މާލެ ސިޓީ ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލި ހަ ކޮމެޓީގެ ތެރެއިން ދެ ކޮމިޓީއެއްގެ މުގައްރިރުކަން އެމްޑީޕީގެ ކައުންސިލް މެމްބަރުންނަށް ދީފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ކައުންސިލް މެމްބަރުންނާ މެދުވެސް ހަމަހަމަ އުސޫލަކުން އަމަލުކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން މިފަހަރު އިންތިހާބު ކުރެވުނު 18 ކައުންސިލަރުންގެ ތެރެއިން ހަ ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ކަމުގައި ވާއިރު، ހަ ކޮމެޓީގެ ތެރެއިން ދެ ކޮމެޓީއަކަށް އެމްޑީޕީގެ ކައުންސިލަރުން އިސްކުރެއްވި ކަމަށް ވިދާޅުވިއެވެ.

"ކައުންސިލްގެ މަސައްކަތްތައް ވިލަރެސްކުރަން އުފައްދަން ނިންމީ 6 ކޮމިޓީ، ހަ ކޮމިޓީގެ ތެރެއިން ދެ ކޮމިޓީގެ މުގައްރިރުން ކަމަށް އަޅުގަނޑު ކަނޑައެޅީ އެމްޑީޕީގެ ދެ ކައުންސިލަރުން. 18 ކައުންސިލަރުންގެ ތެރެއިން ހަ ކައުންސިލަރުންނަކީ އެމްޑީޕީގެ ކައުންސިލަރުން ވީމަ އެ ރޭޝިއޯ ދަމަހައްޓާ ހަމަހަމަކަން ގާއިމް ކުރުމަށްޓަކައި" މޭޔާރު މުއިއްޒު ވިދާޅުވިއެވެ.

މިކޮމެޓީތަކުގެ ނަންތަކާއި، ކޮމެޓީތަކަށް ހޮވުނު މުގައްރިރުންގެ ނަންތައް އަދި ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މާލެ ސިޓީގެ ހަތަރުވަނަ ކައުންސިލަކީ މާލޭހެ ހުރިހާ ފިކުރެއްގެ ރައްޔިތުންނަށް ވެސް ޚިދުމަތް ދޭން އޮތް ކައުންސިލެއް ކަމަށާއި، އާ ސިޓީ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. މިއީ ސިޓީ މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ. މުއިއްޒަކީ ދެ ސަރުކާރެއްގައި އެންމެ ދިގު މުއްދަތަކަށް ވަޒީރެއްގެ ޚިދުމަތް ވެސް ދެއްވި ހަމައެކަނި ބޭފުޅާއެވެ. ކުރީގެ ރައީސް މުޙައްމަދު ވަޙީދުގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވިއެވެ. އެއީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    އެމްޑީޕީ އަކީ ދިވެހި ގައުމުގެ ހަލާކު.

  2. ނާޅި

    މާލެ ރީތި ޗާލު ހިއްފަސޭހަ ތަނަކަށް ހެދުމައްޓަކައި މާލެ ރީޑިޒައިން ކުރުމަށް މާލޭގެ ހުރަހާއި ދިގަށް ރޯނުދަމާ މަގުހަދާ ރައީސް އަމީނު ދީދީގެ ރައްވެހި ތަރައްޤީ ގެނަސް މާލޭގެ މަގުތަށް މިހާރު ދުއްވާ އުޅަދު ދުއްވޭވަރަށް ފުޅާކޮށް މާލޭގެ މަގުތަށް އުދަރެސް ފެންނަ ގޮތަށް ފޫއަޅުވާލަން އެބަޖެހޭ ބަޔެއް މަގުތަށް މިގޮތުން ޗާދީ މަގު ސޯސަން މަގު އޯކިޑް މަގު ...

  3. ދުންމާރި

    ލާދީނީ ޖާހިލު އެމްޑީޕީ ކައުންސިލަރުން ބައިތިއްބަންވީ މަގުމަތި ސާފުކުރަން އެމީހުނަށް އެހެންކަމެއް ހަވާލުކުރާނެކަމެއްނެތް ތިޔަ ބަލާވެރިކަމުން މިޤައުމު ހަލާކުވެގެން މި ދިޔައީ ތިޔަ އެމްޑީޕީއޭކިޔާ ބަލާޔާ މުސީބާތާ ކެނެރީ ވައިރަހުން މިޤައުމު ސަލާމަތްވެގެންނޫނީ މުސްލިމު މި ދިވެހިރާއްޖެއަށް އަމާންކަމެއްނެތް

    6
    1