މާލެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މަގު ޗާޓެއް އެކުލަވާލެވެންދެން، މާލޭ ދަފްތަރުގައި މީހުން ޖެއްސުން މެދުކަަނޑާލަން ނިންމާފައިވާ ކަމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޭޔަރުގެ މަގާމާއި ހަވާލުވެ ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްްޒު ވިދާޅުވީ، މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން ކަނޑައަޅަން ނިންްމާފައިވާ ކަމަށެވެ.

އެ މަސައްކަތާއި ދަފްތަރުގައި ޖެއްސުމަށް ހަަރުދަނާ އުސޫލެއް ކަނޑައެޅެންދެން ދަފްތަރުގައި މީހުން ޖެއްސުން މެދުކަނޑާލަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ދަފްތަރުގައި 1700 އެއްހާ މީހުން ޖެހިފައި ތިބިއިރު އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި އެމީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދެވޭނެ ގޮތަކާއި އެމީހުންގެ ތެރެއިން ސަރުކާރުގެ އެކި މަޝްރޫއުތަކުން ގެދޮރު މިހާރު ހަމަޖެހުނީ ކިތައް މީހުންނަށްތޯ ވެސް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް މަގު ޗާޓެއް ކަނޑައަޅައި، މިހާރު ދަފްތަރުގައި ޖެހޭ އިރު އޮންނަ އުސޫލަކީ ރަނގަޅު އުސޫލެއްތޯ ވެސް ބަލާނެ އެވެ.

"މަގްސަދު ހާސިލުކުރުމަށް ރަނގަޅު އުސޫލެއްތޯ. ގާނޫނެއް ވިއްޔާ ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސް. އެކަން ކުރެވެންދެކަށް ދަފްތަރުގައި އިތުރަށް ނުޖައްސާ ގޮތަށް މިއަދު އަޅުގަނޑުމެންގެ ކައުންސިލުގެ އިއްތިފާގުން ނިންމީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ނަމެއްގައި ދަފްތަރުގައި ޖެއްސުމަށް ވުރެ މަގްސަދެއް ހާސިލުކުރުމުގެ ގޮތުން އެކަން ކުރުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބި ޑި ކ

  މި މާލޭ ގެ މަގުތަކުގައި އުޅޭ މިސްކީނުންނާއި ޔަތީމުންނާއި ސަލާން ޖަ ހާ މީ ހުންނާއި ޕާޓޭން ގެ ދަފުތަރު ގެ ވާ ހަކަ އެއް މީނާ ގެ ޗާޓު ގައި ނެތީ ބ؟

  1
  11
 2. ގަޓު މީހާ

  މިއީ 100 ގެ ކަމެއް.ތިޔަ ދަފްތަރަކީ މާލޭ މީހުންގެ ހައްގު ގެއްލޭ އަދި ދަފުތަރުގަ ޖެހޭ މީހުންވެސް ވާނުވާގައި އަޅުވެތިކުރުވާ ވަބާއެއް ފަދަ އެއްޗެއް. މުއިއްޒު ގެ ކިބައިން ކުޑަ އުއްމީދެއް ފެނިއްޖެ. ޢެމް.ޑީ.ޕީ /ޕީޕީއެމް މުހިއްމެއް ނޫން .ބަސްމަދުކޮށްފަ އަމަލުން ކަންކޮށްފަ ދައްކަންވީ.ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަން.މި މާލޭގައި ކޮވިޑް މާސްކުއަޅާތޯ ބަލަން ދިފާއީ ބާރު ރެކުރޫޓްކޮށްފައިވާ މި ދަޑިވަޅު ފިހާރަތައް /ގޮޅިތަކުގެ ސޭޓުންނަށް ބޭރުމީހުން ތިބި ތަންތަން ވެސް ބަންދުކޮށްބަލަ.ގަޓް ހުރެގެން ވާނީ.

  14
 3. ޙެހެ

  ދަފްތަރު ހުޅުވޭނީ އިންތިހާބު ކައިރިވުމުން. ތިބޭފުޅުންގެ ވެރިކަމުގަ ދަފްތަރައް މީހުން ވެއްދިގޮތެއް ޢަދި ހަނދާން ނެތޭހާ ދުވަހެއް ނުވޭ. އޙ.

 4. އަންނި މީރާ

  ކޮބާ ފެނޭތަ އަސްލަމް! ފެނޭތަ ޝިފާ! ފެނޭތަ އިބޫ! ކަންކަން ވާ މީހުން އެރީމަ މަސައްކަތްތައް ދާ ސުޕީޑް

 5. ހ

  ކޮން ދަފްތަރެއް ތަ! އުވާލާ!!! މާލޭ މީހަކަށް ވާން ބޭނުމެއް ނޫން.... ރަށަކުން ގޯއްޗެއް ދީފިއްޔާ މާލޭގަ ހުރި މައިންބަފައިންގެ ގެއިން ލިބުނު ތަންކޮޅު ދޫ ކޮއްލަން ތައްޔާރަށް މިހިރީ....

 6. ނާޅި

  މާލެ މީހުނަށް މާލެ ތަރައްޤީ ކުރުމުގެ ހިއްވަރު އެބަހުރިތޯ މާކެ ތަރައްޤީ ކުރެވޭނީ އަތޮޅު ތަކުގައި ރައީސު އަމީން ދީދީ ދަމާދިން ރައްވެހި ރޯނު ދަމާލައިގެން މާލެ ޔަށް ރައީސް އަމީނު ދީދީގެ ރައްވެހި ތަރައްގީ އައިސްގެން، ފުރަތަމާނުންވެސް މާލޭގެ ހުރަހާއި ދިގަށް ރޯނު ދަމާފަ މާލޭގެ މަގުތަށް ފުޅާކޮށް މިހާރު ދުއްވާ ވެހިކަލް ދުއްވޭވަރަށް މަގުހަދާ ފޫއަޅުވަން ޖެހޭ ހުރިހާ މަގެއް ހުރަހާއި ދިގަށް ފޫއަޅުވާ މަގު ދެކޮޅުން އުދަރެސް ފެންނަ ގޮތަށް ހަދައިގެން !