ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތާއެކު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން ރައްޔިތުންގެ މަޖިލިސް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ފުލުހުން ކުރިން ދީފައިވަނިކޮށް އޭގެ ފަހުން ޓީވީ ޗެނަލަކުން ފޭސްބުކް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ވަނީ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ލިޔެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާމަކުރެއްވި ގޮތުގައި، އެ އިދާރާއިން މިހާރު މި މައްސަލަ ވަނީ އެމްއެންޑީއެފްއާއި ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ މަޖިލީހަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބިގެން، މަޖިލީހުގެ އިދާރާ ވަށައިގެން އެ ސަރަހައްދުގެ ސެކިއުރިޓ މިހާރު މަތިކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

"މި ވަގުތުގެ ހާލަތަށް ބަލައި، ސެކިއުރިޓީގެ މި ކަންކަން ދަނީ ދަމަހައްޓަމުން،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހީމް އާޒިމް މީޑިއާތަކަށް ޚިއްސާ ކުރެއްވި މެސެޖްގައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ މި މައްސަލަ ލިބިފައިވާ ކަމަށާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކުރާ މިފަދަ ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ދާނެ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެެވެ. އެއީ އެއީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތިން މީހުނެވެ. އެއީ އަމަލީ ގޮތުން މި ހަމަލާގައި ބައިވެރިވި މީހުނެވެ. އެ ތިން މީހުނަކީ ވެސް ހަރުކަށި ފިކުރުގެ ބަޔެއްގެ ކަމަށް ތުހުމަތު ކުރެއެވެ.

ނަޝީދަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ، އޮޕަރޭޝަންތަކެއް ވެސް ކުރައްވާފައިވެއެވެ. އެމަނިކުފާނު މިހާރު ހުންނެވީ މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޮލް

    މަޖާ

    19
    2
  2. އުސްމާނުބެ

    މީކޮން ފިލްމެއްބާ ، އެހާ ނުރައްކާ ބޮޑީއްޔާ ، ބަންދު ކޮއްފަ ގެޔައްވަޑައި ގަންނަވަން ވީނޫންތޯ ، މިހާރުވެސް ވާކަމެއް ހަރާން.
    އަނެއްކާ ސެކުރިޓީ ވަރުގަދަކޮއްގެން ބޭކާރު ހަރަދު ތަކެއް ދުއްވާލުމައްވުރެ. ދެން އެހެން ނޫނަސް ތިޔަ ބުނަނީ ސިފައިންނައް ފުލުހުންނައް އިތުބާރުކުރެވޭކައް ނެތޭ ދެން އެކަމަކު ހައި ރިސްކް ވެގެން އަނެއްކާވެސް އެމީހުން އައިސް ސެކުރިޓީ ބަލަހައްޓަދޭންވީ އެމީހުން......

    20
  3. ހެހެ

    ކޮމެޑީ ސެންޓްރަލް

    17
  4. ކޮރަލް

    އިސްލާމްދީންގަ އޮންނަ ރިވެތި ގޮތުގަ އުޅޭނަމަ ދެދުނިޔޭގަ ވެސް ބާއްޖަ ވެރިކަމެވެ. ބިރެއް ގަންނާ ކަށް ނުޖެހޭނެ އެވެ.

    24
  5. އަސީ

    މީއާދަޔާހިލާފު ސެކިއުރިޓީއެއްބަލަހައްޓާ ގައުމެއް މަޖުލިސް އިދާރާވަށައުގެން ސެކިއުރިޓީ މަޖުލިސްޖަލްސާނިމުމުން މެންބަރުން ގްރޫޕްހަދާފަ މަގުތައްމަތީ ސެކިއުރިޓީ އެއްނުލާ ؟

    14
  6. މާޖިދާ

    ވ.މަޖާ

  7. ކިޔުންތެރިއެއް

    އިސްލާމް ދީނަށް ފާޅުގަ ކުރާ ފުރައްސާރަ ސީރިއަސްކަމެއްގެ ގޮތުގައި ނުބަލިނީ ކީވެގެން. ދީނެއް ނެއް ވަރީފާއާ ދުނިޔެ އޮތީ ދެއްތޯ.

    9
    1
    • ހެހް

      ތިޔަހެން ބުނާމީހުން އުޅެނީ ކިހިނެއްބާއޭ ހިތަށް އަރާ

  8. ހާލުފޮޅި

    ދެން ނުރައްކާ ބޮޑިއްޔާ އޮންލައިންކޮށް ނަޖިލިސް ބާއްވަންވީނުންތޯ. ނުރައްކާ އޮތް ތަނަކަށް ވަދެތިބުން ވަރަށް މޮޔަކަމެއް. ނުރައްކަލެއް ނެތްކަން ޔަގީން ނުވާހާ ހިނދަކު އެކަން ބެލުމަށް ސިފައިންނާ ހަވާލުކޮއްފަ ގޭގަތިބެގެންވެސް ކުރިޔަށް ގެނދެވޭނެކަން ނަޝީދު ވަނީ ދައްކާފަ. ކީއްވެ މިހާރު ނުވާންވީ؟؟؟

  9. ހަސަދު

    މާލޭގަ މައި މަގެއް އެއްކޮށް ބަންދު ނޮކޮށް ސެކިއުރިޓީ ދެވޭނެ ގޮތެއް ނުވިސްނުނީ ތޯ.