ލޯކަލް ޓޫރިޒަމް މަޝްްރޫއުތަކާ ގުޅޭ މައުލޫމާތު އަލަށް އިންތިހާބުވި ކައުންސިލްތަކާ ހިއްސާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް ނެގުމުގެ ދަށުން ބޭއްވި މި ބައްދަލުވުންތަކުގައި އަތޮޅު ކައުންސިލްގެެ ރައީސުންނާއި، ސިޓީީ ކައުންސިލްތަކުގެ މޭޔަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ރޭވިފައއި ހުރި ގޮތްތަކާއި، މިހާރު ހުރި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލްތަކަށް މައުލޫމާތު ހިއްްސާކުރައްވާފައެވެެ. އެެގޮތުން ރާއްޖޭގެެ ފަތުރުވެރިކަން ސިންދަފާތުކޮށް މީހުން ދިރިއުޅޭ ރަށްްރަށުގައި ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭ ކައުންސިލްތަކާއެކު އެ މިނިސްޓްރީން ވަނީ މަޝްވަރާކޮށްފައެެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މަޢުސޫމްގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެެރިވެވަޑައިގެންފައެވެ.

ރާއްޖޭގައއި ރިސޯޓު ޓޫރިޒަމްގެ އިތުރުން މީހުން އުޅޭ ރަށްރަށުގައި ފަތުރުވެެރިކަން ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އަމާޒު ހިފާފައިވާކަމެކެވެެ. މީގެތެރެއިން ކުރިއަށްގެންދާ އެއް މަޝްރޫއުއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޓީ ހޮޓާތައް ތަރައްގީ ކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށް ވަނީ އިއުލާންކޮށްފައެވެ.

މިހާރު ފެެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. މީގެ ކުރިން ފަތުރުވެރިން މަދުން ދާ ރަށްރަށުން މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ފަތުރުވެެރިކަންް ވަނީ އަޑި އަޅާލައިފައެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި ބަލިމަޑުކަމާ އެކުވެެސް ރަށްރަށުގައި ރައްކާތެރިކަމާ އެކު ފަތުރުވެރިކަން ދިރުވައި އާލާކުރުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިމާ

    ތިިޔަ ވުޒާރާގެ ސިޔާސީވެރިންގެ އިތުބާރެއްނެތް!

  2. ޢިއްތިހާދު

    ކޮވިޑް މަރުތައް ގިނަވާވަރަކައް ދިފާއުގަ މީޑިއާގެ ވަސީލައްތައްބޭނުންކުރަމުންދަނީ މާރަނގަޅުވާނެ 2023 އައުމުގެ ކުރިންއިސްތިއުފާދީފިނަމަ ދެންމިރާއްޖެއަކުން ވޯޓެއްނުލިބޭނެ ތިފުޅާމުންޑްފޮތި ކޯލިޝަނަކައް ތިކޯލިޝަނުގެ ވެރިން އެއްމެފުރަތަމަ ހާލުގަޖެ ހުނީ ރައްޔިތުން ވަޒީފަތަކުން ކަނޑާލާ ވެރިންފިލީ ނޭވާލާނިޒާމުންވެސް ވައްކަންކުރީ ކޮބާވެންޓިލޭޓަރްތައް ކޮބާފުލޯޓިން ހޮސްޕިޓާތައް