ރާއްޖޭގައި އެއް އިލްމުވެރިއެއް އަނެއް އިލްމުވެރިއެއް ކާފަރުކޮށް، ލޭ ހުއްދަ ކުރާ ހިސާބަށް ދާ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީހުންގެ ލޭ ހުއްދަކުރަން ގޮވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި, މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައަށް ބަހުސްކުރައްވަމުން އިންތި ވިދާޅުވީ ރާއްޖޭގެ ބައެއް އިލްމުވެރިން އެއް އިލްމުވެރިއަކު އަނެއް އިލްމުވެރިއަކާއި ދިމައަށް "ކާފަރަށް" ގޮވާ ކަމަށެވެ. އަދި ބައެއް އިލްމުވެރިން ބަސްމަގު ގެންގުޅޭ ގޮތުން، ލޭ ހުއްދަ ކުރާ ހިސާބަށްވެސް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ، އިންތި ވަނީ ރައްޔިތުން މަޖިލީހުގެ އުންގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ ފާހަގަކުރައްވާފައެވެ.

"ރާއްޖޭގެ ދީނީ އެއްބަވަންތަކަމުގެ ގާނޫނަށް ބަލައިފި ނަމަ, ރައްޔިތުންނާ ދިމާލަށް އިނގިލި ދިއްކޮށްފައި އެއީ ކާފަރެކޭ, މިއީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އަމިއްލަ ހުކުމްތަކެއް ނުރެވޭނެ. އަމިއްލައަށް ހުކުމްތައް ނެރެގެން މީހުން ގަތުލުކުރުމަށް ނުގޮވޭނެ, އެއީ ކުށެއް," އިންތި ވިދާޅުވިއެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކާއި ދިމައަށް ކާފަރަކަށް ގޮވުމަކީ އިސްލާމްދީނުގައިވެސް މަނާ ކުރައްވާފައިވާ ކަމެއްކަން އިންތި ފާހަގަކުރެއްވިއެވެ. ނަމަވެސް ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނާއި ކޮލެޖްތަކުގައި ކިޔަވައި ދިނުމަށް ތިބޭ ބައެއް އިލްމުވެރިން ފާޅުގައި މީސް މީޑިއާގައި ނަފްރަތު އުފައްދަމުން ދާ ކަމަަށް ވިދާޅުވެ އިންތި ވަނީ އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭ މަންޒަރު ފެންނަމުން ނުދާ ކަމަށް ވިދާޅުވެފައެވެ.

އިންތި ވިދާޅުވީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދީފައިވާ ނިރުބަވެރި ހަމަލާއަކީ ބަޔަކު އެމަނިކުފާނުގެ އިސްތަށިފުޅުގައި "ލާދިނީ" ޓެގް އެޅުވުމުން އައި ހަމަލާއެއް ކަމަށެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. އެމަނިކުފާނު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަން ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެލެކްސް

    އިންތި ކާޅަށްގޮވި ހަދާން އެބަހުރިބަ؟؟ ރައްޔިތުން މަޖުލިސް އެ ކޭ މަސްމާރު ކޭޓަށް ވުރެ އަޑުގަދަ އެ ކަ ކު އަނެ ކަކކ ކަށް ހަޔާތްގޮވުން އޮތީ ދަސް ކޮއްދިނީ އިންތިމެން މިހާރު ހަދާންވޭތަ؟؟؟

    15
  2. ބޮލުރޮދި

    ހަމަ ދުލެއް އޮތީމަ ހިތައް އައި އެއްޗެއް ގޮވާ ނަގަނީ...

    14
  3. ސސ

    ސިޔާސީ ހަށި ވިއްކާ މީހުންގެ މެދުގައި ތިކަން ބޮޑީ، ކަށި ހަރު މީހުންގިނައީވެސް ސިޔާސީ މީހުންގެ ތެރޭގައި ނުންތޯ؟

    14
  4. ނާޅި

    މިރާއްޖޭގައި ކަށި މަޑު މީހުންނާއި ކަށި ހަރު މީހުން އުފައްދާ ފެކްޓުރީ އަކީ ތިޔަ މަޖިލިސް ނުންތޯ ؟

    18
  5. މަނީމަނީ

    އިންތި މާރީއްޗެއް ނޫން ތިވާހަކަދައްކާކައް.

    19
  6. Anonymous

    އިންތިޔަކަސް މިފަހަރު ތިބުނީ ތެދެއް

    2
    17
  7. ހިމާރު

    އަޑުތަކުގެތެރެއިން އެންމެ ހުތުރީ ހިމާރުގެ އަޑެވެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    16
  8. އެދުރުބޭ

    އިންތި ނޮޅާ ކެޔަސް އޭނަ އެބުނީ ދޮގަކަށް ނުވާނެ!

    1
    6
  9. އާދަމުގެދަރި

    ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރެކޯޑިންގއާއި ޔައުމިއްޔާ އިހަށް ކިޔުއްވާ! ވަކި ޖަމާއަތެއް ނުވަތަ ވަކިބަޔަކު ފޮހެލަންޖެހޭނެކަމަށް ޚުދު ތިމާ މީހާ ކިތައް ފަހަރު ބުނެފައިވޭތޯ ބަލާބަލަ! ފަނޑިޔާރުންނާބެހޭގޮތުން ދައްކާފައި ހުރި ވާހަކަތައް އަލުން ނަގައިގެން ކިޔާލަބަލަ.

    13
  10. ކާލި

    އެންމެ ހުތުރު އަޑަކީ ހިމާރުގެ އަޑު !

  11. ކެމެރޫން

    ކަލޯ ޔާމީން ފަހާ ދުވޭ ކަރުގެ ނާރުފުއްޕަމުން ތި ތިބެގެން މޮޔަވަނީ ވެރިކަން ލިބުނީމާ އަތައްގޮވަނީ މިތިބެ މަރުވާ މީހުންނާމެދު ވިސްނަބަލަ ކިތައްމީހުން މިމަރުވަނީ މޮޔަގޮވަނީ
    ޔާމީން ފަހާ ދުވޭ މީހުން މަރާ ސަރުކާރު ކޮވިޑު ޖައްސާފައި ކައުންސިލް ލިބިއްޖެދޯ

  12. ސަރީފާ..

    ރައީސް މައުމޫނާ ބެހޭ ގޮތުން ޝހ ހުސެން ރަޝީދު ދައްކާފައި ހުރި ވާހަކަތަކުގެ ރެކޯޑިންތައްވެސް އަޑުއަހާލުން ރަގަޅުވާނެ އިގޭ އިންތީ.

  13. ފޯކައިދޫ އިބްރާ

    ބަލަތިޔަމީހާގެ މައިންބަފައިންނަކީ މުސްލިމުންކަމައްވީތީ ކަންބޮޑެއްނުވޭތޯއޭ ހިތައްއަރަނީ މީނާގެވާހަކަތައް އަޑުއިވުނީމަ

  14. އަބްދޫ

    އިލްމުވެރިޔަކަށް އަނެއް އިލްމުވެރިޔަކަށް ކާފަރެކޭ ވެސް ގޮވަންއެގިދާނެ.އަބުރާ އިސްލާމްދީނަށް ވަންނަންވެސް އެގިދަާނެ. މުރުތައްދުވެއްޖެނަމަ ތައުބާވާންވެސް އެގިދާނެ.އިސްލާމްދިނުންބޭރުވެއްޖެ ނަމަ އަލު އިސްލާމްވެ ﷲ ގެ ހަޒްރަތުގަ ދަންނަވައިގެން ފަފަ ފުއްސަވާގޮތްވެސް އެގިދާނެ.އެކަމަކު މަށާ ކަލެއާދެމީހުން ޖެހޭނީ އިލްމުވެރިން ބުނާ ބަސް ގަބޫލުކުރަން.