އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓަކީ ސިޔާސީ ބަޔަކު އެކުލަވާލި ލިސްޓެއް ކަމަށާއި އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފި ނަމަ، މަގާމުގައި ނުހުންނަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެކުރިން ހާމަކުރި ހިޔާނާތުގެ ލިސްޓްގައި މަހްލޫފްގެ ނަން އޮތުމުން ގޭގައި މަޑުކުރެއްވުމަށް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ. މަހްލޫފް އޭރު ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމުގައި ވިދާޅުވެއެވެ. އޭރު އޭސީސީން އެކަނި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ރައީސް އޮފީހަށް މަހްލޫފްގެ މައްސަލައެއް ނެތް ކަން އެންގުމުން މަހްލޫފް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތީއެވެ.

ހިޔާނާތުގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތުމާއި ގުޅޭ ގޮތުން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޔާނާތުގެ ލިސްޓަކީ ސީޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުންނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެން ދިޔަ ލިސްޓެއް ކަމަށެވެ.

"ލިސްޓުގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން އަދި އެކަމުގައި ބައިވެރިވުމެއް ވެސް ނޫން" މަހްލޫފް ވިދާޅުވިއެވެ.

މަޖިލީހުން އާންމުކުރި ހިޔާނާތުގައި ލިސްޓުގައިވާ ގޮތުންނަމަ މަހްލޫފްގެ މައްސަލަ އޮތީ ދައުވާކުރުމުގެ މަރުހަލާގައެވެ. އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، ދައުވާކޮށްފިނަމަ ވަޒީރުކަމުގެ މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނަވާނެ ކަމަށެވެ.

"ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނާނަން" މަހްލޫފް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްހަ ކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޞަބާ

    ލިސްޓުގައި ނަން އޮތިމަކީ ޝަރަފެއް. ނަމަ ނަމަ ޢިސްތިއުފާ ނުދޭތި. ޢަދިވެސް އިތުރަށް ލިބޭތޯ ބަލާ

    43
    1
  2. އެލެކްސް

    މަހޭ ޔާމިން ގޭދޮށަށް އުކީ ކޮންޑޮލަރުތަކެ އް. އީވާ އާއއއ އި ދެމީހުން ވެގެން. އަހަރެމެން ގޭދޮށަށް އުކާލަ ބަލާ. ރީލޯޑުން އެތިކޮޅެ އެ އް

    35
  3. އެމަންޖެ

    ސާބަހޭ މަހޫ.

    12
    12
  4. ޚާރު

    ޢަވަހަށް އިސްތިއުފާދީ އެމްޑީޕީ ބާރު އޮތީ ދައުވާކުރާނެ...

    30
    1
  5. ތަކުރު

    ޜަނގަޅު ގޮތަކީ މިހަރުވެސް އިސްތި އުފާ ދިނުން

    41
    3
  6. Anonymous

    ބުނާނެ އެއްޗެއް ނޭގޭ ހޭލުން ތެރިކަން ނެތް ބައެއްގެ ތެރެއަށް ތަނަވަސްކަން އައީމަ ވާނީމިހެން

    32
    2
  7. ދުންމާރި

    މަހުލޫފޫ ބުނަން ރަނގަޅު ވާހަކައެއް މާ އަބުއިވެގެން އުޅުނަސް ނަޒާހަތްތެރިކަން ދެއްކުމަށް އުޅުނަސް މިއަދު އެކަމެއްނުފެނުނެއްނު؟ ތިމާގެ ނަން ހިޔާނާތްތެރިންގެ ލިސްޓުގަ އޮތުމަކީ ދަޢުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއަކަށްހުރުން ރީތިކަމެއްނޫން އެންމެ ރީތި ގޮތަކީ އިސްތއުފާދީފަ ގޭގަހުރުން އޮޑިޓަރ ޖެނެރަލް ނަމޫނާއަކަށް ނަގާބަލަ

    33
    2
  8. Anonymous

    ދައުވަާކުރިީމަ ކަލެޭބުނަާނިީ ސަާބިތު ވިީމަ އިސްތިުފަާދެޭނަމެޭ

    31
    1
  9. ނަޒޫ

    ބަލަގަ މަހުލޫފޫ ލިސްޓުގަ އޮތިއްޔާ މަގާމުން ދުރުކުރާ ވާހަކަ ބުނެފައޭ އޮތީ، ދަިއުވާ ކުރީމަ ޖެހޭނީ އިސްތިއުފާ ދޭން ކަލޯ

    16
    1
  10. ޙދ.

    ތީ ހަމަ ތެދެއް... ކެއުމަ ކީ ވެސް ކުއްވެރި ވުމެއްނޫން.. ކުއްވެރިވާނީ ކުއްވެރި ކުރަން ފެނިއްޖެ ނަމަ.

    3
    1
  11. މަހާ

    ދަޢުވާކުރީމަ މަޤާމުން ވަކިކުރާނެ ، ކަލޭ އިސްތިޢުފާ ނުދިނަސް.
    މިހާރުން މިހާރަށް އިސްތިޢުފާ ދިނުމަށް ގޮވާލަން.
    ލަދުގަންނަނީ ހަމައެކަނި އޮރިޔާމުން މަގުމަށްޗަށްނުކުންނަންދޯ،

    4
    2
  12. ހާލުފޮޅި

    އެންމެން ކައިފި.. އަދަބު ލިބެނީ އެކަކަށް..

    5
    1