މާލޭ އެކި ސަރަހައްދުތަކުގައި ސިޓީ ކައުންސިލުން ގާއިމުކޮށްފައިވާ ޕާކިން ޒޯންތަކުގެ ތެރެއިން މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަށީގެންވާ ޕާކިން އޭރިއާތަކެއް ކަނޑައެޅިފައި ނެތުމާއި، މާލޭގެ މަގުތަކުގެ ފެންވަރަށް ބަލާއިރުވެސް، މިހާރު ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިހާރު ކުލީގެ ގޮތުގައި ހަމަޖެހިފައިވާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމުން އެކަމުގެ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ވެސް އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ އެއްބަޔަކީ ޓެކްސީ ޑްރައިވަރުން ކަމަށެވެ.

ޕާކު ކުރުމަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުން ޕާކިން މައްސަލައެއް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރަަށް ހުށައަޅަންޖެހޭ މުހިއްމު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށްވެސް ހުށައަޅުއްވާނެކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ،

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު މާލެ ފުރަބަންދު ކުރުމުންނާއި އަދި މިހާރު ކާފިއު އިއުލާން ކުރުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ވަނީ ވަރަށް ބޮޑެތި މާލީ ދަތިތަކާއި ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޯރަތްބެ

    ވަރައް ރަނގަޅު ނިންމުމެއް

    38
    2
  2. Anonymous

    ސަރުކާރާއި މުއީޒު ގުޅިގެން ކަންކަން ކުރެއްވު މަކީ ސީދާގޮތުން ނާއި ނުސީދާ ގޮތުން ރަތްުޔިތުންނަށް ލާބަޔާ މަންފާ ލިބޭނެކަމެއް މަރުހަބާ މުއީޒު

    45
    1
  3. އަ ލި މަނިކާ

    އެ މީ ހުން ބިކަ ކުރަން ތި އުޅެނީ

    5
    31
  4. ޝުކުރިއްޔާ

    ޝުކުރިއްޔާ މޭޔަރ. ވ. ގިނަ މީހުން އުފާވާނެ ކަމެއް

    42
    2
  5. އަދުންގޭޕެޑްމޭން

    ސާބަހޭ ދަރިއާ. އިދިކޮޅުގެ ތިބެގެންވެސް ކަންކަން ކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނަވަދެވޭނެކަން އަަމަލުން ދައްކަވާށެވެ. ވީވައުދު އެމީހުން ބުނާހެން ރަނުން ރަނަށް ވޭތޯ ހިތްމަތާއެކު މަސައްކަތްކުރާށެވެ. އެންމެ އިސްކަމެއް ދެއްވަންވާނީ ނިކަމެތި ރައްޔިތުންނަށް ދެކޮޅުޖެހޭ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. ބޯހިޔާވަހިކަން ހައްލުކުރެވިއްޖެނަމަ ރާއްޖޭގެ އިޖްތިމާއި މައްސަލަތަކުގެ ބޮޑުބައި ހައްލުވާތަން ރީތިކޮށް ފެނިގެންދާނެއެވެ. އެއަށްފަހު ތަރައްގީގެ އާމިސްރާބަކަށް ގައުމު ގެންދަންވީގޮތުގެ މަގްޗާޓް ކުރައްސަވަންވީއެވެ. ނޫނީ ޖެހޭނީ ފޫނެއްވަފަޔަކުން ފުންފުރާހެން ކަންކަންކުރާށެވެ. މުއީޒޫޕެޑްމޭން މިހާރު ހާދަހާ ސައިލެންޓެވެ!

    29
  6. މާމީ

    މާރުކޭޓުގަ ހުރިގޮޅިތަކައްވެސް އަގައް ބަދަލު ގެނެސް ދެއްވާ

  7. ދިވެހި ދިދަ

    ދެން އިތުރު ސޮލޮޓްތައް ދޫކުރާނީ ކޮންއިރަކުންތޯ ؟