮށް އެތައް ކަންތައްތަކެއްް ކުރީމަ ދެން މި އަންނަ ހަރުކަށި ފިކުރާ ހަމައަށް މި އަންނަނ.ީ އެމްޑީޕީ އުފެދުނީއްސުރެ އަންނަނީ މިފަދަ ކަންކަމަށް ހިތްވަރުދެމުން" ޓޮމް ވިދާޅުވިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ވަނީ ހަމަލާއެއް ދީފައެވެ. ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ތިން މީހަކު ހައްޔަރުކުރިއެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހުން ހައްޔަރު ކުރ ިއިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ އެމަނިކުފާނު އަވަހާރަކޮށްލުމަށްވެސް ނިރުބަވެރި ހަމަލާއެއް ދީފައިވެއެވެ. އަދި ރައްޔިތުން މަޖިލީހުގެ އުންގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީއާއި، ބްލޮގަރ ޔާމީން ރަޝީދުވެސް އަނިޔާވެރި ގޮތަކަށް މަރާލާފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އެމަންޖެ

  ރަނގަޅައް ތިޔަބުނީ ތޯރިގް އަދި ފުރިހަމަވީސް ކެނެރީ ނަޝީދާ އީވާމެންގެ ނަން ފާހަގަ ކޮއްލިނަމަ.

  78
  4
 2. ނަައީމް

  ނަފްރަތު އުފައްދަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާއްމަތުގައި އެމްޑީޕީ އުފެދިގެން އައުމާ އެކުގައި ސީދާ އައްނި ކުރިކަމެއް މިދިވެހިރާއްޖެ ހަލާކުގެ ތެރެއައް ވައްޓާލީ ހަމަ އައްނި މުޅި ކެރަފާ އާއިލާ އަހާބަލަ މައުމޫނު ކައިީގާވެސް ގާސިމޫކައިރީގާވެސް އަހާބަލަ

  81
  3
 3. ޖިންނި

  އެމް ޑީ ޕީ އަކީ ޔަހޫދީ ލާދީނީ ބައިގނޑެއް ހަރުކަށި ފިކުރު ފަތުރަނީވެސް އެ މީހުން ، ޔަހޫދީން ކަންކަމުން ރެކެން ހޮލޮކަސްޓް ބޭނުންކުރާހެން

  74
  4
 4. ވިސްނާ

  ކކކކކކކކކކކކކކކކކކކކ ކާންދީ ބޮޑު ކުރިއެތި އަތުގަ ދަތް އެޅީ!

  37
  2
 5. ނަރެލް

  ހަރުކަށިފިކުރަކީ މުޅިދުނިޔެއަށް އޮތް ނުރައްކަލަކަށް ވާއިރު މިކަމަކީ ސިޔާސީ ޕާރޓީއެއްގެ ބޮލުގަ އަޅުވާލައިގެން ފުއްދާލެވޭ ކަމަކަށް ވެގެންނުވާނެ ކުރިންވެސް ނަޝީދު ތަކުރާރުކޮށް ބުނަމުންދިޔަ ރާއްޖޭގަވެސް ހަރުކަށިފިކުރު މީހުންއެބަތިއްބޭ އެހެންބުނީމަ ތިވެރިންގެޖަވާބަކީ ޓޫރިޒަމް ބޮއިކޮޓު ކުރަނިއްޔޭ ދެންތިބެގެން އަނގަ އަރުވާނެކަމެއްނެއް

  2
  49
 6. ރައްޔިތުން

  ތަޅާނެ ކުދިން ކޮޅެއް ހޯދައަގެ ތަޅަން ގޮވާލުން މީވެސް ހަރުކަށި ފިކުރު

  58
 7. ޥގ

  ޕޕ އަކީ ބޮޑު ވަގުންގެ ޕާޓީޔެއް

  5
  57
  • އިބް

   މޑޕ މުލުވަގުންގެ ޕާޓީ

   36
 8. އޮޅުވާލި ވޯޓު

  އެމްޑީޕީ އައްވުރެން ހަރުކަށި ބަޔަކުނުތިބޭނެ

  31
 9. އާދަމުގެދަރި

  ސަތޭކައިން ސަތޭކަ ތެދު ވާހަކައެއް. އަލިފާން ބޯޅަ އުކުން. ދައުލަތުގެ މުވައްސަސާތަކުގައި ހުޅުޖެހުން. މަނީމަނީ ސަރ ގޮވުން. ކާޅަށް ގޮވުން. ޖެހިލުމެއް ނެތި ދޮގުވާހަކަ ފެތުރުން. މީހުންގެ އަބުރު ނަގައިލުން. މިހެންގޮސް ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ކޮށްފައި ނުކޮށް އޮތީ ވަކި މިވެނި ކަމެކޭ ބުނަން ނޭނގޭވަރަށް މިކަހަލަ އެތައް ކަމެއް ކޮށްފައި އޮތީ. އެކަންކަން އެގޮތަށް ކުރުމުގެ ނަތީޖާއާ މިއަދު ކުރިމަތިލާންޖެހިފައި މިއޮތީ.

  34
 10. ކަލޯ

  އޭގެ މާކުރިންވެސް އޮވޭ އެނގޭތަ

  2
  20
 11. މޫސާ

  100%ތެދު ވާހަކައެށް ހަރުކަށި ފިކުރު މިތާ އުފަންކުރީ ނަސީދު މީގެ ކުރިން މިތާގެ ހުރިވަބާއެއްނޫންތީ
  2008ގެ ކުރިން ދިވެހިންނަކީ ކިޔަމަންތެރި އެހެންމީހުންނަ އަހްތިރާމު ކުރާ އެންބާވަންތަ އެކުވެރި ސަގގާފަތެއްގެ ވެރިން

  35
  1
 12. ނާޅި

  ކަށި ހަރުކަން ދަސްކޮށްދީ ހަޔާތް ކަނޑުވާ މުޒާހަރާކުރަން ދަސްކޮށް ދީ މީހުންގެ އަބުރާއި ބެހެން ދިވެހިންނަށް ދަސްވީ އެމްޑީޕީ ކިޔާ ޕާޓީއަކުން ހިންގި ހަރަކާތުގެ ތެރެއިން ނުންތޯ ؟

  18
 13. އައްޑޫ މީހާ

  ވަރަށްބޮޑު ތެދެއް

  21
 14. ރާއިދު

  އަމިއްލައައް ފޭހުނު އިލޮށި އަމިއްލަ ލޮލައް

 15. ޙުއްޖަތް

  މަށަކީ ވެސް އެމްޑީީޕީގެ ސިޔާސަތާ ދެކޮޅު އަންނިޔާ ދެކޮޅު މީ ހެއް. ދަންނަވަންތޯ ހަރުކަށި ފިކުރުގެ އަސްލަކީ ދީނުގެ ޞައްޙަ މަޢުލޫމާތާ އިސްލާމީ އަޤީދާ ނޭނގުން. ދިވެ ހިރާއްޖޭގާ ކުޑަކުދިންނަށް ކިޔަވައިދޭ މުޤައްރަރުވެސް އެބަޔަކު ބޭނުން ގޮތަކަށް ބަދަލުކޮށް ސްކޫލުގެ އިސްލާމް ފޮތުގާ ތައު ހީދުގެ ނަންވެސް ނެތީ ހަމަ އެކަނި އަންނިގެ ސަރުކާރު ތޯ ނުވަތަ ޔާމީނުގެ އެހ ހެންޏާ ވަ ހީދު ސަރުކާރުތޯ ސުވާލުކޮ އްލަން. އޭގެ ކުރިން މައުމޫނުގެ ސަރުކާރުގާތޯ އޮތްތޯ ވެސް އައްސަވާލަން. ގްރޭޑް 12 ނިމިގެން ނުކުންނަ ކިތަށް ކުދިންނަށްތޯ ތައުހހ ހީދާ ޝިކުރު ދަސްވެެފާ ހުރީ. ދެން މަޑުކައްޓެއްވެސް ނޫން ދަގަނޑުކަށިވެސް ވާނެ. އެއީ މުސްލިމުންގެ ފުރަތަމަ ފިލާވަޅު ދަސްނުވީމާ.
  އެހ ހެންވީމާ ތާރިޤުގެ ވާ ހަކަޔަށް ބުނާނީ ސޮރީޔޭ. ޤަބޫލުކުރާނެ މީ ހަކު ޤަބޫލުކުރިޔަސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެޔޭ ތިޔަ ވިދާޅުވި އެއްޗެއް.

 16. ައަހުމަދު

  ބަރާބަރު ވާހަކަ އެއް ޓޮމް އެ ވިދާޅުވީ