އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާފައި ކަމަށާއި މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ރައީސް އޮފީހުން މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީސްގެ އިސް ބޭފުޅަކީ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ނޫޝީން ވަޙީދު އެވެ. އެއީ ރައީސް އޮފީހުގައި ހިންގާ ވަކި އޮފީހެކެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، 8 މެއި 2021 ވަނަ ދުވަހު ބޭއްވުނު ޤައުމީ ސަލަމާތާބެހޭ މަޖިލީހުގެ 7 ވަނަ ބައްދަލުމުގައެވެ.

އޮޑިޓް ކުރަން އުފެއްދި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށް ރައީސް އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ކޮމެޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. ކޮމީޓީއަށް ބޭނުންވާ މަޢޫލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ގެންދަނީ ފޯރުކޮށްދެއްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ކުރިން ލިބިފައި ނެތް ކަމަށް ސަލާމަތީ ބާރުތަކުން ބުނާތީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ތެދު

  އެމްޑީއެންގެ މެޑަމް ދެއްތޯ...މަޑުކަށި ހެހެ ﷲމިނުލަފާމީހުންގެ ކިބައިންމިގައުމުގެ ރައްޔިތުންސަލާމަތްކުރައްވާންދޭވެ.

  48
  1
 2. ކޮރަލް

  ދީނައް ފުރައްސާރަ ކުރާ މައްސަލަ ތައް ތަހުގީގުކުރާނެ ބަޔަކު ބުނެ ބަލާށެވެ. އެކަން ވެސް ބަލަންޖެހެ އެވެ.

  49
  1
 3. އޭކު ސަވާލް

  އާއިލާއިން ބޭރުގައި އެއްކަމެއްވެސް ވާކަމަކަށް ނުވޭދޯއެވެ؟

  43
  1
 4. މަސީހު

  ރައީސް ނަސީދުވެރިކަމުގަ ތިޔައޮފީހުންކުރިކަމަކީ ނޮވެންބަރު3 ގެތަހުގީގު ބަޔާންތައްގެންގޮސް ބަޔާންތަކާކުޅެހެދުން.

  34
  1
 5. ފަރުދީޒިއްމާ

  ތިޔަ ރިޕޯޓް ހަދަންވާނީ ދިވެހި ބަހުންނެވެ. ތިޔަ ރިޕޯޓް ފޮނުވަން އިންގިމީހާއަށް ހުޅަނގަށްވުރެ ފަސޭހަވާނީ މާދަރީ ބަހަށެވެ. ޓެކްނިކަލް ބަސްތައްވެސް ދިވެހި އެކަޑަމީގެ އަޝްރަފަށް ދަންނަވައިގެން ވީހާވެސް ބޮޑަށް މާދަރީ ފެއްތޭތޯ މަސައްކަތް ކުރެއްވުމަށް ދަންނަވަމެވެ. މަގާމުގެ ގޮތުން މިހުރިހާކަމެއްގެ ވާހަކަ ބުނައަންގަންޖެހޭނީ ފަރުދީގޮތުން އާއްމުމީހާއެވެ. ނޫންނަމަ ޒަކަރިއްޔާ މަންސޫރު ވިދާޅުވާނީ ފަރުދީ ޒިއްމާގެ އުންސުރު ހަމަނުވާކަމަށެވެ.

  32
  1
 6. ލާދީނީއެކުސްޓުރީމިސްޓް

  ދިވެހި ރާއްޖޭގެ އަމަން އަމާންކަން ނަގާލަނީ މިއޮތްގެން. އަމިއްލަ އެދުމުން ފުރިފަތިބި ލާދީނީ ޖަމާއަތަކުން ދިވެހިރާއްޖެ ސުލްހަ މަސަލަސްކަން ނަގާލާއިރު ކޮބާ ދިވެހި ސިފައިންނާއި ފުލުހުން؟؟؟؟ ދިވެހި ގައުމާއި އިސްލާމްދީން ފޮހެލަން ބަޔަކު ރާވާގެން ހިންގާ މިޖަރީމާ ނުހުއްޓުވިގެން މިއުޅެނީ ކީއްވެތޯ؟ ދިވެހި ގައުމަށް ގައްދާރު ވަނީތޯ؟

  12
 7. ށައިނީ

  ޙަމަ އެއް ފެމިލީ

 8. ހުސެން

  އެމްޑީއެން ރިޕޯޓް ނެރުނު އިރު ހުރި މީހާ .ހެވެއް ނުވާނެ

 9. އާމިރު ނަސީމް ، އއ . އުކުޅަސް

  ތީ ދެން ކާކު ! ކުފޫ ހަމަވެސް ނުވޭ ވަރަށް ވައްތަރު އެމް.ޑީ.އެން ގެ އާއިލާ ކުއްޖަކާ މި ބުނީ ޝަހިންދާ ޤުރޫޕް ކުދިންނާ !!!