ދިވެހިން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަ ކޮށް މިއަދު ހަވީރު ކުރިއަށްގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެއްޖެ އެވެ.

ދިވެހި ރައްޔިތުން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މާލެ އާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި މި ވަނީ ހަރަކާތްތަކެއް ބާއްވާފައެވެ.

އެގޮތުން ރާއްޖޭގައި ކޮވިޑުގެ ވޭދަނަތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އާންމުންނަށް ބޭރުގައި އެއްވެ އުޅުމަކީ އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތަކަށް ނުވާތީ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ބެލްކަނީ ތަކުންނާއި، ގޭ ދޮރުމަތިން ދިދަ ހިފައިގެން ތިބެއެވެ.

ފަލަސްތީންގެ ބޮޑު ދިދައެއް އިމާރާތެއްގައި ހަރުކޮށްފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ހުރިހާ ދިވެހިންވެސް މުޅި ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ތިބީ ފަލަސްތީނާއި އެކުގައި ކަމެވެ.

މި ހަރަކާތަކީ ޒުވާނުން އިސްނަގައިގެން ފަލަސްތީނަށް ތާއިދު ކުރުމުގެ ގޮތުން މިއަދު 16:00 އިން ފެށިގެން 18:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ފަލަސްތީން ދިދައެއް ބެލްކަނީތަކުންވެސް ފެނިގެންދޭ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

'ފްރީ ފަލަސްތީނު'ގެ ނަމުގައި ހިންގަމުންދާ ހަރަކާތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހިތްވަރު ދެއްވާފައެވެ. ފްރީ ފަލަސްތީން ހަރަކާތް ފެށެން ކައިރިވެފައި ވަނިކޮށް ރައީސް ސާލިހް ވަނީ ފަލަސްތީނު ދިދައިގެ ފޮޓޯ ޓްވީޓް ކުރައްވާ ރާއްޖެ އޮތީ ފަލަސްތީނާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ވަނީ މީގެ ކުރިންވެސް އިސްރާއިލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި އިސްރާއީލްގައި އުފައްދާ ތަކެތި 2014 ޖުލައި 25 އިން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުން މަނާކޮށްފައި ވެއެވެ.

'ފްރީ ފަލަސްތީން' ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހަރަކާތަށް ކުދި ބޮޑު އެންމެންގެ އެއްބާރުލުން ލިބުނުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިކަނުން ކިތައް ފުރާނަ ސަލާމަތް ކުރެވިއްޖަތަ

    7
    63
    • އަދުން

      ތިޔަހެން ކުރާ މަލާމާތަކުން އަދި ފުރައްސާރައަކުން ފަހަތަކަށް ނުޖެހޭނަމެވެ. އަދި ތިޔަހެން މަލާމަތްކުރިއަކަސް ލަދެއްވެސް ނުގަނެއެވެ. ހުރިހާ ބާރަކާއި ހިއްވަރަކާއި ކާމިޔާބީއެއް ދެއްވަވަނީ ﷲ ތަޢާލާކަން މުޅި ޖާނުން ގަބޫލުކުރަމެވެ. މިމަޑުކަށި ފިކުރުގެ މީހާއަށް މިދުނިޔޭގައި ނިކަމެތި ކަން ދައްކަވައި ﷲ އަޒާބުގެ ވޭން ދައްކަވާދޭވެ!

  2. ކޮވިޑް

    ދިވެހިްނ އަބަދުވެސް ފަލަސްތީނާ އެކު އެކަމް މިހާރު މި އޮތް ސަރުކާރު އިޒްރޭލަށް ބައި އަތު ހިފައިގެން ޙާއްސްކޮށް ހެލްތު މިނިސްޓަރ.

    19
    3
  3. ހުސޭނުބޭ

    ދިވެހިން ފަލަސްތީނާއެކު ސަރުކާރު އިުރޭލާއެކު

    5
    2
  4. Anonymous

    Alex ah nukerunudho tweet eh kollan