އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯސް – 146" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ މިއަހަރުގެ ޖޫން 28 ގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ފެށުމަށް ހަމަޖެހިފައިވާ ތަމްރީނު ކޯހެކެވެ. މިއީ ހަތަރު އަހަެރު ދުވަހުގެ ކޯހެކެވެ. މި ކޯސް ކުރިއަށް ދާނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކުން ވާން ޖެހޭނީ އޭލެވެލް ތިން މާއްދާއިން ފާސްވުން (ދިވެހި، އިސްލާމް މާއްދާ ނުހިމަނާ)، މި އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން އަދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ކޯހަށް ދިވެހިންނަށް އޮތީ އެންމެ ޖާގައެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު ފަހު މެއި މަހުގެ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގއަށް އީމެއިލް ([email protected]) އަށް ފޮނުވަން އެދޭ ކަމަށެވެ.

ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓްއިން ޑައުންލޯޑުކުރެވޭނެއެވެ. ކޯހާ ބެހޭ އިތުރު މައުލޫމާތު އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 7534599 އަށް ގުޅައިގެން ކުރިއަށް ގެންދެވޭ،ެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަލީ

    ރަނުގެ ފުރުސަތެއް، ބެޗްލާސް ޑިގްރީ އެއް ލިބުމާއިއެކު ކަމިޝަން ކުރެވިގެންދާނެ، މުސާރަ މަދުވެގެން 20،000 ޔަޤީން.

    1
    2
  2. ޙަސަނާ

    އަދިރަގަޅީ އިސްލާމްދީނުގެ އެއްކަމެއްވެސްނޭގޭމީހަކައްވިއްޔާ...