ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތުގެ ދުވެލި ފެނި ލަދު ގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ދިރާސާ ކުރި ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ، މަޖިލީހަށް ގެނެސް ލިސްޓު ދިރާސާކޮށް ލިސްޓު އާންމު ކުރަން ޖެހުނީ ވެސް ރިޔާސީ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތްތެއް ކުރެވިފައި ނުވާތީ ކަމަށެވެ.
"ލިސްޓު އާންމު ކުރުމަކީ މި ވައުދު، [ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައިދިނުމުގެ ވައުދު]، ފުއްދުމަށް މަޖިލީހަށް ވާގިވެރި ވެވޭނެ އެންމެ ބޮޑު ގޮތް،" އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.
ލިސްޓުގައި އޮތް ނަންތަކަކީ ބޭންކް ސްޓޭޓްމަންޓްތަކާއި ޓެކްސްޓް މެސެޖްތަކާއި ފޯން ކޯލުތައް ފަދަ ޑިޖިޓަލް ހެކިތަކެއްގެ މައްޗަށް ހިމެނި ނަންތަކެއް ކަމުގައި ވިޔަސް، ގިނަ މީހުންގެ ތަހުގީގުގެ މަރުހަލާ މައުލޫމާތު އެއްކުރަމުންދާ މަރުހަލާގައި އޮތުމުން ލަދު ގަތް ކަމަށް މީކާއީލް ވިދާޅުވިއެވެ.
"ލިސްޓު ފެނިފައި އަޅުގަނޑު ވެސް ލަދު ގަތް ކަމެއް އޮތް. ލިސްޓުގެ 60 ޕަސެންޓް މީހުންނަކީ މައުލޫމާތު ސްޓޭޖްގައި އޮތް މީހުން ކަމަށް ބުނުމުން އަޅުގަނޑުމެން ހަމަ ލަދު ގަނޭ، މިއީ އަޅުގަނޑުމެން އެދޭ ސްޕީޑްއެއް ނޫން،" މީކާއީލް ވިދާޅުވިއެވެ.
އެސެޓް ރިކަވަރީގެ ކޮމިޝަންގެ ތަހުގީގުގެ ދުވެލި ހުރި މިންވަރަށް ބަލާފައި އެ ދުވެލީގައި ކުރިއަށްދާ ނަމަ ރައީސް ސޯލިހްގެ ރިޔާސީ ދައުރުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މީކާއީލް ވިދާޅުވިއެވެ.
"މިހާރު ހިނގަމުންދާ ސްޕީޑްގައި ހިނގަމުންދާ ނަމަ މައްސަލަ ތަހުގީގެއް ފުރިހަމަ ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ކޮމިޝަންގެ މެންބަރުން ވެސް މުސާރަ ހަލާލު ކުރަން ބޭނުން ނަމަ މިއަށް ވުރެ ސްޕީޑް އަވަސް ކުރަން ޖެހޭ،" މީކާއީލް ވިދާޅުވިއެވެ.
ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް މި ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން މަގާމުން ދުރު ކުރުމަށް މީކާއީލް ގޮވާލެއްވިއެވެ. ތަހުގީގު ނިމެންދެން މަޑުކުރާ ނަމަ، އެ ފަރާތްތަކަށް ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުން އާންމު ކުރި ލިސްޓުގައި 281 ނަމެއް އޮތް އިރު، އޭގެ ތެރެއިން ދައުލަތުގެ ވަޒީފާތަކުގައި ތިބި 119 މީހެއްގެ ނަން އޮތެވެ. އޭގެ ތެރޭގައި އައްޔަން ކޮށްފައިވާ މަގާމުތަކުގެ އިތުރުން އިންތިޚާބީ މަގާމުތައް ވެސް ހިމެނެއެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ އައްޔަން ކޮށްފައިވާ މީހުން މަގާމުން ދުރުކުރުމަށް ހުށަހަޅާފައެވެ.
" އެސެޓް ރިކަވަރީ ކޮމިޝަންގެ ދުވެލި ފެނި ލަދު ގަނޭ: މީކާއީލް " އަޅެ ކަލޭ ލަދު ނުގަނޭތަ މިސަރުކާރަށް ނިސްބައިވާ ޕާޓީ އެއްގަ ހުންނަ މެމްބަރަކަށް ވެފަ މިސަރުކާރު މި ދުވާ ފިނިހަކަ ދުވެއްޔާ މެދު؟
ކާ ކާ ކާ .....
ތިޔަޑުރާމާތައްނުކުޅެ މިގައުމު ކޮވިޑުގެބިރުވެރިކަމުންސަލާމަތްކުރަންވަކާލާތުކޮއްދީބަލަ ތިއުޅެނީވެސްބަދަލުނުހިފިގެން މުޅިގައުމުފަސާދަނުކުރެވިގެންދޯ...
މަހަދާން އެބަހުރި ފިނިހަކު ދުވެއްޔޭ ކިޔައިގެން ޔާމީނައް މަލާމަތް ކުރަމުން މޑޕ ކެމްޕޭން ލަވަޔެއް ކިޔަމުން ކެމްޕޭނެއް ކުރިހަދާން. މި މީހުން ކީ ހުރިހާ އެއްޗެއް މިމީހުންގެ އަގަޔައް ފިސާރެ ރަގަޅައްވެސް ވަދެއްޖެ. ޓުއަރިޒްމް ބޮއިކޮޓް ކުރަން ފެއަރ ތަކައްގޮސް ލީފްލަަޓް ބަހާ ހެދި މީހުން ގެ ވެރިކަމައް އައުމާއެކު ޓުއަރިޒްމް އެއްކޮއް ހުއްޓުން. އގަވިހަ ދޫވިހަ ސމޕ ބަޔެއްމީ. މިހާރު އަމިއްލަ ވެރިކަމައް މިމީހުން ފާޑުކިޔަން ޖެހުނީ މިޔައް.
މީކާއީލްއަކީ ލަދު ގަންނަން އިނގޭ މީހެއްތަ؟
އަމިލަޔައް ގުއިރީފަ ސާފުކުރަން ނޭންގޭ ވާހަކަ ތިޔަ ބުނަނީ
މިދެން ކާކުތަ، ކުޑަ ކުޑަ ފަތް ނުފަޅަ ކަހަބެއް. މީނަ ހޮވި ބަޔަކު އެއި ބުރާންތިން ތަކެއްތަ. މާލެ މީހުންނައް ހަމަ ސާބަސް.
މީ މީ ކާއިލް އަ ކީ ކެނެރީގެ ނަޝީދު ފަޅީ މީހެެއް. މީ ކާއިލް ކަލޭ ލަދެއްނުގަނޭތަ ރާއްޖޭގަ މިހާރު މިއޮތް ވެރި ކަމުގެދުވެލި ފެނިފަޔާ އެޗްޕީއޭ ގެ ދުވެލި ފެނިފަ. އަހަރުމެން ލަދުން ބޯހަލާ ކު.
ބްރޯ އެއީ ރ ޔާމީނު ހެއްދެވި ކޮމިޝަނެއްވީމަތޯ؟