އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަން ދެއްކުމަށް، އެގައުމުގެ ދިދަ ބަންޑާރަ ކޮށީގައި ހުރި ބޮޑު ސްކްރީނުން އަޅުވައިފިއެެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި ބަންޑާރަކޮށީގެ ސްކްރީންގައި ފަލަސްތީންގެ ދިދަ އަޅުވާފައިވާއިރު، ދިވެހިން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަ ކޮށް މިއަދު ހަވީރު މުޅި ރާއްޖޭގައި އިވެންޓެއް ކުރިއަށްގެންގޮސްފައި ވެއެވެ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ބެލްކަނީ ތަކުންނާއި، ގޭ ދޮރުމަތިން ދިދަ ހިފައިގެން ތިބެއެވެ.

ފަލަސްތީނުގެ ދިދަ ބަންޑާރަކޮށީގެ ބޮޑު ސްކްރީނުގައި އަޅުވާފައި މި ވަނީ އެކަން ކުރުމަށް އެދި ބައެއް ފަރާތްތަކަށް މީސް މީޑިއާގައި ވާހަކަދައްކާފައި ވަނިކޮށެވެ.

ފަލަސްތީނުގެ ދިދަ ބަންޑާރަކޮށީގެ ބޮޑު ސްކްރީނުގައި އަޅުވާފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުންވެސް ވަނީ ގޮވާލާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ނައިބްރައީސް ފައިސަލް ނަސީމާއި، އަދި ބައެއް މިނިސްޓަރުން ވަނީ ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކުރައްވާ ޓްވީޓް ކުރައްވާފައެެވެ.

އިސްރާއީލުން ދެމުންގެންދާ އެ ހަމަލާތަކުގައި ޣައްޒާގެ އެތައް ތަނެއް ވަނީ ބިމާ ހަމަވެފައެވެ. އަދި އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު ވަނީ 212 އަށް އަރާފައެވެ. އޭގެ ތެރޭގައި 61 ކުޑަކުދިންނާއި، 36 އަންހެނެއްގެ އިތުރުން، އުމުރުން ދުވަސްވީ 16 މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީސީ

    ގަދަ އިނގޭ. ކީރިތި ﷲ އަޅުގަނޑުމެންގެ ސިފައިންނަށް ބަރަކާތް ލައްވާށީ. ވަރަށް އުފާވެއްޖެ.

    78
  2. ޔާމީން 2023

    ޝުކުރިއްޔާ ރައީސް ޔާމީން

    54
    16
  3. ޢަހުމަދް

    ފަތުރުވެރި ދިވެހީން ތާ އަބަދުމެ ﷲ ގެ ދީނުގައި ޘާބިތު ކަން މަތީ ލައްވާށިއެވެ. އާމީން

    61
  4. ޖާބެ

    މި ފަހުގެ ތާރިޙްގައި ހަމައެކަނީ ދިވެހި ސިފައިން ދިވެހި ރައްޔިތުންގެ ސުޢޫރާ އެއްގޮތައް ކުރެވުނު ހަމައެކަނި ކަން ، ތިަޔަކަން އަދި ފުރިހަމަވާނެ ޔަހޫދީންނައް ވާގިވެރިވާ އިންޑިޔާގެ އެއްބަސްވުންތައް ނިންމާލުނުން އެހިސާބުން ދިވެހިންނަކީ ވެސް މިނިވަން ބައެއްކަން ސާބިތުވާނެ ، ދިވެހިންގެ އަސްކަރިއްޔާ ވަރުގަދަ ވުމުން ކޮންމެ ދިވެއްސަކުވެސް ފަޙްރުވެރިވާނެ އެކަމައް " ދިވެގި ޤަޢުމައްޓަކާ ކެރިގެން" ސިޔާސީ ފިކުރުން އެކިބާވެ ތިބޭ ސިފައިން ރައްޔިތުންނާ އެކު ދަޢުލަތުގެ ހިމާޔަތުގާ

    62
    4
  5. ކާފަ

    މުސްލިމު ޤައުމުތަކުގެ ވެެރިންނަށް ހަމަ އެކަނި ކުރެވޭނިކަމަކީ ހަމަލާ ކުއްވެރިކޮށް ބަޔާންނެރުން. އެހިސާބުން އެއޮތީ ދީނަށް ނަސްރުދެވިފަ

    48
    4
  6. މުޢިއްޒޫ ފެނޭތޯ؟

    އެހުރީ ބަންޑާރަ ކޮށީ ބޮޑު ސް ކްރީންގައި ފަލަސްޠީންގެ ދިދަ އަޅުވާފަ އެވެ. ފެނިވަޑައި ގަންނަވާ ހެއްޔެވެ؟ ބައްލަވާލައްވާށެވެ!

    11
    1
  7. ޑެރަވެއްޖެ

    الحمد الله ވަރަށް އުފާ ވެއްޖެ

    16
  8. އަޚްވަންތަކަން

    ވަރަށް ބޮޑަށް ޝުކުރިއްޔާ ސިފައިންނަށް.

    15
  9. ނ

    މުއިއްޒު ވެސް އެދިވަޑައިގަތީ ރީތި ގޮތުގައި...އެތައްބައެއްގެ އެދުމަށް އެކަންވީ

  10. ރައްޔިތުން

    ސުކުރިއްޔާ ޑރ މުއީޒް

  11. ބްރިގާޑިޔާ

    ފޮޓޯއިން ތިފެންނަނީ ބަންޑާރަކޮށިތަ ނޫނީ ބަނޑޭރިކޮށިތަ؟؟؟؟