22:49

މެއި މަހު ނިޔާވި 39 މީހުންގެ ތެރެއިން %64 މީހުން އެއްވެސް ވެކްސިނެއް ނުޖަހާ!

22:36

އިތުރު 1187 މީހުން ކޮވިޑަށް ފައްސިވެއްޖެ.

18:43

ށ. ކަނޑިތީމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 40 އަށް އަރައިފި

17:51

ރ. އުނގޫފާރު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:36

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާއަށް އެއްވެސް ގައުމަކުން މީހުން އެތެރެވުން މަނާކޮށްފި

16:25

ކޮވިޑް-19 ޖެހިގެން މިއަދު ހަތް ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ

15:18

އިންޑިޔާގެ އަވަށެއް ކަމުގައިވާ މީރަތުއަށް 1997 ވަނަ އަހަރު އުފަންވި އެއްމާބަނޑު ދެބެއިން ކަމުގައިވާ ޖޯއެފްރެޑް ވާގްސޭ ރެގޮރީއާއި ރަލްފުރެޑް ޖޯޖް ރެގޮރީ ކޮވިޑް-19 ބަލީގައި މަރުވީ ދާދި އެކު އެކީގައި

14:57

ދުނިޔޭގެ އެކި ގައުމުތަކަށް އެންމެ އަވަހަށް ވެސް ކޮވިޑް-19 ވެކްސިން އެކްސްޕޯޓް ކުރެވޭނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށް އިންޑިއާގައި ވެކްސިން އުފައްދަމުން އަންނަ އެންމެ ބޮޑު ކުންފުނި، ސީރަމް އިންސްޓިޓިއުޓް އިން ހާމަކޮށްފި.

13:50

10:28

ކޮވިޑް ޖެހިގެން އިތުރު ތިން މީހަކު ނިޔާވެ، މިއަދުގެ ޖުމްލަ ހައަކަށް އަރައިފި.

09:29

ލ.އަތޮޅުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެމީހަކު ނިޔާވެއްޖެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވެއެވެ. މިމަހުގެ 09 ވަނަ ދުވަހުން ފެށިގެން "ބެކްލޮގް ކޭސްތައް" ކަމަށް ބުނެ ކޮންމެ ދުވަހަކު ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނުލިބި ތިބި މީހުން އެއްކޮށްގެން ނަތީޖާތައް އަންނަނީ އިއުލާން ކުރަމުންނެވެ. ކޮވިޑް ނަތީޖާ ނުލިބި މީހުންގެ ސުންކުތައް އެއްކޮށް ޓެސްޓްކޮށް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެޗްއީއޯސީ އިން ތަކުރާރުކޮށް ބުނަމުން އައި ނަމަވެސް ނުވަ ދުވަސް ވެގެން ދިޔައިރު އަދިވެސް ކުރިން ނެގި ސުންކުތައް ސާފުކުރެވޭ ގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި މިހާރުވެސް ކޮންމެ ދުވަހަކު އަނެއްކާވެސް މިލިސްޓް އަންނަނީ ދިގު ވަމުންނެވެ.

ފާއިތުވި ތިން ދުވަހު 24 ގަޑިއިރުތެރޭގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 500 ގައި ހިފެހެއްޓިފައި ހުރިނަމަވެސް މިހާރު "އޮޅުންބޮޅުން" ވެފައި އޮތް ނަތީޖާ އިއުލާން ކުރުމުގެ އުސޫލަށް ބަލާއިރު މިއީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަކަށް ނުބެލެވެއެވެ.

މިއަދު 1465 މީހުން ކޮވިޑަށް ފައްސިވީ 3703 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. އެހެންކަމުން ކޮވިޑަށް ކުރި ޓެސްޓްތަކުގެ ތެރެއިން ގާތްގަނޑަކަށް %40 މީހުން މިވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ކޮވިޑަށް ކުރާ ޓެސްޓްތަކުގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މެއި މަސް ފެށުނުއިރު ކޮވިޑަށް ކުރާ ޓެސްޓްތަކުގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް ހުރީ %10 ގައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދު ވެސް ދެމީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އެއާއިއެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 105 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގާދިރު

    ސަރުކާރުގެ މާބޮޑު ކަންބޮޑުވުމެއް މިކަމުގަ ނެއް މަރުވާބަތަކު މަރުވާން ވީ މިވަރުންވެސް ފުލް ލޮކްޑައުން އެއްކޮށް މިކަން ހަމަޔަކަށް އެޅުވުމުގެ ވިސްނުމެއްނެއް ކޮންމެރެޔަކު މަބްރޫކް ޝޯއެއް ބާއްވާފަ ނިންމާލީމަ ނިމުނީ

    14
    3
  2. ޙަސަނު

    ބަލަ ފުލްލޮކުޑައުން އަކަށް ނުދެވިގެން އުޅެނީވެސްް ކަލޭމެންގެ ބަލާބޮޑުވެގެން. މާލެ ފުލްލޮކުޑައުން ކުރެވޭނީ ނަމެއްގަ. ނޭގޭ މީހަކަށް މިބުނިއެއްޗެއް ނޭގޭނެ.

    6
    3
  3. މަގޭގައުމު

    ނާގާބިލް ވެރިން އައިމާ ވާނެގޮތް މިވަނީ ކޮންމެސަރުކާރަކުން މިއޮނަނީ ހިޔާނާތެރިންކަން އިހްލާސްތެރިންނެތް މަބުރޫކުވެސް ވާހަކާއިން ވައްކަން ކެރަފާވެސް ރައްޔަތުންނައް މަކަރު ގައު މިވަނީހަލާކު ރައްޔަތުން ދުއާކޮއް ސިއްހީ މާހިރުންގެ ބަސްގަބޫލުކުރޭ ހެޔޮނުވާނެ އާދޭސްމިކުރަނީ ރައްޔަތުންނޭ؟؟

    9
    1
  4. Anonymous

    އެޗް.ޕީ.އޭ ފެއިލް ވެއްޖެ. މިމަ ހު 16 ވަނަ ދުވަ ހު ޓެސްޓް ހެދިން. އަދި ވެސް އެޗް.ޕީ.އޭ އިން ޖަވާބެއް ނުދޭ. ގުޅުމުން ފޯނެއް ނަގަނީ ކީ ނޫން. ޕޮޒިޓިވް ވީ ކަމެއް އެޗް.ޕީ.އެ އިން ނުބުނޭ. ނުފޯރާ ފޮތިން ފޫގަޅަން ނޫޅޭ

  5. ޞިރާޠު

    ވޯޓް އޮޅުވާލައިގެން ވެރިކަން ފޭރިގަތް ވެރިޔެއްގެ ވެރިކަމުގައި އަމާންކަމެއް ކުރިއެރުމެއް ނެތްކަން މިކަންކަމުންވެސް އެބަ އެގެން ޖެހެއެވެ. ހޯދިހާ ކުރިއެރުންތައް ފަހަތަށްޖެހި އިޤްތިޞާދީ ޢުމްރާނީގޮތުން ޤަވްމު ފަހަތައްޖެހެމުންދާކަން އެބަ އެގެން ޖެހެއެވެ.

    1
    1