ކްލައިމެޓް އިމަރޖަންސީ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ކްލައިމެޓް އިމަރޖަންސީ ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން އުފެއްދި ގާނޫނެކެވެ.

އެގޮތުން، މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުންތެރިކުރުމަށް އިސްނަގައި ވަކާލާތުކުރާ ބަޔަކަށް ރާއްޖެ ހެދުމަށް ބާރުއެޅުމަށާއި، ދރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބޭނުންވާ ބަރުދާސްތީ ގާބިލުކަން އިތުރުކުރުމަށާއި އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

މިގާނޫނުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ މީލާދީ އަހަރަކަށް ބޭރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ތިން މަސްދުވަހުގެ ކުރިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް ވެސް ގާނޫނުގައި ވެއެވެ.

މީގެ އިތުރުން ވެސް މި ޤާނޫނުން ވަނީ މޫސުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން އިސްވެ ކުރުމަށް ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ އިދާރާއެއް މިނިސްޓްރީގެ ދަށުން އުފެއްދުމަށް ލާޒިމްކޮށްފައެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުމަށް "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ ނަމުގައި ސަފީރު ފެންވަރުގައި މަގާމެއް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އުފައްދައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅެއް ޢައްޔަންކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރިސޯޓް ބޯއީން

    ކޮބާ މިނިމަމް ވޭޖް ބިލް. ބޭނުން ވާ ބިލެއް ވަގުތުން ވަގުތައް ހަދާ ތަސްޖީދުވޭ .ރިސޯޓް ބޯއީން މައް ދޯކާ ދީ އޮޅުވާލި ސަރުކާރު

  2. އިއްސޭ

    ޕެންޝަންފަޑުގައިހުރިއަޅުގަނޑުމެންގެ
    ފައިސާނުހިފަހައްޓާ މިއަދުއަޅުގަނޑުމެން
    މިތިބީހާލުގަޖެހިފަ

  3. ޖުއްޅޭއި

    ބަލަގަ މިޤައުމުގައި މަރުވާ ކޮވިޑު މީހުންގެ ޒިންމާ ނަގާނީ ކާކު ބަރަބޯ އިބޫ ހަމަ ހެވިދިލިފައި އޮބައުޅޭ! އަޅެ ކަލޭ ދެރަނުވޭތަ ބަދުނަސީބު އިބޫ މީހުން މަރާ ހުސްކުރަނީ މަދުކުރަނީ އަޑުއެހިން އޮކްސިހުސްވަނީއޭ މިގައުމުން ވެންޓިލޭޓަރު ނެތިގެން މީހުންނަށް ފަރުވާ ނުކުރެވޭ އިތުރު ގެއްލުމެއް އިތުރަށް ރައްޔިތުންނަށް ނުދީ އިސްއުފާދީ

  4. ޖުއްޅޭއި

    ގަމާރު ފޮޓޯ އިބޫ އެއްވެސް އުރައްޕެއްނެތް އިބޫ މިހާވަރަށް މީހުން މަރުވާއިރު ނުރޮވޭތަ
    މަކަރުވެރިޔާ މީހުން މަރާ ހުސްކުރަނީ

  5. ކެމެރޫން

    ގަމާރަކަށް ކަންކަން އެގޭތަ ނޭގޭނެ ޅޮސްގަހެ މީހަކު އެއްޗެއް ދެއްކީމައި ބަލައިގެން ކިޔާ ފޮޓޯ ފްރޭމް