އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގުގެ ނަމުގައި ހިންގަމުން ދަނީ އެމްޑީޕީއާ ވާދަވެރި ފަރާތްތަކުގެ ނަންތައް ޚަރާބު ކުރުމަށް ވަރަށް ވިޔާނުދާ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އުޝާމް ވިދާޅުވީ އެ ރިޕޯޓަކީ ވެސް ގާނޫނުއަސާސީއާ ޚިލާފު ރިޕޯޓެއް ކަމަށެވެ.
މި ކަން ތަފްސީލް ކޮށްދެއްވަމުން އުޝާމް ފުރަތަމަ ފާހަގަ ކުރެއްވި ކަމަކީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކޮމިޝަންތައް އުފެއްދުމުގެ ބާރު ލިބިދޭ ބާބަށެވެ. އެ ބާބުގައި އޮންނަ ގޮތުން، އެ ކޮމިޝަންތަކަކީ ރައީސަށް ލަފާ ދިނުމަށް އޮންނަ ކޮމިޝަންތަކެއް ކަން އުޝާމް ފާހަގަ ކުރެއްވިއެވެ.
އޭނާ ދެން ފާހަގަ ކުރެއްވީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ނަމުގައި ނަވާރަވަނަ މަޖިލީހުން ފާސްކުރި ގާނޫނަށެވެ. އެ ގާނޫނުގައި ވެސް އޮންނަ ގޮތުން ތަހުގީގު ފުރިހަމަކޮށް ރިޕޯޓް އަރުވަން އޮންނަނީ ރައީސަށް ކަން ފާހަގަ ކުރެއްވިއެވެ.
"ކޮމިޝަނުން ތަހުގީގެއް ފުރިހަމައެއް ނުކުރޭ. އަދި ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރުމަކަށް ގާނޫނަކު ނެތް އިރު، ލިސްޓު މަޖިލީހަށް ޚިއްސާ ކުރީ، މިއީ ގާނޫނު އަސާސިއާއި ގާނޫނުތަކާ ޚިލާފަށް ކުރި ކަމެއް،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތު ކަމުގައިވީ އިރު، އެ މަސައްކަތް ކުރާ މަންޒަރެއް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ސިޔާސީ ގޮތުން ވިޔާނުދާ އަމަލެއް ހިންގާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގި ގޮތުގެ މައްޗަށް، އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް އެކުލަވާލި އޮޑިޓް ރިޕޯޓުން ވެސް ދައުލަތުގެ މުދާ ނާޖާއިޒު ގޮތުގައި ބޭނުން ކުރި ގޮތުގައި ޚިޔާނާތުގެ ފައިސާ ދައުރު ކުރި ގޮތް ފެންނަން އޮންނާނެ ކަމަށެވެ.
އެކަމަކު މުޅި ތަހުގީގު ޚިޔާނާތުގެ އެންމެ އިސް މޭސްތެރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާންތަކުގެ މައްޗަށް ބިނާ ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ސަރުކާރާއި އެމްޑީޕީއާ ޚިޔާލު ތަފާތު ވުމުގެ ނަން ޚަރާބު ކުރަން ކުރާ ވިޔާނުދާ އަމަލެއް ކަން ފާހަގަ ކުރަން،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވަނީ މީގެ ކުރިން ވެސް، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމު ކޮށްލުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެ ލިސްޓުގައި ހިމެނޭ ގިނަ ބައެއްގެ ބަޔާން ވެސް ނެގިފައި ނުވާއިރު އެއީ ރިޔާސީ ކޮމިޝަންގެ ފެއިލްވުމެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.
ޚިޔާނާތުގެ ލިސްޓުގައި 281 މީހެއްގެ ނަން އޮތްއިރު، މީގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބޭފުޅުންގެ ނަން ވެސް ހިމެނެއެވެ. ކުރީގެ ފަނޑިޔާރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އޭރުގެ އިސްވެރިންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން ހިމެނެއެވެ.
މީގެ ތެރެއިން މިހާރު ދައުލަތުގެ ވަޒީފާތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި ވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އައްޔަން ކޮށްފައިވާ މަގާމުތަކުގެ އިތުރުން އިންތިޚާބީ މަގާމުތައް ހިމެނެއެވެ. މިހާރު މަގާމުތަކުގައި ތިބި މީހުން، ތަހުގީގު ނުނިމުނަސް، ވަކިކުރަން ކޮމިޓީން ހުށަހަޅައެވެ.
މީގެބޭނުމަކީ އަނެއްކާވެސް ޕާޓީކުދިންކޮޅަކަށް ވަޒީފާހަމަޖައްސާދިނުން ފާސިގެއްގެބަޔާނެއްގެމައްޗަށް ހުކުންކޮށް ނިންމާލުން އެވެސްބޭނުންވާ ވަކިނަންތަކެއް ލިސްޓުގަހިމަނައިގެންހިންހަމަނުޖެހޭއެތައްބައެއްގެއަބުރުކަތިލުން
ފާސިގެއް ކަމަށް ކަނޑައަޅަން ކަލޭތީކާކުތަ؟ ފާސިގަ ކީ ޔާމީނޭބުނަން މާއައުލާ ކަންބޮޑު.
ނުބައި ނުލަފާ ހިޔާނާތެެިޔާ ހިފާހައް ވަގުތުން ހައްޔަރުކުރަންގޮވާލަން ރައްޔަތުންގެ ފައިސާ ތިންބިލިޔަނާގާތައް ހިޔާނާތެރި ކަލޭގެ އެހިއުޅުނީ އިއްޒަތުގާ މިނުބައި ކަލޭގެ ލިސްމިހަދަނީ މކަލޭގެ ނުގަބޫލުވާ މީހުންލިސްޓު ހަދާފައި މިއީ ހިޔާނާތެެރިނޭ ބުނީބަލަންވީ ދެންކިހާހެއްވާ؟؟
ފައިސާތަށް ބެހީ ގޯނި ގޯންޏަށް އަޅައިގެން ކަމަށް އެ ކަން ކުރިމީހުންވަނީ ރައްޔިތުން މަޖިލީހުގަ މީޑިއާތަށް ކުރިމަތީ އެއްބަސްވެފަ.މިގޮތަށް ކޮއްފައޮތް ވައް ކަމެއްވީމަ ދެންޖެހޭނީ
މުހާރުހުރިފޮޓޯވަރަށްރަނގަޅު .. شكرا
ސުޕްރީމް ކޯޓަށާއި ހުރިހާ ތަނަކަށްވެސް މިސަރުކާރުން އަތްބާނަނީ
ޤާނޫނާއި ޚިލާފްވީމާ އަދަބު ލިބޭނީ ނިކަމެތިންބަށް. ބޮޑެތި މަޤާމްތަކާހަމަޔަށް ޤާނޫނު ނުހިނގާތީ ވެރިން ބޭނުންގޮތަކަށް އުޅެނީ. އަންދާޤާނޫނު ލަވަޖަހަން އިނގެނީ ތިމާގެ ޕާޓިއާއި ދެކޮޅަށް.