ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް މާލެއިން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރިކަން ފުލުުހުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އަބްދުﷲ އަލީމަނިކު (މޮޅަދޫ އަބްދުﷲ) ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމައްޓަކައި މާލެ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށެވެ.
އޭނާ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި އޭނާ އަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމުހުރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކޮށް، ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކިއެކި ޤައުމު ތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކަކީ ސަބަބުވެރި ޢަމަލެއްކަމުގައި ދައްކުވައިގެން ދިވެހިރާއްޖެއިން ޖިހާދުކުރުމަށް މީހުން ފޮނުވާ، އަދި މީހުން ޖިހާދަށް ފޮނުވުމަށް ރެކްރޫޓް ކުރުމާއި، ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ކަމަށް ވަނީ ބުނެފައެވެ.
ހައްޔަރުކުރި މީހަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި މީހެއްކަން އަދި ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.
ހައްޔަރުކުރި މޮޅަދޫ އަބްދުﷲ އަކީ 2007 ވަނަ އަހަރު އއ.ހިމަންދޫގައި ހަރުކަށި ފިކުރުގެ ބަޔަކު ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރިއިރު އަދި އެމައްސަލައިގައި ސަލާމަތީ ބާރުތަކުން އެރަށަށް އެރުމުން ސަލާމަތީބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހެކެވެ.
ތިމީހުންގެ ފޮޓޯ އާމުނުކުރަނީ ކީއްވެތޯ؟
ލާދީނީ މީހުން ތިހެން ހައްޔަރު ނުކުރެވެނީ ކީއްވެ ތޯ؟؟؟
އެއީ ތިކަހަލަ ތަން ދޮރު ނުދަންނާތީ. މުސްލިމަކާ ދިމާލަށް ކާފަރަކޭ ނުބުނެވޭނެ މޮޔަޔާ.
ތި ބައިގަނޑު އެެއްކޮށް ހިފާ ހައްޔަރު ކުރަންވީ 👏🏻👍🏻
މާމިގިލީގަ ވެސް އެބައުޅޭ ހަރުކަށި ފިކުރުގެ ބައިގަނޑެއް. މިމީހުންގެ ފިކުރު ފަތުރާން، ކެނޑިނޭޅި މަސައިތްކަތް ކުރަމުން ދަނީ. އަދި މިމީހުން ހުކުރަށް ވެސް ދަނީ މާމިގިލި ކައިރީ އޮންނަ، ފަޅު ރަށެއް ކަމައްވާ، އަރިޔަދޫ މިސްކިތައް.
ލާދީނީ މީހުން ތިހެން ހައްޔަރު ނުކުރެވެނީ ކީއްވެބާ؟؟؟؟؟؟؟؟؟؟؟؟؟؟
ކޮބައިތަ ހަރުކައްޓަކީ؟ ﷲ އަށް އީމާންވެ ނަމާދު ގާއިމުކޮށް ރޯދަހިފާ ޒަކާތް ދިނުންދޯ؟ ހަރުކައްޓެއްނޫންދޯ އިޒުރޭލު ޔަހޫދީންނެއް؟ އެމީހުން ޅަދަރިން މަރަނީ އަމިއްލަ ދިފާއުގައޯ؟ ސުބުހާނަﷲ. މިގައުމުގައިވެސް، މިއާލާކުރަނީ ޒައިނިސްޓުންގެ "ޓެރަރިސްޓް" ގޮތްގަނޑު. އިސްލާމު ދީނަކީ ހަރުކަށި ފިކުރޭ ކިޔާ ވެރިކަމެއް މިތާ މިއޮތީ. ޔާﷲ މިނުބައިވެރިކަން ނިމުމަކަށް ގެނެސްދެއްވާ ﷲ ގެ އަދުއްވުން ބަލިކުރައްވާނދޭވެ. އާމީން. އާމީން. އާމީން
އާމީން
ހެޔޮނުވާނެއޭ ހަރުކަށި ފިކުރޭ ކިޔާ ތަމެން އިސްލާމް ދީނަށް އުޅޭ މީހުން ހައްޔަރު ކުރާއިރު ކެނެރީގެ ނަޝީދަށް ހަނަކާ ދިނީ އޭނާގެ ޕާރޓީ ތެރޭންނޭ...
ސާބަސް އުމުރުން ދުވަސްވެ މުސްކުޅިވީމަވެސް ތެޅޭފާޑު ދެން. އަމަތްޔާތް ގެންގޮސް އަނދަގޮޑި ޖަހާބަލަ
ދީނައްފުރައްސާރަ ކުރާ. މީހުން ހައްޔަރު ނުކޮށް ހަރުކަށި. ފިކުރޭ ކިޔައި މީހުން ހައްޔަރު. ކުރުމީ ކޮންފަދަ އިންސާފެއްތޯ؟
ދީނަށް ފުރަށްސާރަ ކުރާ މީހުން އަބަދުވެސް ގޮވާނަގަނީ ހަރުކަށި ފިކުރު ފަތުރަނީ ދީނީ މަދަރުސާ ތަކުން ކޔަވާ މީހުނޭ އެކަމަކު މީނަ ކިޔެވީ އިގިރޭސި މީޑިއަމް އަށް ކިޔަވައިދޭ މާލޭގެ ސުލޫލަކުން، ހަރުކަށި ފިކުރުގެ މީހުން ވެސް އެބަތިބި ނެތެކޭނޫން ޢެކަމަކު އެފިކުރު ގެ މިހުން ގިނަވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ދީނަށް ފުރަށްސާރަ ކުރާ މީހުނަށް ފިޔަވަޅު ނޭޅުން.
ހަމަ މިގޮތަށް ދީނަށް ފުރައްސާރަކުރާ ލާދީނީ މީ ހުންގެ މައްސަލަތައްވެސް ތަ ހްގީގް ކުރަން ޖެ ހޭ. ދީނީ އެއްބައިވަންތަކަމާއި ގުޅޭ ގާނޫނުން އެކަން ކުރެވޭނެ
ތިއޮތީ ވާ ކަމެއް ކޮބާ މަޑު ކަށި ފިކުރުތަށް އެއްކަލަ ލާދީނީ މެން ނިދާފަތަ؟
އަސްލު ދީނަކީ ކުޅޭކުޅޭ އެއްޗަކަށް ވެގެން ނުވާނެ، ދީނަށް އުޅެންޏާ ޖެހޭނީ ދީނަށް އުޅެން އެދީނުގައި އަންގަވާފައި ވާގޮތަށް، ދީނަށް އުޅެން ޖެހޭގޮތާއި، އުޅެން ނުޖެހޭ ގޮތް ފިލާވަޅު ނަގައިގެން ދަސްކުރަން އެބަޖެހޭ، މިއީ ދީނީ ތަޢުލީމަށް އިހުމާލުވުމުގެ ހިތި ނަތީޖާ! ރާއްޖެ، ދެވަނަ އަފްޣާނިސްތާނަކަށް ނުވަތަ ޕާކިސްތާނަކަށް ވާންބޭނުމެއް ނޫން. ހަމަ އެހެންމެ އެމެރިކާ އަކަށްވެސް ވާން ބޭނުމެއްނޫން. މިތާގައި އޮންނަންވީ އިސްލާމީ ސަރުކާރެއް! ދީނުގެ ހުކުމަށް ހުކުންކުރެވޭ، އެފަދަ ޤާނޫނު ތަކާއި ގަވާއިދު ހަދަންވީ، ދީނީ މީހުން ފަހަތުން ދާންވާނީ، ކަންކަންމަތީ ގުރޫޕް ހަދައިގެން އެތިބޭ ބޯދިގު ކުދިނާއެކު، އެކީ އެކައްޗަކަށް ގައުމު ސަލާމަތް ކުރުމުގެ މަސައްކަތްކުރަންވީ! ޒާތީ ތަޢައްޞަބުން އެއްކިބާވެތިބެ، މިކަން ކުރަންޖެހެނީ މިއަދަކުނޫން، އެދުވަސްތަކަށް ތިޔަބޭފުޅުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި، ﷲ ބިރުވެތިވެ، މަހުޝަރުދުވަހު ތިކަމާ ސުވާލުވެވޭނޭކަން ހަދާން ކުރާތި!
އިލްމު ނުލިބި މާ ބޮޑަށް ދީން އިގުނީމަ ވާ ގޮތެއް ތީ. މި ބައިގަޏޑަށް ހީވަނީ ދީން ހިމާޔަތް ކޮށް ބެލެހެއްޓުމަކީ މި މީހުންގެ މަސައްކަތެކޭ. މިކަހަލަ ހަރުކަށި ބައިގަނޑެއް ދީން ހަލާކްކުރަން އަންނާނެކަން އަހަރެމެން ކިޔެވި ފޮތްތަކުގައި ވޭ.
އެއީ ތިކަހަލަ ތަން ދޮރު ނުދަންނާތީ. މުސްލިމަކާ ދިމާލަށް ކާފަރަކޭ ނުބުނެވޭނެ މޮޔަޔާ.
ހެހ! ހަރުކަށި ފިކުރު؟!
ކޮބާ ލާދީނީ ފިކުރު.؟ ލާދީނީ ފިކުރު ފަތުރާ މީހުން ހައްޔަރު ނުވަނީ ކީއްވެ؟
ދީނަށް ފުރއްސާރަ ކުރާ މީހުން ކީއްވެ ހައްޔަރު ނުކުރެވެނީ؟
ވަރައް ބާލާލުމުން ހައްދު ފަހަނަޅައިފައި ހުރި އިސްސާނެއްގެ ސަފައިގައިހުރި ޖަނ ވ ވައްތަރު. ކޮންމެފަދަ ެަނިޔާއެއްވެސް ދީފާނެ އިންސާނަކައް
ހައްޔަރުކުރި މޮޅަދޫ އަބްދުﷲ އަކީ 2007 ވަނަ އަހަރު އއ.ހިމަންދޫގައި ހަރުކަށި ފިކުރުގެ ބަޔަކު ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރިއިރު އަދި އެމައްސަލައިގައި ސަލާމަތީ ބާރުތަކުން އެރަށަށް އެރުމުން ސަލާމަތީބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހެކެވެ.
ޢެމްޑީޕީއިން އޭރުވަނީ މިމީހުންކުރި ހުރިކަމަކައް ތާއީދުކޮއް އެރަށައްގޮސް ހިއްވަރުދީފަ.
ހަރުކަށި ފިކުރާ އެކުމެ ލާދީނީ އައންނި ހަ އްޔަރުކުރޭ. ލާދީނީ އެމްޑީ އެން ރިޕޯޓު ލިޔެ ނެރުނު މީހުން ޖަލަށް ލާ. ލާދީނީ ފިކުރު ފުހެލާ... ފުލުހުންނާ ސިފަ އިން ހަ އްގުމަގަށް ރުޖޫޢަވޭ. އިސްލާމް ދީނަށް ފުރަ އްސާރަކުރާ މީހުންނާ ދެކޮޅަށް ބަސްބުނުމަކީ ހަރުކަށި ފިކުރުކަމަށް ކަނޑަ އަޅާ ބިލްތަ އް ފާސްކުރުން ހު އްޓާލާ. އިސްލާހުގެ ނަމުގާ ފަސާދަ އުފަ އްދާ ލާދީނީ ވާހަކަ ދަ އްކާ މީހުން ހު އްޓުވާ ހަ އްޔަރު ކުރޭ. އޮބޭ ޓު ދަ ރޫލްސް. ޑޯނޓް ޖަސްޓް އޮބޭ ޓު އޯޑާސް.