ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުން ގެންދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެކެވެ.

އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

މިއީ މިއަދު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި ދެވަނަ މީހާއެވެ.

އެޗްޕީއޭ އިން ވިދާޅުވީ އޭނާ ނިޔާވީ މިރޭ 20:42 ގައި ކަމަށެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 105 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޔާﷲ، މުޅި އިންސާނިއްޔަތަށް ދިމާވެފައިވާ މިބަލިމަޑު ކަމުން އަޅަމެން ރައް ކާތެރި ކޮށްދެއްވާށި.

    26
  2. ހަމަހިމޭން

    ދިވެހިރާއްޖެ ކީއްކުރަން، މުޅިދުނިޔޭގައި ވެސް މަރުވަމުންދާ ރޭޓް އިތުރު ނުވާއިރުގައި ތިޔަބޭފުޅާ ތިޔަދައްކާ ވާހަކަ ކިހިނެއްތޯ އަޅުގަނޑު ގަބޫލްކުރާނީ. ހަމައެކަނި އެންމެކަމެއް ތަފާތުވީ އެއީ މަރުވަމުންދާ ކޮންމެ މީހަކީ ކޯވިޑޭ ބުނެފަ ދިވެހި ރައްޔިތުންނަށް ބިރުދެއްކުން. އެނޫން އެއްވެސް ބަދަލެއް ދުނިޔެ އަކަށް ނާދޭ. އިންޑިޔާ އިން އެންމެ ދުވަހަކުން އެއްލައްކަ މީހުން މަރުވެއްޖެޔޭ ބުނީމަ އެކަން ވާންޖެހޭނީ އާންމުކޮން މަރުވާ ރޭޓް އަށް އިތުރުވާ އަދަދަކަށް އެކަމް އިންޑިޔާ އިންވެސް އާންމުކޮން މީހުން މަރުވާ ރޭޓް އިތުރު ނުވެ ހަމަ އެކަނި އައިބަދަލަކީ އާންމުކޮން މަރުވާ ހުރިހައި މީހުން މަރުވަނީ ކޯވިޑް ޖެހިގެންނޭ ބުނެ ރައްޔިތުންނަށް ބިރުދެއްކުން އެކަނި. މިއީދެން ކޮންފަދަ ބޮޑު ނުފޮއްރުއްޕާނެއްތަ؟ މި ދިވެހިރާއްޖެ އަށް ތިޔަ ބުނާ ވެކްސިނެއް އައުމުގެ މާކުރިން ދިވެހިރާއްޖޭ ގައި ހުރި އެންމެ މުސްކުޅި މީހާއަށް ތިޔަބުނާ ކޯވިޑް ޖެހިފަ މަރުނުވެ ރަނގަޅު ވެއްޖެ އެމީހާގެ މުއްސަނދި ކަމާއި ބާރުގަދަ ނުފޫޒުގަދަ ކުރީގަ 30 އަހަރުވަންދެން ވެރިކަން ކޮއްފައިވާ މީހަކައް ވީތީ. މިހާރު މުސްކުޅި ބޭފުޅުންގެ ތެރެއިން ތިޔަބުނާ ވެކްސިން ޖަހައިގެން ހުރި ސިއްހަތު ރަނގަޅު  ނިކަމެތި މީހަކު ވެއްޖެއްޔާ ހަމަވަގުތުން މަރުވޭ. މިސުވާލުތަކަށް ދޭނެ ޖަވާބެއް ޑޮކްޓަރުންގެ ކިބައިގަ ނުވާނެ. ފުރިހަމަޔަށް ޖަވާބު ދެއްވައިފިއްޔާ އަނެއްދުވަހު ކޮންމެވެސް ކަހަލަ ހިޔާނާތުގެ މައްސަލަ އެއްގެ ތުހުމަތުގަ ނޫނީ ކުޑަކުއްޖަކާ ބެހުނުކަމުގަ ނޫނީ ބަދުއަހުލާގީ މައްސަލަ އެއްގަ ޑޮކްޓަރުކަމުން ޖަލު ގޮޅިޔައް ބަދަލުކޮއްލަފާނެތީ ރަނގަޅު ފުރިހަމަ ޖަވާބު ޑޮކްޓަރުންނަކަށް ވެސް ނެތް ދެވޭކަށް. ހަގީގަތްވާނީ ހަގީގަތައް މުޅިދުނިޔޭގެ ހުރިހައި މީހުން ގަބޫލް ނުކުރިކަމުގައި ވިޔަސް. ގައުމުތަކުގެ ވެެރިންތައް ބުނާ ކޮންމެ އެއްޗަކައް އާދެމަސާހިބާއޭ ބުނެ ބޯލަނބާކިޔަމަންވެ ﷲ އަށްކުރާ އަޅުކަމަށް ވުރެ އެމީހުންނަށް ކުރާ އަޅުކަން ފުރިހަމަ ކުރުން ނޫންގޮތެއް މި ޑިމޮކްރަސީގައި ނެތީތޯ؟

    4
    2
  3. ޟަރުދީ

    ކަލޭނޭ ހުލުމާލެ ފެސިލިޓީ ޗެކްކުރަންވެއްޖެ އެއްނު އެތަނުން ފަރުވާ ހޯދަނީ ނިކަމެތިން ބޮޑުން ދަރުމަވަންތާގަ ބަލަ ދަރުމަވަންތަހެދީ ބޮޑުންނަށްއެކަނިނޫނޭ އަހަރުމެންގެ ލާރިއޭ އެވެސް ރައީސްމީހާ އަދި ނަިމޫނާ މިކަމާ ޖަވާބެއްދީބަލަ ފެސިލިޓީ މީހުން މަރަށް ގެންދާތަނެއްތަ ވެންޓިލޭޓަރުގަނޑެއްވެސް އެތާ ނުހުއްނަނީތަ

    25