އިއްޔެ, ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު ފާސްކޮށްފައިވަނީ ސައްހަ ވޯޓަކުން ނޫން ކަމަށާއި ސުޕްރީމް ކޯޓުންނެރޭ ނިންމުންތައް ސައްޙަ ނުވާނެ ކަމަށް 13 އަހަރުގެ ޖަލު އިއްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދް ވިދާޅުވެއްޖެއެވެ.

ނަޝީން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ރައްޔަތުންގެ މަޖިލީހުން އިއްޔެ ނެގި ވޯޓުގެ ސައްހަކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ނުލާ ސުޕްރީމް ކޯޓުން ނެރޭ ނިންމުންތައް ސައްހަ ނުވާނެކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއާ އެއްގޮތަށް ގަރާރު ސަރުކާރަށް ފާސްވެފައި ނުވާ ކަމަށެވެ. ގާނޫނު އަސާސީގައި ބުނާ 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިއިރު ނެތްކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެހެންވުމުން، ކުއްލި ހާލަތު ދަންމާލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނަޝީދުވަނީ ސިފަކުރައްވާފައެވެ.

ނަމަވެސް އިއްޔެ ބޭއްވި ރައްޔަތުންގެ މަޖިލީހުގެ ޖަލްސާގެ ފުރިހަމަ އަގުލަބިއްޔަތުން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ފާސްކުރިއިރު، އެ ވޯޓްގެ ސައްހަކަން ކަޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ާއައިޝާ

    މިކަހަލަ ވެރިންނެއް މި ޤައުމަކަށް ބޭނުމެއް

    ނުވޭ.....

  2. ާއައިޝާ
  3. ރޮންދާ

    ހެހެހެހެހެ އަހަރުމެން އަޑުއަހަންވީ ބޮޑު ކުއްވެރިއެއްގެ ވާހަކަތަ؟؟؟ ކަލޭ ތިދައްކާ އެއްވެސް ވާހަކައެއް އަހަރުމެން އަޑެއްނާހާނަން

  4. ނައިޑް

    ކަލޭ ތަބާ ނުވެ ފިލާ ހުރިއްޔާ މިގައުމަށް ރަގަޅީވެސް

  5. ނަންނާ

    ކޮންމެ މީހަކަކުވެސް ޤާނޫނޫ ތަކަށް ތަބާވާން ޖެހޭނޭ1

  6. ހަބޭސް

    ހެހެހޭ ދެންކީއްވެފަ ތިހުރީ ރާއްޖެ އަންނަން ނުކެރިފަ އާދޭ އާދޭ މިގައުމަށް އާދެ.. ޖަލުގޮޅިއަށް ވަދެލަން އާދޭ

  7. ޕޮގުބާ

    ކަލޭ ސުޕުރީމް ކޯޓްގެ އަމުރަށް ތަބާނުވާނެކަން އެގެ. ކަލެއަކީސުޕްރީމް ކޯޓުގެ ތަޅުގަ ބޮޑުޗޭނުގަނޑެއްޖަހާ ސުޕްރީމް ކޯޓް ބަންދުކުރިމީހެއް އަނެއްކާ 13 އަހަރުގެ ޖަލުހުކުމެއްކުރީމަ ކޯޓްގެ ހުރުމަތްކަނޑާފަ ދިވެހި ގާނޫނު އަސާސީ ފުނޑާލާގޮސް ފިލާފަ ހުރި މީހެއް

  8. ބޫތު

    މީނާދޯ ބުނީވެސް ސުޕްރީމް ކޯޓެއް ނޫނޭ އެންމެ ފަހުބަސް ބުނާނީވެސް، ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ރައޫސުލް ޖުމްހޫރިއްޔާއޭ. މީނާ ވެރިކަމުގަ ހުރި އިރު ބުނި ވާހަކަ މީ. ވީޑިޔޯވެސް ހުންނާނެ. އެހެންވީމާ މިއަދުވެސް ފަހުބަސް ބުނާނީ ރައީސުލް ޖުމްހޫރިއްޔާ. އެއީ ނަޝީދެއްނޫން، އެއީ އަބްދުﷲ ޔާމިން. ވަރަށް ސަލާމް

  9. 1828

    ސްޕްރީމް ކޯޓުން ސައްހައެއް ނޫނޭ ބުނެފިއްޔަ ދެން ހައްޔަރު ކުރާނީ ބާކީ ތިބި 03 ފަނޑިޔާރުންގެ ތެރެއިން 02 ފަނޑިޔާރުން ތޯޗެއް.
    އޭރުން އެއް ފަނޑިޔާރު މެދުވެރިކޮށް، އަނެއްކާ ހުކުމް ބަދަލު ކުރާނެ، ސައްހަކަމަށް.
    ސައްހަކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިނަމަ ޕީޕީއެމް ދަރުބާރު ފެކްޝަނުން ސްޕްރީމް ކޯޓަށް ސަނާ ކިޔާނެ.
    އެކަމަކު މިމަހުގެ 01 ވަނަ ދުވަހު ނެރު އަމުރު 'ކަޑަ' ވެގެން ސްޕްރީމް ކޯޓަށް، ފަނޑިޔާރުންނަށް ނުކިޔާކައެއް އެއްޗެއް ނެތް.
    މިހާރު ސްޕްރީމް ކޯޓްވެފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމްތައް ނެރެން ޖެހިފައިވާ، ރައީސް އޮފީހުގެ ސެކްޝަނަކަށް.
    ސްޕްރީމް ކޯޓެއް ނެތް.

  10. ޑޮންޑޮންފުޅި

    ތިހެންތޯ ބުނާނީ ސުޕްރީމް ކޯޓުން ކުއްލި ނުރައްކާގެ ހާލަތު ބާތިލް ކުރިޔަސް ... އޭރުން ރާގު ބަދަލުވެ މިހާރު ތިބި 3 ފަނޑިޔާރުން ވަރުގެ ބަޔެއް ނޯންނާނެ. ދަންނަ ބައިގަނޑެއް ތިއީ

  11. މިރުސް

    މިގޮލާ ހުރީ ހަމަހޭގަތޯ ބަލަންއެބަޖެހޭ ކަރާސަރުބަތް އެކަނި ބައްލަވައިގެން މަހާވަރެއްނުވާނެ އެކަމަކު އޯޓިޒަމް ގޮލަޔަކަށްވާތީ ފަހަރެއްގާ އެފަދައެއްޗެއްބުނަން ޖެހިލުންނުވެ ވެސް ހިނގައިދާނެ

  12. Anonymous

    އިންޑިޔާ ސިފައިން ގޮވައިގެން އަންނަންވީނު . ދޮންކަލޯ

  13. މާރިޔާ

    ހެހެހެހެހެހެ ތަބާވާންޖެހޭނީ ދެންލަލަލަލަލާ

  14. Anonymous

    އޭމިހިރަ ބުރާންޗާ!.ކަލެއަކަށް ނުވެސް ޖެހޭނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާ ވާކަށް. ކަލެއަކީ ދިވެހި ރައްޔިތެއްކަމަށް ގަބޫލެއް ނުކުރަން. ދިވެހި ރައްޔިތެްގެ ޝަރުތު ހަމަވާމީހަކަށްވެސް ކަލޭ ނުވޭ. އިސްލާމް ދިނާ އިތުރު ރަސޫލާއަށް ހަޖޫ ޖަހާ މަލާމާތް ކުރި ހިސާބުން ފެށިގެން އެހައްގުން ކަލޭބަނީ މަހުރޫމްވެފަ. އަހަރެން ހަމަގައިމުވެސް ކަލޭއަކީ ދިވެހި ލޭ ހިނގާ މުސްލިމެއްކަމަށް ގަބޫލެއް ނުކުރަން. ކަލެއަށް ހިނގަންޖެހޭނީ ކަލޭއުޅޭ ހިތްވާގޮތަށް އުޅޭ ގައުމުގެ ސުޕްރިމް ކޯޓުގެ އަމުރު.

  15. މާރިޔާ

    ހަރަދުކުޑަކުރުމުގެގޮތުން ރިޔާސީ އިންތިހާބް ނުބާން ވާންފެނޭ މިކަން ވުން ވަރައް ކާރި ސާބަސް ރައީސް ޔާމިން

  16. އައިޝާ

    ދެން އެހެންވީޔާ ސްޕްރީންކޯޓު އަމުރު ތަންފީޒުކުރާށޭ ކިޔާފަ ހަރުގެ މީހުންއެކިޔަނީ

    ކަލޭމަޖީދީމަގުގަ އިންދި ފޯއްރުކުން ފޭބި ފޯކުގެވާހަކަތަ؟

  17. ބުރުމާކަށި

    ފެލިފެލި ހުންނަން ޖުހޫނީ އިރާދަކުރެއްވިއްޔާ މިގައުމް ކަލޭކިބައިން ސަލާމައް ކުރައްވާނެ އާމިން

  18. ވިދާދު

    މިއީ، މޮޔައެއް. މިގައުމަށް ޖެހިފައި ހުރި ބޮޑުވެގެންވާ ބޮޑު މުސީބާތެއް. މިމުސީބާތުގެ ކިބައިން ދިވެހިން ސަލާމަތް ކުރަން އެބަޖެހޭ. "ބޮވެންޖެހޭނެ، ބޮވޭނެ، ސޫލާ ސިރާޖް، އަލްޓަނެޓިވް ނެރެޓިވް، ޣައިރު ދީންތަކަށްވެސް އުޅެވެން ޖެހޭނެ، ހުޅަނދގުގެ ދޮންމީހުން އުޅޭގޮތަށާއި، އިންޑިއާގެ ގެރިކަލާންގެއަށް ތަބާވާ ފާދިރީން ނާއިން ސިންގުން އުޅޭގޮތައްވެސް އުޅެންޖެހޭނެ" މިއީ މިބޭފުޅާގެ ބަސްމަގު ހުންނަގޮތް.

  19. ފަައި

    ކަލޯ ތަބާވާ އަދި ގަބޫލުކުރާ އެއްވެސް އެއްޗެއް މިދުނިޔެ މަތީ އެބަ އޮތްބާ !!!!!.ހުޅަގުގެ ލާދީނީ ގޮތްތައް ފިޔަވާ!!!!

  20. ޢުމް

    އެއްފަހަރު ބުނާނެ ތަންފީޒު ކުރަން އަނެއްފަހަރު ބުނާނެ ތަބައެއްނުވާނަމޭ. ކޮކަޑި ކައިފިނަމަ ހަމައެއްނުވާނެ އެހެންވެ މަ ކިޔަނީ ކޮކަޑި ކުމާރު.

  21. އައިޝާ

    މީ ރައީސްތަ؟ ވަގުތުން ރަގަޅުކުރުމަށް ގޮވާލަން

  22. އަފުޝާނަާ

    ތިީކާކު މިގައުމު މީހެއްކަމަކަށް މަމެންނެއް ނުދެކެން ދެން އާދެ ރާއްޖެހިފަން އިންޑިޔާ ލަޝްކަރު ގޮވައިގެން ނޫނީ ބަޔަކަށް ލާރިދީގެން މިގައުމުގައި ތިބި ސަލާމަތީ ބާރަަާ ރައްޔަތުން ނަން އަނިޔާކުރަން ނުވިތަނަކަށް ތަންތާ ހުޅުވެސް ޖަހާ މީހެއްނު ތީ

  23. Anonymous

    ރައީސު އަންނީ، ކޮންމެހެން ކަލޭ ތަބާވާނެ އަމުރެއް ސުޕުރިންކޯޓުން ނެރެން ނުޖެހޭނެ، ކަލެއަށް ތަބާވެވޭނީ ފެބްރުއަރީ 1ގައި ސުޕުރިންކޯޓުން ނެރުނު އަމުރު ތަންފީޒުވުންކަން އިގޭ، އެކަމަކު ހުކުމް ތަންފީޒުކުރަމުންދާ އެއްވެސް ގައިދީއަކު ޖަލުން މިނިވަން ކުރާނަމަވެސް ޑިއު ޕްރޮސެސްއެއް ހިންގާގޮތަށްވިޔަސް ކުރިއަށްގެންދެވޭނީ އެހެން ހުރިހާ ގައިދީންވެސް އެއްހަމަވާގޮތަށް، ކަލޭމެންގެ ބައިގަޑު ވެރިކަމާހެދި ސުޕްރިން ޖަޖުންނަށް ރިޝްވަތުދީގެން ކުޅެންފެށީ ޢައިރުގާނޫނީ ރޯލެއްވީމަ އެމީހުން ޖަލަށްލެވި ﷲގެ ރަޙުމަތްފުޅުން ކަލޭމެންނަށް ކާމިޔާބުނުވީ،

  24. ހުސެން

    އަބްދުﷲ ސަޢީދު މަރުވެއްޖެއްޔާ ކެނެރީގޭ މުރަނގަގަސްދޯށުމާލިމީ ބާ އުއްތަމަ ފަނޑިޔާރަކީ! ޕޮއް

  25. އަބިދާ

    ކަލޭތިއީ ދުވަހަކުވެސް ކޯޓްގެ ނިންމުމަށް ތަބާވާ މީހެއްތަ؟ މިހާރުވެސް ތިހިރީ ފިލައިގެންގޮސް

  26. ްޤައުމު

    ނުވެ ހުރެބަލަ. ތިކަހަލަ މީހުން އަހަރެމެން ބޭނުމެއްނުވޭ. ތިކަހަލަ މީހުން ތިބެން ޖެހޭނީ އަރުވާލާފަ ޤައުމުން ބޭރުގަ. ދުވަހަކުވެސް މިޤައުމަށް އައިސްގެންނުވާނެ. ތީކީ ވެރިކަމެއް ކުރުމުގެ ގާބިލްކަން ހުރިމީހެެްވެސް ނޫނެއްނު.

  27. އެންމެން

    ބަލަގަ، ބޮޑުވެގެން އެއްމެ ކުރާހިއްވާ ކަމަކީ ރައީސް ކަމޭކިޔައިގެން ދުވަންފެށީމާ ދިވެހީން ކަލޭ އެގޮނޑިޔަށް އަރުވާ ދިނެއްނުން. އެކަމަކު ރާއީސްގެ ގޮނޑި ހިފަހައްޓަން އެނގުނީއަކީ އެއްނުން. މަސަލާމަތް ކޮށްދޭށޭ މަމިކަން ކުރާކަށް ރަނގަޅެއްނޫނޭ ކިޔާފަ ވެރިކަން ދިންމީހުންގެ ބޮލުގަފައިން ޖަހާފަ ރައްކާވެއްޖެ. މިހާރު ކޯޗެކޭ ތިކިޔަނީ. ސީދާބަހުން މިހެން ބުނެބަލަ. ހެޔޮނުވާނެ. މަވެރިކަމަށް އަލުން އަރުވަދީ. ކިހާވަރުގަދަ ކަމެއް!

  28. އަބްދުއްލާ

    ސްޕްރީމް ކޯޓް ކަމުނުދާތީތޯ އެކޯޓްގާ ތަޅުއެޅުވީ . ވީމާ ފެބްރުއަރީ 1 ގެ އަމުރު ގާނޫނާ ހިލާފު އަމުރަކަށް ވާއިރު އެއަމުރު ކަމުދަނީ ކީއްވެ . ސަބަބކީ ސްޕްރީމް ކޯޓް ގެ އިހްތިސާސް ތެރެއަކު ނޯވޭ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އަމުރުކުރަން އަމުރު ނެރެވިދާނެކަމަކަށް ސްޕްރީމްކޯޓްގެ އަމުރުވެސް އޮންނަންވާނީ ގާނޫނުއަސާސިއާ ގާނޫނުގެ ހުދޫދު ތެރޭގް.

  29. ލިން

    މިހާރު ސުޕުރީމު ކޯތެއް ނެތޭ ޤާނޫނު އަސާސީގަ ބުނަނީ ސުޕުރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޤާނޫނުގަ ކަނޑައަޅާ އޮނަހިރި އަދަދެއްގެ ފަނޑިޔަރުންގެ މައްޗަށޭ.. ނޯއުއްތޭ ނޯ ސްޕްރީމް ކޮޓު.. އަނެއްކ ާއެ ކޯޓުން ބަލާ މައްސަލަތަކުގެ ބެންޗު އެކުލަވާލުމުގެ ބާރަކީ މުތުލަޤުކޮށް އުއްތަމަ ފަނޑިޔާރަށް އޮންނަ ބާރެއް..އެހެން ފަނޑިޔާރަކު އެކުލަވާލާ ބެންޗުވެސް ސައްހަ ނުވާނެ

  30. އަބްދުއްލާ

    ތިޔައީ ކޯންޗެއް ގަބުލުކުރާމީހެއް . ޑެންމާރުގަ ބުނީ ކީކޭ ކީރި ގުރްއާނެއް ގަބޫލެއްނުކުރޭ ، ކީރިތި ރަސޫލާ ގަބޫލެއްނުކުރޭ ދިވެއްސަކަށް ވީތީ މުސްލިމަކަށްވޭތަ ؟މުހައްމަދުގެ ފާނުގެ ރަސޫލުކަން ގަބޫލު ނުކުރާމީހާ އަށް ސަހާދަތުގެ ދެކަލިމަ ކިޔޭނެތަ؟: ސަހާދަތުގެ ދެކަލިމަ ނުކިޔާމީހާ މުސްލިމަކަށްވޭތަ ؟

  31. އިބޫ

    ބޭފުޅާ ޖަލައްލުމަށް ހުކުން ކުރީ ތިބުނާ ހުރިހާ ފަނޑިޔާރުން ތިބެގެން ، އެއީ އިންސާފުން ކުރިހުކުމެއް ކަމށް ކީއްވެ ޤަބޫލްފުޅު ނުކުރައްވަނީ.

  32. ބޭބެ

    ﷲ ގެ އަމުރަށް ތަބަޢަވުން މާމުހިންމު އެކަމަކު ﷲ ގެ ގޮތާއި އެކަލާނގެ ރަސޫލާގެ ގޮތް ފިޔަވާ އެނޫން ގޮތެއް ބޯދަން ޑެންމާކުގެ ނަސާރާއިން ކުރެން އެދުމު މީހަކު ކޯޓްގެ އަމުރަށް ތަބަޢަނުވާނެ ކަން ވަރަށް ސާފުކޮށް އެގޭ.

  33. އަބްދުއްލާ

    ތިޔައީ ގާނޫނަކަށް ގަވާއިދަކަށް ކޯޓަކަށް ތަބާވާމީހެއްތަ ؟ ކޯޓަށް ދާންކީމާ ފާނާނާޔަކަށް އެމްބަސީއަކަށް ވަދެ ފިލާނެ. ކޯޓް ތަޅުއަޅުވާނެ ފަނޑިޔާރުން ހިފާ ހައްޔަރުކުރާނެ.

  34. މީރާ

    ކަލޭވެސް ތިހުރީ ޤާނޫނާ ޚިލާފްވެފަ ކަލެއަށް އެނގުނީ ކޮން އެއްޗެއް؟