ފަލަސްތީނަށް ތާއީދުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ކުރި ޓްވީޓްތައް ޑިލީޓް ކޮށްލުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ކުންފުނީގެ އިސްވެރިންގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވަން ފެށުމުން އަނެއްކާވެސް ފަލަސްތީންގެ ދިފާއުގައި ޓްވީޓް ކޮށްފިއެވެ.

އެމްއޭސީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓާއި ވެލާނާ އެއާޕޯޓަށް ހާއްސަކޮށްފައިވާ އެކައުންޓުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އިންސާނިއްޔަތާ ހިލާފު، ނިރުބުވެރި ހަމަލާތައް ކުށްވެރިކުރާ ބުނެ މިރޭ 19:03 ގައި ޓުވީޓްކުރި އެވެ. ނަމަވެސް އިރުކޮޅެއް ފަހުން ދެޓްވީޓް ވަނީ ޑިލީޓް ކޮށްލާފައެވެ.

އެއާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން އެކުންފުންޏަށް އަމާޒުވިއެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފަލަސްތީނަށް ތާއީދުކޮށް އެމްއޭސީއެލް އިން ކުރި ޓްވީޓް ޑިލީޓް ކޮށްލާފައި ވަނީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ގޯޑަން އެންޑްރޫ އަންގައިގެންނެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އެމްއޭސީއެލްގެ އިސް މަގާމުތަކުގައި މިހާރު ގިނައިން ތިއްބަވަނީ ބިދޭސީންނެވެ.

ފާޑުކިޔުންތައް އަމާޒުވުމުން މިހާރު އަނެއްކާވެސް ވަނީ ކުރިން ޑިލީޓްކުރި ޓްވީޓް އަލުން ކޮށްފައެވެ.

އެމްއޭސީއެލް އިން ޓްވީޓް ޑިލީޓް ކޮށްލި ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ކުންފުނިތަކުން އަންނަނީ ފަލަސްތީން ރައްޔިތުންނާއިއެކު ތިބިކަން ހާމަކުރަމުންނެވެ. އޭގެތެރޭގައި ރާއްޖޭގައި ހިންގާ ބޭރުގެ ގައުމުތަކުގެ ހިއްސާ އޮންނަ ކުންފުނިތައް ވެސް ހިމެނެއެވެ.

ފަލަސްތީންގެ ރައްޔިތުންނާއިއެކު ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު ދިވެހިން ވަނީ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލައިޒް ލައިޒް ލައިޒް

    ޔޫރަޕްގެ މީޑިއާ ތަކުން މުސްލިމުންނާއި ގުޅޭ ޚަބަރުތައް ގެނެސްދެނީ ހަގީގަތާއި ޚިލާފަށް އޮޅުވާލައިގެން.

    21
    1
  2. ކޮރަލް

    އަދިވެސް މަޖްލީހުން އެއްޗެ ކޭނުބުނެ އެވެ.

    18
  3. ބުހުތު

    #ފުރީ ފަލަސްތީން ކަނޑާލާފަ

    6
    6
  4. މުހައްމަދު ބިން މުހައްމަދު

    މިހުންނަނީ ގައުމަށް ގައްދާރު ވުމަކީ...ގާބިލް ދިވެހިން ތިއްބަ ސުޓްރޭޓީޖިކް މަގާމްތަކަށް ބިދޭސިން ލުން، ބޭރުމީހުނަށް އެނގެންނުވާ މައުލޫމާތު ދެވުމަކީ މުސްތަގުބަލަށް ގަ ފޫނުބެއްދޭ ވަރުގެ ގެއްލުން ވާނެ ކަންތައްތައް.

    27
  5. ބޯހަލާކު

    ފަލަސްތީނުގެ ރައްޔަތުންނާއެކު ތިބިކަން ހާމަވަނީ ކޮންމެހެން ޓުވީޓް ކޮއްގެނެއްނޫން ބައިނަލްއަގުވާމީ ފަރާތްތަކަށް ހިދުމަތެއްދޭތަނަކުން ޓުވީޓްކުރުމަކީ ހެދުނުގޯހެއް އެކަމަކު ޓުވީޓްކޮށްފަ ޑިލީޓުކުރުމަކީ މައްސަލައެއް

    6
    12
  6. ޙެބަލް

    ސީއީއޯ ބޭރުކޮއްލާ ފޮނުވާލަ ގައުމަށ

    20
  7. ވެދާނެ

    ބަލަ؟ ނަފްރަތު އުފައްދަންޏާ މި ހާރު އޮންނަނީ ކުށްވެރިވާ ގޮތަށްށޭ ކިޔާ އަޑު އިވޭ. ވަކި ބަޔަކު ނަފްރަތުވާ ކަ ހަލަ ކަންތައްކުރީމަތަ ފިޔަވަޅުއަޅާނީ. ސޮ ހުޔޫނީންގެ ވިސްނުން ހުއްޓަސް ބޮޑުމަގާމެއްގަ ކޮންމެ ގައުމެއްގަވެސް ހުރެދަނެތާ!

    8
    1
  8. މޯޑް

    ފަލަސްތީނުގެ ބިމުގައި އިންދި އިޒްރޭލުގެ އޮށަކީ މިނުލަފާ ޖައްބާރު އިނގިރޭސިން އިންދި އޮށެއް! އިނގިރޭސި އެއް މިފަދަ ގަދަރު ވެރި މަގާމެއްގައި ބަހައްޓައިގެން ނުވާނެ! މިއަށްވުރެ މޮޅެތި ދިވެހިން މިފަސްގަނޑުގައި ތިބޭނެ!

    16
  9. ެައަހްމަދުބެ

    އަނިޔާވެރި ޔަ ހޫދީންނަށް ތާއީދު ކުރާ އެންމެން މި ގައުމުން ބޭރު ކުރޭ!
    އަމިއްލައަށް ނަމަވެސް މިފަސްގަނޑުން ރައްކާވޭ

    13
  10. ޑެރަވެއްޖެ

    މިގައުމުގައި ނެތީތަ އެއަރޕޯޓް ހިންގޭވަރުގެ މީ ހަކު ބޮޑުމުސާރަދީފަ ބޮޑު ކާފަރަކު މިބަހައްޓަނީ ފެއިލްވެފައިވާ ސަރުކާރުން

    15
  11. ޑީމަކްރަތީ

    އިގެރޭސިވިލާތުން މިކަހަލަޔަހޫދީ ދައްޖާލުންގެނާވާނެގޮތްމިވަނީ ތަނައްގިނަދުވަސްވި މީހުނައްވުރެއްބާރުގަ މިނުބާ ބަހީލް ކަލޭގެއަކީ އެއްވެސްއެއްޗެއްނުދަންނަ މީހެއް ރައީސްނަސީދުގެ ކާރި ރޯނުއެދުރެއް މިކަލޭގެ މިގަުމުން ބޭރުރޭ؟؟

  12. ޒަމީރު

    އިނގިރޭސިންނަކީ ޔަހޫދީން ވަޒަންވެރި ކުރުވި މީހުން ފަލަސްތީނު ބިމުގަ
    މި ސީއީއޯ ކަލޭގެ ބޭރު ކުރޭ މިގައުމުން

    11
  13. ހައްހާ

    ތިކަލޭގެބޭރުކުޜޭ ތިކަހަލަމުސްލިމުން ނާދެކޮޅުމީހުން ތިކަހަލަމަގާމުތަގުން ވަކިކުރޭ

  14. އެންބާޑީ ކޮލާސޭ

    އަޅެ ކެބިނެޓްގެ ނަތީޖާ ނުނެރެވުނު މިނިސްޓްރީތަކުގެ މިނިސްޓަރުކަމުގެ މަޤާމަށްވެސް ބޭރުމީހުންލިނަމަދޯ! އެންމެފަހުން ބަދަލުގެނައި ދެމިނިޓްރީއަށް އެބަދަލުގެނައިނަމަ ވަރަށް ސަޅިވީސް