ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމްގެ ހަނދާން އާކުރައްވައި އޭނާއަކީ ސިޔާސީ އުސްތާޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަރުމަން ވިލާތުގައި ހުންނެވި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒާހިރަކީ ރާއްޖެ ބަދަލު ކުރެއްވުމަށް މުހިއްމު ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ވެސް ސިޔާސީ އުސްތާޒެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

"ކުޅަދާނެ އިންޖީނިއަރެއް، ރިސޯޓް އޯނަރެއް، އަދި މަޖިލީހުގެ ކުރީގެ މެންބަރެއް، މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން،" ޒާހިރާއެކު ސިޔާސީ މަސައްކަތް ކުރައްވާފައިވާ ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

މިހާރުގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރުގެ ބައްޕާފުޅު، ޒާހިރު އާދަމް އުމުރުން 74 އަހަރުގައި އަވަހާރަވީ ކޮވިޑް-19 ގެ ބަލީގައެވެ.

ޒާހިރު ވަނީ ފެބްރުއަަރީ 27، 2005 އިން ފެށިގެން މެއި 27، 2009 އާ ހަމައަށް ގދ. އަތޮޅުގެ މެންބަރު ކަން ކުރައްވައިފައެވެ. އަދި މެއި 29، 2009 އިން ފެށިގެން މެއި 27، 2014 އާ ހަމައަށް ގައްދޫ ދާއިރާގެ މެންބަރު ކަން ކުރެއްވިއެވެ.

އޭނާ ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނަައީމް

  ހުކުރުހުތުބާ ތެރެއައް އައްނި ނޫސްކަރުދާސް އައުގުރާނަ ގޮވާ ނަފުރަތު އުފައްދަން ކުރި މަސައްކަޔް ބެލުމައް ރައްޔިތުންމަޖިލީހުން ގާނޫނެއްފާސްކުރަނީ މިފަހަރު މިހަލޭގެ ހައްޔަރުގަ ބަހައްޓާނީ މިމައްސަލަ ނިމެންދެން ހެޔޮނުވާނެ ދޯ ހުކުރު ހުތުބާ އައް އަޅާފަ އެފަދަ ލިޔުން ތައް ބަހަން މިކަލޭގެ

  9
  1
 2. ނަައީމް

  ހުކުރުހުތުބާ ތެރެއައް އައްނި ނޫސްކަރުދާސް އައުގުރާނަ ގޮވާ ނަފުރަތު އުފައްދަން ކުރި މަސައްކަޔް ބެލުމައް ރައްޔިތުންމަޖިލީހުން ގާނޫނެއްފާސްކުރަނީ މިފަހަރު މިހަލޭގެ ހައްޔަރުގަ ބަހައްޓާނީ މިމައްސަލަ ނިމެންދެން ހެޔޮނުވާނެ ދޯ ހުކުރު ހުތުބާ އައް އަޅާފަ އެފަދަ ލިޔުން ތައް ބަހަން

 3. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

  އެއީ ކަންކަމުގައި ހުނަރުވެރި ހިތްވަރުގަދަ މޭސްތިރިއެކެވެ.