ރާއްޖެ އިން އިތުރު 1465 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ 3703 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ފައްސިވި 517 މީހުންނެވެ. އެހެންކަމުން 948 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓް ކުރަން ސުންކު ނަގައި ނަތީޖާ ނުލިބި ތިބި މީހުންނެވެ.

މިއަދު ފައްސިވިކަން އިއުލާންކުރި މީހުންގެ ތެރެއިން 1213 މީހުން ފައްސިވީ މާލެ އިންނެވެ. 244 މީހުން ފައްސިވީ ފައްސިވީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. އަށް މީހަކު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެ ފައްސިވި މީހުންނަށްވުރެ އިތުރުވި ނަމަވެސް މިއަދު ޓެސްޓް ކުރި މީހުންގެ އަދަދު މަދެވެ. އިއްޔެ 4480 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. އިއްޔެ ފައްސިވީ 1465 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރަން ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ. ނަމަވެސް އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރީ

    ސާދަސްތޭކަ އަކުން ނެއްޓެން ނޭގުނު ދޯ އެޗްޕީއޭ ޖަރީމާ ޓީމައް.

    3
    1
  2. އެމަންޖެ

    ތާކުން ތާކު ނުޖެހޭ ފިޔަވަޅު އަޅައިގެން ކޮވިޑް ކޮންޓުރޯލްވޭތޯ،،،؟؟؟
    ފަތިހު 4:00 އިން ހަވީރު 16:00 ކޮވިޑް ބިރުން ފިލާ އޮންނަނީ 16:00 ނިކުންނަނީ ކޮވިޑް ޖައްސަން ، ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން ރައްރަށައް ދަތުރުކުރާއިރު ކޮވިޑް ނުލާ ދަތުރު ކުރެވޭ.