ކުރީގެ ރައީސް މުހައްމަދު ވަހީދަށް ނިސްބަތްކޮށް "ކާޅަށް" ގޮވުނީތީ އެކަމާ ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދަ މޭރުމަކުން ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ނަފްރަތުގެ ބަސް ފެތުރުމާއި ހަރުކަށި ވިސްނުމުގެ ބަސްތައް ފެތުރުމުގެ ބަހުސެއް ގަދަވެ ސިޔާސީ މަސްރަހު ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގައެވެ.

މި ދަނޑިވަޅުގައި ޕީޕީއެމްގެ ސަޕޯޓަރުން އާންމު ކުރަމުން ދަނީ ބައެއް މީހުނަށް އަމާޒުކޮށް އެކި "ލޭބަލް" އަޅުވައިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކެވެ. މީގެ ތެރޭގައި ވައްޑެ ކުރިން ކުރައްވާފައިވާ ބައެއް ޓްވީޓްތަކުގެ ފޮޓޯ ވެސް ހިމެނެއެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކާޅު" ނަމުން ރައީސް ވަހީދަށް ގޮވުނީތީ މިއަދު ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކު އެ ގޮތަށް ގޮވަން ޖެހުނު ސަބަބެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ "ކާޅެއް ގޮތަށް ރައްޔިތުންގެ ވެރިކަން ޖަހައިގަނެ އެހާ އަނިޔާއެއް ލިބުމުން" ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ އަދިވެސް ވަހީދަަށް ނިސްބަތްކޮށް ލިޔުއްވާފައި އޮތީ "ބީ ވަހީދު" އެވެ. ބެލެވޭ ގޮތުގައި އެއީ "ބާޣީ ވަހީދު" އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމަކަށް އައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފަިއންގެ ތެރެއިން ބަޔަކު ގުޅި، ހިނގައި ދިޔަ ހަމަނުޖެހުންތަކަކަށް ފަހު، ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އެއީ "ބަޣާވާތެއް" ކަމަށް ނަޝީދު ތުހުމަތު ކުރެއްވިޔަސް، ތަހުގީގުން ނިންމާފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ.

ނަފުރަތު އުފެއްދުމުގެ ވާހަކަ ދެކެވެން ފަށާފައި މި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނިކޮށެވެ. މި ގޮތުން އެމްޑީޕީގެ އިސް ބޭފުޅުން އެންމެ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަކީ އެމްޑީޕީގެ އިސް ބޭފުޅުންނަަށާއި ރައީސް ނަޝީދަށް އަމާޒުކޮށް "ލާދީނީ" ފަދަ ބަސްތަކުން މުހާތަބު ކުރާތީއެވެ.

ނަޝީދަށް ހަމަލާދީފައިވަނި މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ރައީސް ނަޝީދަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ، އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ރެފްރީ

    ރީނދޫކުލަ އިންނުކުރަނީކޮންކަމެ އް؟ ވަހީދަށް ކާޅަށްގޮވާ ޔާމީނަށް ވަގަށްގޮވާ ރަ އީސް މަ އުމޫނަށްކިހާ އެ އްޗެ އްސެ އްގޮވި؟ މިހާރުތި އުޅެނީ ކަންތަ އްތަކެ އްހަޖަމު ނުކުރެވިގެން .

    63
  2. ައަބޫ

    ގޮޅާބޯ ގޮޅާބޯ ގޮވުނީތީދެރަނުވޭތަ މިހާރުތިޕާޓީއައްވުރެގޮޅާބޯ ގިނަޕާޓީޢެއްނެތް ރާއްޖެއަކު

    60
  3. އެމަންޖެ

    ވައްޑެ ބިރުގަތީތަ...؟؟ އ ކާޅު.

    44
  4. ލޮލް

    އަހަރެމެން އެދުވަހު 2012 ފެބްރުއަރީ 7ވަނަ ދުވަހު ލައިވްޓީވީން ބަލާ އަޑުއެހީމު މުހައްމަދު ނަޝީދު އިސްތިއުފާދިން ވާހަކަ. ދެން ކިހިނެއް ހަމަބުއްދި ހުރި އަމިއްލަ ސިކުނޑިން ވިސްނާ އާދަމުގެ ދަރިޔަކު ގަބޫލު ކުރާނީ ރައީސް ވަހީދު ވެރިކަން ފޭރިގަތީކަމަށް؟ އެމްޑީޕީ ތެރޭ އުޅޭ ގިނަ އެކްޓިވިސްޓުންނަކީ ހައްޤަށް ކަނު ލޮލެއް ދީގެން އުޅޭބައެއް. ސަބަބަކީ ތެދު ހަގީގަތް ހާމަވާ ކޮންމެ ފަހަރަކު ޕާޓީގެ ބޮޑުންގެ ސޯޓު ބޭލިފައި އޮންނާތީ..

    62
  5. ޚިޔާލު 3

    ތިބޭފުޅުން ތިކަހަލަ ކިތަ އްމެ ގޯހެ އް ހަ އްދަވާފަ އި އެބަހުރިނޫންތޯ.؟ މުސްލިމުންނަށްވީތީ މިހާރަކުނޫން އަބަދުވެސް އެގެންވާނެ ހުތުރުނަމުން މީހުނަށް މުޚާތަބު ކުރުމާ އި ސާބިތު ނުހިފޭ ދޮގު ތުހުމަތު އެޅުވުމާ އި ދީނާގުޅޭވާހަކަ ދީނުގެ ހުރުމަތަށް ނުވިސްނަވާ ދެ އްކޭނަމަ އެކަންކަމަކީ ހެ އުވިސްނުނީމަ ދެރަވެ ލަދުގަންނަށްޖެހޭނެ ކަންކަންކަން. ތިކަންވެސް އެނގިވަޑަ އިގަތުމަކީ ހެ އުފާލެ އްކަމަށް ދެކެ އް.

    43
    1
  6. ޙުހްސާ

    ޥަރައް ފެންވަރު އޮޅިގެން އުޅޭ މެމްބަރެއް

    47
  7. ނަައީމް

    ތިޔަ ބިލުގަ ލިޔާތި ގޮވިޔަސް އޯކޭ ގޮވާފަ ދެރަވާށެ އަކުރެއްނަމަވެސް އިތުރުކޮއްފަ ވައްޓ ކަލޭވިސްނާލަބަލަ ކަލޭމެން ގޮވި ކަޑިމުޑުދާރު ބަސްތައް މުޅިމިދިވެހި ރަޢްޖޭގެ ރީތިޒމަންވީފޭރާން ބާލާ ހަޑިމުޑުދާރުކުރީ ހަމަ ކަލޭމެން ދެން މިއަދު ތިޔަކުރާކަމަކީ ކޮބާ ވާނުވާއެގޭތަ ކަލޭ ފުރަތަމަ ތިބިލުން ކުއްވެރިވެ ތީގާބިނާ މުއްދަތައް ސީދާ ޖަލައް ވިސަނަވާ ރައްޔިތުނަ ތައްޔާރު

    31
  8. ނަސީ

    މިމެންބާރަކި ހަމަގޮލައެއްނޫން

    38
  9. ފައިފް

    ވަހީދައްބި ގޮވިއަސް އަދި ކާޅައްގޮވިއަސް ވަހީދައްވާނެކަމެއނޯއްނާނެ. ތިކަހަލަ ފިކާޅާދެއުޅިއެނުވާ މީހުން ކިޔާޙާ އެއްޗަކައް އހަރުމެން ނުހެއލޭނެ. ތީވަރައްފެންވަރު ދައް ގޮތެއްނެތްބަޔެ .

    44
  10. ޕޮގުބާ

    އަސްލު ކަޅު ތިޔައީ ދޯ

    35
  11. ދަރަނި ދަންތުރަ

    އަސްލު ކާޅުތަށް ތިޔަތިބީ ރީނދޫ ކުލާގައި ކާޅުތަށް ތިބެގެން ދޮންދޫނި ތަކާދިމާލަށް ކާޅަށްތިގޮވަނީ އެކަމަކު އަސްލުކާޅު ތަކަކީ ރީނދޫ ގުރޫޕު ، ގޮތެއް ފޮތެއް ނެތް ކާލުތަކެއް މަވާ ސަލާމް ރީނދުލަށް...

    31
  12. ސޮއި

    އަމިއްލަ މީހާއާއި ޖެހުނީމާ ހުރިހާކަމެއްވެސް ހުއްޓާލަން މިޖެހނީ. ޢެހެން ނޫނިއްޔާ ހަމަ ހިތުހުރިގޮތަކަޢް ބޭނުން އެއްޗެއް ކިޔަނީ

    27
  13. ގުއިޑޭ

    ވަރަށް ސައިޒް އޮޅިގެން އުޅޭ މީހެއް މިއީ. ބަލަ ތިގޮތަށް ތަރިންނަށް ވެގެން އުޅުނު ކިތަންމެ މީހަކު އޮއްސިއްޖެ. އަހަރެމެން ތިބެން ބަލަ އޮއްސޭއިރު

    21
  14. ޙހހހ

    ބާޣީ ވަހީދުއޭވެސް މިހާރު ގޮވާގެން ނުވާނެ ، އެއީ ބަޣާވާތެއް ނޫންކަން ވަނީ ކަނޑައަޅައިފަ ، އެއަށް ބަދަލު ނާންނަހާ ހިނދަކު ތިމާމެން ޤަބޫލުކުރާގޮތް އެއީ އޮންނަގޮތްކަމަށް ހެދީމަ ތަންފީޒުކުރާ އިދާރާތަކުގެ އެއްވެސް ބާރެއްނެތް ، މިފަދަ ކަަންކަމުގެ ސަބަބުން މުޖުތަމުގައި ޤާނޫނަށް ބޯނުލަނބާ މީހުން ގިނަވެގެންދަނީ ، އަނގަތެޅިޔަސް ނުވާެ

    17
  15. ކެނެރީގެ މާފަތް އެދުރު

    ދިވެހިރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިންނަށް ބާޢީއަށް ގޮވައި އެމުއައްސަސާ ތަކުގެ އަގުވައްޓާލައި ރައްޔިތުންގެ ހިތުތެރޭގައި ނަފްރަތު އުފައްދައި ފުލުހުންނަށް އަނިޔާކޮށް ފުރައްސާރަކޮށް ފުލުހުންގެ އާއިލާތަކަށް ޖެއްސުންކޮށް ހެދީ ކޮން ބައެއް؟ އެއީ ކުށެއް ނުންތަ؟ ބުނަން މިގައުމުގެ ރައްޔިތުން ހަޔާތް ކަނޑުވައި ކުޑަކުދިންގެ އަހުލާގު ހަލާކުކޮށްލި މީހުން މިހާރު ނިކުމެ އަނގަ ފުޅާކޮށް ވާހަކަ ދެއްކިޔަސް މިއަދު ތިޔަކަން ނުވާނެ

    22
  16. ޗީ ޗީ

    ކޮންމެ މީހަކު ވެރިކަމަށް އަޔަސް ރއްޔިތުނގެ އަނގަ ބަންދު ކޮށްގެން ނޫން ގޮތަކަށް ވެރިކަމެއް ނުކުރެވޭނެ. އެވަރަށް ކެވުނީ އެވާހަކަ ދައްކާތީ 2 ވަނަ ދައުރެއް ނުލިބި ކުޑަ ގޮޅި ފެނުނީމަ ދެން ހަދާނީ ބޮލުރޮދި ކެނޑިފަ ހުންނަ ޤާނޫނު. ޓާގެޓް ކޮށް.

    14
  17. މަބޭ

    ކާޅައް އެކަނިގޮވީކީނޫން ގާއުކާ މިރުސްފެންޖަހާ ޖާނައްގެއްލުންދޭންވެސް މަސަތްކަތްކުރިނޫންތޯ

    16
  18. އަލީ

    ޢެއިން ދައްކާދެނީ ވައްޑެ ކަހަލަ މީހުންގެ އަޚްލާޤީ މިންގަނޑުދައްކަން. މިހާރު އިއްޒަތްތެރިކަން ލިބުނީމަ އެ ދެމެހެއްޓޭތޯ ތިޔައުޅެނީ. ޙަމަ ހިނި އަންނަނީ ވައްޑެ ތިޔައުޅޭ ގޮތުން.

  19. އެކެއް

    ވައްޑެ އަބަދުވެސް ޕާޓީދިފާޢުކުރަން ނޮގޮވަނީ، ނުކިޔަނީ ކޯޢްޗެއް ވައްޑެމެން ދެއްކިނަމޫނާއާ އެއްގޮތަށް މިޤައުމުގެ ކަންކަން ހިނގަނީ ޔާމީނަށްވަގަށްގޮވީ ހުސްވަގުން

    11
  20. ޙަވަސަ

    މަޖިލީހުގެ ގިނަ މެންބަރުން ނަށް ހީވަނީ އެތަލުމުގައި ދަށްކަވަހަކައައް ގިޔަމަތްދުވަހުން ޖަވާބު ދަރިވަން ނުޖެހޭނެ ކަމަށް ހިލައެންނުވަނެ

  21. މުހައްމަދު

    ވައްޑޭ ކަލޭގެ އަނގަ މަދުންލައިގެން ހުރެވޭތޯބަލާބަލަ. ކަލޭމެނަށްހީވަނީ ދުވާލު ދެދަޅަޔަށް ކޮންމެވެސްނޫހެއްގެ ފަލަސުރުޚީއަށް ކަލޭމެންގެވާހަކަ ނާރާކަމަވައްޏާ މީހުނަށްނުވަނީކަމަށް. ތިފާޑޫގެ އަނެއްމީހަކީ އައްޑޫފޭދޫދާއިރާގެ މެމްބަރ. ކަލޭމެން ތީ ކަލޭމެންގެ ބޮޑުވާއިގިލިފެނިގެންއުޅޭމީހުން.

  22. ޖާބެ

    ހިދުކޮޅު އައިސްގޮސް ކީކޭ ބުނާނީ މިޔައްކިޔަނީ ކީކޭބާ؟

  23. ކޮވިޑް

    ނަފްރަތު އުފެދޭ ޤާނޫން ނެއް މަޖިލީހަށް މިގެންނަނީ މި ސަރުކާރުން ހެޔެނުވާނެ މި އެމްޑީޕީ މެމްބަރުން ހަމަ ހޭގަތޯ ބަަލަން ވެއްޖެދޯ؟ އެމްޑީޕީ މެމްބަރުން ވިއްޔާ ނަފްރަތު އުފެދޭ ވާކަހައެއް ނުދެއްކޭނެ އެމީހުން އިސްތިސްނާ ވާގޮތަށް ބިލް އެކުލަވާލަނީ ލޮލް