ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުން އަސަރުކުރަން ފަށާނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އާއި 200 އާ ދެެމެދުގެ އަދަދުތަކެއްގައި ހުރުމަށް ފަހު ފައްސިވާ މީހުންގެ އަދަދު 500 އިން މަތިވެެ ހާހަކަށް ވުރެ މައްޗަށް އެރީ މި މަހުއެވެ. އެއާ އެކު މި ބަލީގައި ނިޔާވަމުން އަންނަ ރޭޓުވެސް ވަނީ ވަރަށްް ބޮޑަށް އިތުރުވެެފައެެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެެރޭގައި މާލޭގައި 12 ގަޑިިއިރަށް ކާފިއު އިއުލާންކުރުމާއި މީހުން އެއްވެގެން ހޯދަމުން އަންނަ ބައެއް ހިދުމަތްތައްް ހުއްޓާލުން ހިމެެނެއެވެ.

އެޗްްއީއޯސީންް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމުގައި ހިމެެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެ ހަފްތާއެއްހާ ދުވަސް އާންމުކޮށް ނަގާނެ ކަމަށާއި، މި ފިޔަވަޅުތައް އަޅާފައި ހުއްޓަސް މިހާރު ފައްސިވެފައިވާ މީހުން އެެކި ތަންތަނަށް ދަތުރުކޮށް ބަލީގެ "އިންފެކްޝަން" ފެެތުރިފައި ވާނެ ކަމަށެެވެ.

"އެއާއެކު އަލާމާތްތައް ފެންނަން ފަށައި، ޓެސްޓުތައް މި ހަދަނީ. މިހާރު މި ފެންނަނީ ޓެސްޓުތަކުގެ ނަތީޖާ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މި ބަލި ފތުރެމުން އަންނާތީ ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް އަދި މީހުންގެ މޫވްމެންޓުތައް މަދު ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވެ ދެއްވިދާނެތޯ މިސްކިތްތަކުގައި ޖަމާތުގަ ނަމާދު ކުރީމަ ކޮވިޑް އިތުރުވާކަން،؟ މާކެޓް ތަށް ހުޅުވާފަ، ފިހާރަ ތައް ހުޅުވާފަ، މިސްކިތުގަ ޖަމާއަތުގަ ނަމާދު ކުރުން ހުއްޓުވާފަ، ހެޔެނުނާވެ ﷲ އަށް ބިރުވެތިވޭ ، މިސްކިތްތައް ޖަމާއަތުގަ ނަމާދު ކުރުމަށް ހުޅުވާލާ ،ﷲ ގެ ރަޙުމަތް ލައްވާނެ.

  2. ޝިރޯ

    ބަލަގަ ސަރުކާރުން ތަންތަން ބަންދުކޮށް ގޭގައި މީހުން ބެއިތިއްބުމަކުން ކޮވިޑް ހައްލުވީއެއްނޫނެވެ. ވެންޓިލޭޓަރާއި އޮކްސިޖަން ނެތުމުން މީހުން މަރުވަމުންދަނީއެވެ. މިކަން ހައްލުކުރެވޭތޯ ބަލާށެވެ. އޮކްސިޖަން ރާއްޖެއިން ހުސްވަނީ ނޫންތޯ އަދިވެސް ސިއްރުކުރެވޭތޯ ބަލާ މީހުން މަރުވާ މީ ބިރުވެރިކަމެއް ހަމަ ހެވިފައި ޤައުމު މިއޮތީ ނުވިތަނަކަށް ނިދާފައި

  3. ޖުއްޅޭއި

    ޤައުމު އަވަސްކުރޭ އޮކްސިޖަން ހުސްވަނީ 17 މީހަކު ވެއިޓިންގައި ވެންޓިލޭޓަރު ނެތިގެން ނިކަމެތި ރައްޔިތުންނޭ މިކަން ވެސް ސަރުކާރުން މިއޮތީ ސިއްރުކޮށްފައި މަރުވިޔަސް ހަމަކަމަށް ރައްޔިތުން ނިކުމޭ އަވަސްކުރޭ

  4. ކެމެރޫން

    ކޮބާ އިންތީ ޔާމީން ހުރީ ގޭގައި ހިފާ ހައްޔަރުކުރޭ ގައުމަށް ކަމެއް ނުކޮށްދެވުނީމައި މިބައިގަޑު ޔާމީން ފަހަތުން ދުވަނީ ހަމަ ކެރިގެން މިބުނީ ޔާމީން މިނިވަންކޮށް ޤައުމު ހިންގަން 6 މަސްދީބަލާ ނިކަން ކުޅިދައްކާލާނެ ތިޔައީ ހުސް ބޯތަކެއް ބޮލުގައި އެއްޗެއްނެތް

  5. ރައްޔިތުން

    އެއް އަހަރު ދުވަހަށް ވުރެ ގިނަދު ވަހު އެޅި ފިޔަވަޅުން ލިބުނީ ކޮން ނަތީޖާއެއް؟؟؟ ކުރެވުނު ހާކަމަކީ ވައްކަން. ދެން އިންޑިޔާގެ ކަރަންޓީނު ހަބަކައް މިތަން ހަދާ ކޮވިޑް ފެތުރީ

  6. ޢަހޫ

    ނަތީޖާ ނުފެންނާނެތާ މިހާރުވެސް ފިހާރަތަ ކާ މާރޓްތަ ކުގަ ތިބޭގިނަ ސްޓާފުން އެތިބެނީ ދަތްދޮޅީގަ މާސް ކް އަޅުވައިގެން ވަންނަމީހުންގަޔަށް ކެއްސަން. ޙޮޓާ ރެސްޓޯރަންޓް ތަށް ބަންދު ކޮއްފަ ފިޙާރަތަށް ހުޅުވާފަ!!! ފިހާރަ ތަ ކުންވެސް ޑެލިވަރީ ކުރާގޮތަށް ހެދިނަމަ މަގުމަތީ އުޅޭ މީހުންވެސް މަދުވާނެނޫންތޯ.

  7. ބޮއިކަޓް އަލީ

    ވޯޓުލިތާ ދެ ހަފްތާ ފަހުން ނަތީޖާ ފެނި 100 އިން 1000 އަށް މިއެރީ... ރައްޔިތުން ވޯޓުލަން ދިޔައީމަ ތި ގޯސްވީ.. ކެންޕޭނަށް ރަށްތަކަށް ގޮސް

    • Anonymous

      އަދިވެސް ރައްޔިތުންގެ ބޮލުގަ އަޅުވާ!! ބަލަގަ މިކަން ފެތުރީ އިންޑިއާ ގެ ކަރަނޓީން ފެސިލިޓީ އަކަށް މި ގައުމު ހެދުމުގެ ސަބަބުންނޭ މި ބުނަނީ!! އެތައް ބަޔަކު ކޮވިޑް ހިފައިގެން މާލެއާއި ރަށްރަށުގެ ގެސްޓް ހައުސް ތަކުގަ ނަމުގަ ތިބެމެ މުޅި ގައުމަށް ބަލި ފެތުރީ!! މީ ހުންނަނީ އިހުމާލު!! މި މައްސަލަ ބަލާނީ ކޮންބައެއް!!

  8. އަބްދޫ

    މިދުވަސްކޮޅު އަދިވެސް ޓެސްޓް ކުރުން އަވަސްކުރުމާއި ޓެސްޓްގެ ނަތީޖާ އަވަހަށް ލިބުން ބޭނުންވޭ. ނަތީޖާ ލިބުންލަސްވަނީ ކީއްވެކަންއެގޭ. މީމާޓެސްޓް މެސިންތައް އިތުރު ކޮށްގެން އަވަސް ނަތީޖާ ލިބުމަކީ ކޮވިޑުންސަޅަމްތްވުމަށް ލިބޭ ބާރެއް. އަދި ފްލޫކްލިނިކްގެ އިތުރުން މިހާރު ބަލި ފެތުރިފައިވާ ހުރިހާރަށެއްގެ ހުރިހާމީހުން ޓެސްޓް ކޮށް މިޖްތަމައުން ބަލި ނައްތާލަން އަވަހަށް ފިޔަވަޅުއަޅަން ބޭނުން.