ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތަވެސް އިތުރު ހަފްތާއަކަށް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި 12 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް ހަތް ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ ދުވަހު އެޗްޕީއޭއިން އެންގި ހުރިހާ އެންގުންތައް އިތުރު ހަފްތާއަކަށް މި ވަނީ ދަންމާލާފައެވެ.

އެ އެންގުމުގައިވާ އިތުރު ކަންކަމަށް ބަލާއިރު، މާލެ ސަރަހައްދުގައި ހަވީރު 4:00 އިން މެންދަމު 4:00 އަށް ކާފިއު ހިންގުމާއި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުން ހިމެނެއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތަކާއި، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ ވަރަށ ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުދުޅި

    މައިމޫނާ އިސްތިއުފާ މުޅިގައުމު ފުނޑާލި މުސްކުޅި ދައިތަ ގަނޑު

    7
    4
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      ބަރާބަރު ވާހަކައެއް. މިއަންހެނާގެ ކޮންޓުރޯލުގަ ސިޔާސީވެރިންނާ، ނުފޫޒުގަދަމީހުން ނުހިމެނޭ. މިހުރިހާދުވަހު ރާއްޖެތެރެޔަށް ވަކިބަޔަކު އަރަން ހުއްދަދީ ރާއްޖެތެރެ މުޅިބަލީބަ ޖެއްސީ މި ނުލަފާ އަންހެނާގެ ހާއްސަ ހުއްދަ.