ދޯންޏެއްގެ ތެރޭގައި ބިދޭސީއަކު މަރާލި މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މާޗް މަހުގެ ހަތްވަނަ ދުވަހު ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު މަސްއޫދުގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށައަޅާފައިވާ ކަމަަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ގެ ފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީއެއްގެ ދެމެދު ހިންގި މާރާމާރީގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ހާދިސާ ހިނގިރޭ ދަންވަރު 3:50 ހާއިރެވެ.

މި މައްސަލައިގައި 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަގުތުއާއްމުކޮށް ކިޔާމީހާ

    ދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާކޮށްފި މީގެ ބަދަލުގައި ސުރުޙީ މިގޮތަށް ބަަދަލުކުރާށެވެ. ނޫނީ ވަރަށް ހިތްނުތަވަސްވެއެވެ. ފީލްވަނީ ބޭރުމީހަކު މަރާލީ ދިވެއްސެއްހެނެވެ. ހެޑިން ޖަހާލަދޭންވީ "ދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލައިގައި ބިދޭސީމީހެއްގެ މައްޗަށް ދައުވާކޮށްފި" މިގޮތަށެވެ.

  2. ކޮވިޑް

    " އަނިޔާ އާއި ވައްކަމާއި ދެކޮޅަށް " ނަނުމަގައި އައި އެމްޑީޕީ އިބުނު އެމްއާރު އެމް ބިންތު ޖުމުހޫރީޕާޓީ ވަފީ އަދާލަތު ކޯލިޝަން ސަރުކާރު އައި ފަހުން މި ޤައުމުގާ މަރައިފި ، ހިޔާނާތްތެރިވެއްޖެ،ބަލިމަޑުކަން، އަލިފާން ، މުސީބާތް ތަށް ، މިނޫން އަޑެއް މި ދޮޅު އަހަރު ތެރޭ އިވުންތޯ؟

  3. އަހްމަދު

    ކކޮވިޑޫ އެއީ ސަރުކާރު މައްސަލައެއްތަ؟ ސަރުކާރުގެ ވެރިންތަ މީހުން މަރަނީ. އަތް ދެއްވީމަ ލިޔުނަކަސް ކަމަކުނުދާނެ.