ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ނުކުރެވި އިތުރަށް ގޯހުން ގޯހަށް ދާތީ، އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ 12 މެންބަރެކެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 18 މެންބަރަކު ވޯޓް ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވިއެވެ. އެހެންވެ މައްސަލަ ބަލައިގަންނަން ފާސްނުވެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

މި މައްސާލަގައި ފާހަގަކޮށްފައި ވަނީ، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވެ މީހުން މަރުވާ އަދަދާއި ބައްޔަށް ފައްސިވާ މީހުންގެ އަދަދާއި ކަަރަންޓީނު ކުރަން ޖެހޭ މީހުންނާއި މޮނީޓަރިންގެ ހާލަތަށް ބަދަލުވާ ރަށްރަށުގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

އަތޮޅުތަކުން ކޮވިޑް-19 ގެ ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނުވާތީއާއި، ޓެސްޓްތަކުގެ ނަތީޖާ ނުލިބި އިންތިޒާރު ކުރަން ޖެހޭ މުއްދަތު ދުވަހުން ދުވަހަށް އިތުރު ވަމުން ދާތީއާއި، ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްޚީ ޚިދުމަތްތެރިން ވަރުބަލިވެ ބަލި މީހުންނަށް ފަރުވާ ދިނުން ލަސްވާ ފަދަ ހާލަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުންދާ ކަން ވެސް މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ބައްޔަށް ފައްސިވަމުންދާ ފަރާތްތަކަށް އެޓެންޑް ނުކުރެވި ފަރުވާ ލަސްވެ، ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ކަމާއި، ވެކްސިން ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ނުދާ ކަމާއި، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދެވަނަ ޑޯޒް ނުޖެހި އެތައް ހާސް ބަޔަކު ތިބި ކަން ވެސް މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ބަލި މީހުނަށް ފަރުވާ ދިނުމަށް އިތުރު ވަސީލަތްތައް ގާއިމް ކޮށްދިނުމަށާއި، އިންސާނީ ވަސީލަތް އިތުރަށް ހޯދައިދީ، އިޖާބީ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ކުރުމާއި ވެކްސިން ޖެހުމުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތްތައް އިންތިޒާމު ކުރުމަށް ގޮވާލާފައިވެއެވެ.

މި ބަލިމަޑުކަން ފެތުރެމުންދާ ދުވެލި އަނެއްކާ ވެސް އިތުރުވެ ހަތަރުވަނަ ރާޅެއް ބިންދާލާފައިވާއިރު ފާއިތުވި ހަފުތާގައި ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ފައްސިވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި، ފިޔަވަޅުތައް ހަރުކަށި ކޮށްފައިވީ ނަމަވެސް ހާލަތު ރަނގަޅު ވަމުން އަންނަ ތަނެއް ނުފެނެއެވެ. މި ދަނޑިވަޅުގައި ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރަން އާންމު ފަރާތްތަކަށް ސިއްޚީ މާހިރުން ދަނީ ލަފާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކޮވިޑް

  ތި މަޖިލީހަށް ގެންދާއިރުވެސް އެނގޭނެ ދޯ ބޭރު ކޮށްލާނެކަން ، ބަލަ ރައްޔަތުންގެ ކަންބޮޑުވުން ހިމެނޭ ކަމެއް ނު ބޭރު ކޮށްލާފެ، ތިވެސް މަޖިލީސް ރައީސް ގެ ބޭފަރުވާއަށް އެހީ ވެދިނުމަށް ވަޒީފާގަ އުޅޭ ކޮންމެ މީހަކުގެ އެއްދުވަހުގެ މުސާރަ ކަންޑާ ގޮތަށް މަޖުބޫ ކޮށް ޤަރާރެއް ލާބަލަ؟ އަޣުލަބިއްޔަތުން ފާސް. ތަޔަ މެޖޯރިޓީގެ ފެންވަރު ،

 2. ސަޒާ

  ރައްޔިތުން ކޮވިޑުގެ ބަލިމަޑުކަމުގައި އެތައް ވޭނެއް ތަހައްމަލު ކުރަމުންދާއިރު އެކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. މިހާރު މުޅި ސަރުކާރު އަވަދިނެތި އުޅެނީ ނަސީދުގެ މައްސަލާގައެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނަތީޖާނުލިބި އެއްތައް ދުވަހެއް ގޭބަންދުގައި ހޭދަކުރަން ޖެހުމާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ގެ މުއްދަތު ހަމަވެ ދެވަނަ ޑޯޒު ނުޖެހޭނެގޮތައް ނެތިފަ ތިބިއިރުވެސް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

  11
 3. ދާރިޖް

  ދަތްދޮޅި އާދަނުމެން ކޮންމެރެއަ ކު މީހުންނެރިގެން މުޒާހަރާ ކުރީ ކޮވިޑު ފަތުރަންނޫންތޯ.

  1
  10
 4. ޙަސަނާ

  ހިތާމަހުރިކަމެއް ރައްޔިތުންގެމަޖިލީހުގަވެސް މިކަމާކަންބޮޑުވާ ބަޔަކުނެތް މިއަދު ތިތާކު ރައޔިތުންނާދޭތެރޭވިސްނާބަޔަކުނެތްކޮންމެދުވަހަކު މަޖިލިސްބާއްވައިގެން އެންމެވާހަކައެއްދައްކަންބޭނުންވަނީ މުޅިގައުމައްވުރެ އެންމެމީހަކުގެ ކަންކަމާ އުޅޭތަންފެންނަނީ ކޫޅޭޑުރާމާއެއްބާއޭހިތައްއަރާ...

  12
 5. Anonymous

  ރަނގަޅަށް ކަމެއް ކުރަން އެބައުޅޭތަ މިސަރުކާރުން.
  މިޤައުމުގެ ޙާލަތު މިއަދު އޮތްގޮތުން ވެސް ތިޔައީ ކުރަން އެންމެ މުހިއްމު އެއްކަންތައް. އެކަމަކު ސިޔާސީ ކަންކަމުގައި ދުވެނެގެނީ. ބަލިފެތުރޭއިރު މީހުން މަރުވާއިރު އަޅާނުލާ ފިޔަވަޅު ނާޅާ ފަރުވާ ކުޑަކޮށްލީ. ދަނެގަނޭތޯ ޒިންމާނަގަން ތިބިމީހުން. އިސްތިއުފާ ދީފައި ޒިންމާ ނެގޭވަރު ބަޔަކާއި ޤައުމު ޙަވާލުީ ކުރަންވި

 6. ޕޮގުބާ

  އެމްޑީޕީ ގެ މަޖިލީހުގެ ގައްދާރުންނަށް ކޮވިޑް ނުޖެހޭނެ

 7. Anonymous

  މިސަރުކާރަށް މުހިންމެއް ނުވާނެ ތީގެން އެއްވެސް ކަމެއް. އަންނި އަށް ހަމްދަރުދީ ފޮނުވައި ޖަޒުބާތީ ވާހަކަ ދައްކުވައި ރައްޔިތުން ގުނބޯހެއްދުން މިދައުރުގަ އޮންނާނީ. ރައްޔިތުންގެ ކަންބޮޑުވުމެއް ނުބެލޭނެ. ވޯޓަށް ވީމަ އަނެއްކާވެސް ފެލޭނެ. އެމްޑީޕީ އަށް އެނގޭ ރައްޔިތުންނަކީ ގަޅިންކަން.

 8. މީނަގެ

  ޢޮފީސްތަ ކާއިބޭން ކް އަދި އެހެނިހެން ތަންތަނުގެ މުވައްޒާފުންނަށް ކާފިއުގަޑީގައި ރަސްމީ ކަން ކަމުގައިބޭނުން ކުރުމަށް ދޫ ކުރެވޭ ހުއްދަ. ޜައްޓެހިންނަށް ވިޒިޓް ކުރުމަށާއި އަމިއްލަބޭނުންތަޚުގައި ބޭނުން ނު ކުރުމަށް ތަނުގެ ވެރިން ސްޓާފުންނަށް އަންގަންޖެހޭ...

 9. Anonymous

  ލައިރި ކޮޅެއް ލިބޭ އިރަށް އެއީ އެއީ ތިމާމެނަށް ލިބޭ ގަނީމާމުދާގަނޑެއް ފަދައިން ދެކި. އަވަހަށް އެ ބެހުމުގަ އަވަދިނެތި އުޅެނީ! ގައުމަށް ދިމާވެފަ މިއޮތް ދަތިޙާލުން މިންޖުވާން ކުރެވުނު އެއްކަމެއްވެސް ނެތް! ބިލިޔަނުން ފައިސާލިބިއްޖެ!!

 10. މާތްކަލާކޮ

  އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާ މަގުމަތީގަ ނުފެނޭތޯ މާލޭގެ މަގުތައް ފުރިގެން ބަންޑުންވާތަން ފިހާތަރަތަކުތެރެ ފުރިބާރުވެފަ އޮންނަތަން ކިތަންމެ ފިޔަވަޅެއް އެޅިޔަސް ބަޔަކު ބަލިދެކެ ބިރުން ގޭގަ ތިބެގެން ނޫނީ މިބަލިމަޑުކަން މައިތިރިއެއް ނުވާނެ ފިޔަވަޅު ކިތަންމެ ވަރަކަށްވެސް އެޅިދާނެ ބަޔަކު އެގޮތަށް އުޅުނިއްޔާތާދޯ

 11. ދުންމާރި

  ތިޔަ ލާދީ ކެނެރީމަޖިލީހުން މި ސަރުކާރު ފޭލްވެފައިވާ ވާޙަކަ ނުދައްކާނެ މިސަރުކާރުން ވައްކަންކުރާ ވާހަކައެއް ނުދައްކާނެ މި ސަރުކާރުން ޚިޔާނާތްތެރިވާ ވާހަކައެއް ނުދައްކާނެ މި ސަރުކާރުން އިސްލާމްދީނާ ޤައުމާ ރައްޔިތުންނަށް ހަރާމްކޯރުވާ ވާޙަކައެއް ނުދައްކާނެ މި ސަރުކާރުގެ ނާޤާބިލްވާހަކައެއް ނުދައްކާނެ ރައްޔިތުންނަށް ހެވެއް ލާބައެއް މަންފާއެއް ލިބޭކަމަކާ ބަހުސެއް ނުކުރާނެ ހަމަ އެކަނި ލާދީނީ އެމްޑީޕީއާއެމީހުންގެ ގުންޑާއިންނަށް މަންފާވާކަންކަމުގަ ބަހުސްުކުރާނީ އެއީ ފެންނަމުންދާ ބޮޑު ޙަޤީޤަތެއް ދީނާ ޤައުމާ ރައްޔިތުންނަށް މަންފާކުރާނެ ޤަރާރެއްހުށަހައިފިނަމަ އަވަހަށް ބޭރުކޮށްލާނީ

 12. އެމަންޖެ

  ތިޔަމަޖިލީހަކީ އުވާލަންވެފަ އޮތް ބޭކާރު ތަނެއް، ބަޔަކު ތިތަން ގޮއްވާލަފާނެތީ ބިރުންތަ ސެކުރިޓީ ތިޔަ ވަރުގަދަކުރީ...؟؟

 13. ގުލާބު

  މެޖޯރިޓީ އޮތްބައިގަނޑު ގޮވިއެއްނު މީ އެހާބިރުބޮޑު ބައްޔެއްނޫނޭ އަތްދޮވެލީމާ ނިމުނީއޭ މުޅިޤައުމަށް މިބަލިޖައްސާނަމޭ މިކަހަލަ މުހިންމުބިލެއް ބޭރުކުރުމުން މިވެރިންގެ ވިސްނުންސާފު

 14. އަލިބެ

  ކޮވިޑޭ ކިޔާގެން އަގަތަޅަން މީދެން ކާކުތަ 02 އަހަރު ހޭދަކޮއްލާގެން ސިފައިގެން ފެންޑާ ތަކުގައި އޭސީ އަޅުވައި ނުލެވުނު މީހެއް

 15. އަސްލަމްބެ

  ކޮވިޑޭ ކިޔާގެން ކަލޭމެން އަގަތެޅިހެން އަހަރެމެން ކުދި ވިޔަފާރި ވެރިންނޭ ފުޑެނީ މިވަރަށް ސަރުކާރުން ދުއްލެއްދީފަ އިދެގެން އެކަމާދޯ ތިއުޅެނީ މުޅިގައުމު ލޮކްޑައުން ނޮކޮއްގެނު ތިއަގަތަޅަނީ ކަލޭމެންނަށް ދައުލަތުން ބޮޑުމުސާރަ ނަގާލާގެ ކޮބާ މެމްބަރ އަދަމް ސަރީފް ކަލޭމެންގެ އިހުލާސްތެރިކަމަކީ