ރައްޔިތުން މަޖިލީސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފޭސްބުކް މެދުވެރިކޮށް ޓީވީ ޗެނަލަކުން އިއްޔެގެ ޖަލްސާ ވަގުތުން ދައްކަމުން ދިޔަ އިރު، އެ ލައިވަށް ކޮމެންޓް ކުރި މީހަކު ވަނީ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެފައެވެ. މި މައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް މެމްބަރަކު ގެނެއުމުން އެ އިދާރާއިން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ލިބިފައިވާ ކަމަށާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކުރާ މިފަދަ ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ މައްސަލަަތައް އަވަހަށް ތަހުގީގު ކުރުމަށްވެސް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ނަޝީދު، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. އެމަނިކުފާނު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަން ވިލާތުގައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުން މެރުމާއި ގެއްލުން ދިނުމަށް އިންޒާރުދީ ހެދުމަކީ ބޮޑު ކުށެކެވެ.
ތީމަޖްލިސްއެތަ ނޫނީ އެމްޑީޕީޖަގަހަޔެއްތަ، ރައިތުްނ ނައް ފައިދާހުރިއ އެވެސް ކަމެއްނުކުރޭ
ތަޅާނެ ކުދިން ކޮޅެއް ހޯދައަގެން ތަޅަން ނުކުންނަން ނުނިމި ހުންގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގާ ބަލަން ނުކެރޭނީ ކީއްވެ. މި މައްސަލަ ބަލަން ވެސް ގޮވާލަން .