ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 73 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ދަރުމަވަން ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށެވެ. އެތަނުގައި އޭނާ ފަރުވާ ހޯދަމުން ދިޔަ އިރު ވެސް ހާލު ވަރަށް ސީރިއަސްއެވެ.

މިއާ އެކު، މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 104 އަށް އަރައިފައެވެ.

ރޭގެ ވަގުތެއްގައިވެސް ކޮވިޑް ބަލީގައި އަންހެނަކު ވަނީ ނިޔާވެފައެވެ. އެއީ 79 އަހަރުގެ އަންހެނެކެވެ.

މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 91 މީހުންނަކީ ދިވެހިންނެވެ. އަދި 13 ބިދޭސީއަކުވެސް މިބަލީގައި ނިޔާވެފައިވެއެވެ.

ފަހަކަށް އައިސް، ރާއްޖޭގައި ކޮވިޑް ބަލި ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ކޮވިޑް ބަލީގައި ފަސް މީހަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އަދުި މި މަހު އެކަނި ވެސް 31 މީހަކު ވަނީ ނިޔާވެފައެވެ.

މެއި މަހަކީ އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ނިޔާވި މަހެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބަލީގައި ފުރާނަ ގެއްލޭ މީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ. އަދި މިވަގުތު ބަލީގައި ނިޔާވަނީ ވެސް އުމުރުން ދުވަސްވީ މީހުން ކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ. މިހާތަނަށް އައި އިރު ރާއްޖޭގައި އަންނަނީ ތިން ވެކްސިން ޖަހަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިންއާއި ސިނޯފާމް އަދި ފައިޒާ ވެކްސިންއެވެ.

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެފައިވާތީ އެ ވެކްސިން ޖެހުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހަބޭސް

  މިސަރުކާރަށް މިބަލިން ސަލާމަތް ވާން ހަދަންވީގޮތް ނޭންގުނު

  17
  2
 2. ބައްޕަ

  ކަލޭމެން ހިންގާ ބޮޑު ޖަރީމާ އެއް ތީ

  16
  1
  • Anonymous

   ބަލިޖައްސަވާ ބަލިން ސަލާމަތް ކުރައްވާ ބަލީގެ ސަބަބުން ގެންދަވަނީ ހެއްދެވި ފަރާތުން. އެއީ ވަ ކި މީހެއްގެ ބާރުގެދަށުން ހިނގާ ކަންތައްތަ ކެއް ނޫން. އިނގިލި ދިމާ ކުރަންޏާ ކުރަންވީ އަހަރެމެންގެ އަމިއްލަ ނަފްސުތަ ކަށް.

 3. ާވެކުސިން

  ވެކުސިން ނެތޭކިޔަނީ ނެތް އެޗެއް ކިހިނެއް ޖަހާނީ؟؟؟

  10
  1
 4. ބޭނޭ

  އޮކްސިޖަން އެބަހުރިތަ އަނެއްކާ

 5. ދަބަރު

  ޥެރިން އެތިބެނީ ކީއްކުރާނީޅަހީފަށެއް ކެރުވި ފައި.

 6. އެޑްވަޑް ބާމުންޑޭ

  ކޮބާތަ އިޒްރޭލަކީ ދައުލަތެއް ކަމަށް ޤަބޫލްކުރި އެއުޅޭ މިނިސަޓަރު.

 7. ކިސަޑު

  ކަލޭނޭ ހުލުމާލެ ފެސިލިޓީ ޗެކްކުރަންވެއްޖެ އެއްނު އެތަނުން ފަރުވާ ހޯދަނީ ނިކަމެތިން ބޮޑުން ދަރުމަވަންތާގަ ބަލަ ދަރުމަވަންތަހެދީ ބޮޑުންނަށްއެކަނިނޫނޭ އަހަރުމެންގެ ލާރިއޭ އެވެސް ރައީސްމީހާ އަދި ނަިމޫނާ މިކަމާ ޖަވާބެއްދީބަލަ ފެސިލިޓީ މީހުން މަރަށް ގެންދާތަނެއްތަ ވެންޓިލޭޓަރުގަނޑެއްވެސް އެތާ ނުހުއްނަނީތަ

  4
  1