މިއަދު މާލޭގައި ހިންގި މާރާމާރީއެއްގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި މިއަދު މާރާމާރީއެއް ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މި މާރާމާރީ ހިނގާފައި ވަނީ ދެމީހެއްގެ ދެމެދުގައި ކަމަށާއި، އެއިން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެެއްވެސް މީހަކު ހައްޔަރުކޮށްފަަައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މިހާރު މީސްމީޑިއާގައި އަންނަނީ މި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ދެމީހަކު އެކަކު އަނެކަކަށް އަނިޔާކުރާ މަންޒަރެވެ. އަދި ބަޔަކު އައިސް އެމީހުން ހުއްޓުވާ ހަޅޭލަވަމުން އަންނަ މަންޒަރުވެސް ފެނިގެން ދެއެވެ.

މިއީ ބަލަމުން އަންނަ މައްސަލައެެއް ކަމުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަހަ

  އެއްވެސް ގެއްލުމެއް ނުވަންޔާ މާރާމާރީ އަކަށް ވޭބާ😂

  18
  2
 2. ކީކޭ ބުނާނީ

  ތިޔާ ހީވަނީ ޗައިނާ ފިލްމަކުން ނަގާފައިން އިސްކްރީން ޝޮޓެއް ހެން

  18
 3. މަގޭ ސަލާމް

  ތަޅާފޮޅަމުންދިޔަ ދެމީހުން ހުއްޓުވި މީހުންނަށް މަގޭ ހެޔޮދުޢާ ސަލާމެވެ. ސާބަހާއި އައްސަރިބަސް ރައްދު ކުރަމެވެ. އެއީ އެދެމީހުން ދަންނަ ބަޔަކަށް ވިޔަސް އަދި ނުދަންނަ ބަޔަކަށް ވިޔަސް ވެހެވެ.

  33
  • ހޫ

   ދެ އިލޮށިން ވީމަ ހުއްޓުވަން އެކެރުނީ.

   12
   • ކިޔާ

    ހާހާހާ...އިލޮށިވެސް ތަޅާ ފޮޅާތަ؟؟؟

 4. މުހަންމަދު

  މިއީ މާރާ މާރީއަކަށް ނުވަންޏ، މިއީ ބަނޑު މޫސާރައަށް ބެއްދުމެއްތާ!!!!!!!!

  15
  1
 5. ކޮރަލް

  ގޭންގް މާރާ މާރީވެސް ޓެރަރިޒަމް އަށް ވާނެ އެވެ.

  14
 6. އާދަމުގެދަރި

  މިއޮތީ ޓެރަރިޒަމް ފެށޭ ހިސާބު. މި މީހުންނާމެދު ހަރުކޮށް ފިޔަވަޅު ނާޅާނަމަ މާދަމަ މިމީހުން ނުކުމެ ތިބޭނީ މިއަށްވުރެ ބޮޑުކަމެއް ކުރަން.

  14
 7. ހޫ

  ދެ އިލޮށިން ވީމަ ހުއްޓުވަން އެކެރުނީ.