ކޮވިޑް-19 ޖެހިގެން މިއަދު ހަތް ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިޔާވެފައި ވަނީ 62 އަހަރުގެ އަންހެނެކެވެ.

އޭނާއަކީ މިއަދު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ މީހެކެވެ. މިއަދު ކުރިންވެސް އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައެވެ.

މިއަދަކީ ރާއްޖެއިން ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ ދެމީހުން ނިޔާވީ ލ.އަތޮޅުންނެވެ. އެއީ އަންހެނަކާއި ފިރިހެކެވެ. މިއަދު ތިން ވަނަ މީހަކު ނިޔާވީ މާލެ އިންނެވެ. އެއީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ މީހެކެވެ. އޭގެ ފަހުން ނިޔާވި ތިން މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 112 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގަައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި 39 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި އަހަރު މިހާަތަނަށް 64 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ތީނަ

  މީގެ ތެރޭގައި ވެ ކްސިން ޖެހި ކިތައް މީހުންބާ؟

  27
  1
 2. ނޫން

  ވެކްސިން ޖަހާފަ ތިބި މީހުންނާއި ކޮވިޟީލްޑް އަދި ސިނަފޯމް ޖެހިމީހުންގެ ތެރެއިން ކޮވިޑުގެ އަސަރު ބޮޑުވާ މީހުންގެ ތަފްސީލު ދިނުން
  މުހިންމު

  18
 3. ދުންމާރި

  ކޮވިޑުގަ ނިޔާވާ މީހުން ގިނަވާނެ ކޮވިޑު ޖެހޭމީހުން ގިނަވާނެ މި ސަރުކާރު މި އޮތީ ކޮވިޑަށް ފަރުވާ ދިނުމުގަ ފެއިލްވެފަ ދައުލަތް ކައިހުސްކޮށްފި ވީކަމެއް ހަރާމް ޓެސްޓުކުރާމީހާގެ ނަތީޖާ ލިބެނީ 10 ދުވަސްފަހުން އެހާހިސާބުން ބަލިޖެހުނުމީހާ އެތައްސަތޭކަ ބަޔަކާ ކޮންޓެކްޓުވެ އެތަށް ސަތޭކަ ބަޔަކަށް ބަލިފެތުރެނީ ހާއްސަ އިނާޔަތުގެ ދަށުން މުޅި ރާއްޖެއަށް ކޮވިޑު ފަތުރާލީ ނުވިތާކަށް އިންޑިޔާއިން އާވައްތަރުތަކުގެ ކޮވިޑު ވައިރަސްތަށް ރާއްޖެއަށް އިންޕޯޓުކޮށް ބަހާލީ މުޅި ދައުލަތް ފެއިލްވެފަ މުޅި ޤައުމު ދުވަނީ ކެނެރީގޭ ނަޝީދު ފަހަތުން ރައްޔިތުން ފެލައިގެން ޖުރުމަނާކޮށްގެން ރައްޔިތުން އަތުން ފައިސާފޮއްޗެއް ފޭރިގަނެވޭތޯ ސަރުކާރުން ބަލަނީ މަޖިލީހުން ކޮންމެސްް އެއްޗެކޭ ކިޔާފަ ޤާނޫނޫތައް ހަދައިގެން ރައްޔިތުން ކަރަށް އަތްބާނައި ގޮހޮރުދަމަނީ

  40
  2
 4. ކޮފިީ

  ޕްރިޔަންކާ އެހިިީވަނިީ އިންޑިޔާ ކޮވިޑް އަށް

  5
  2
 5. Anonymous

  މިހާތަނަށް މަރުވި މީހުންގެ ތެރެއިން ވެކްސިން ޖެހިފައި ހުރީ ކިތައް މީހުނަށް ބާ

  17
 6. Anonymous

  ކޮންކަހަލަ ފަރުވާއެއް މިދެނީ.
  ރަނގަޅު ބޭސް ދެވޭތޯ ބަލާ. ސަރުކާރުން ތަންކޮޅެއް ޒިންމާ ފާރުވެ ފިޔަވަޅުތައް ކުރިއަށް ގެންދަވާ. މިދެވޭ ބޭސް ކަމުނުދަނީބާ؟.
  ކޮބާތޯ ހެލްތު މިނިސްޓަރު . އަމީން ހުރިނަމަ ހުރިސް ފޯރި އަރުވާލައިފާ.

  13
  1
 7. މޮހޮދު

  ކޮބާތަ މި ގައުމުގެ މަހުޖަނު؟ އޭނަގެ އެއްވެސް އެހީއެއް މި ގައުމަކަށްނެތްތަ؟

  19
 8. ދެރަ

  ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ޚިދުމަތްތައް ރަނގަޅު ކުރައްވާ.. ރައްޔިތުންގެ ހައގުގައި

 9. ބީރުމީހާ

  ކަލޭނޭ ހުލުމާލެ ފެސިލިޓީ ޗެކްކުރަންވެއްޖެ އެއްނު އެތަނުން ފަރުވާ ހޯދަނީ ނިކަމެތިން ބޮޑުން ދަރުމަވަންތާގަ ބަލަ ދަރުމަވަންތަހެދީ ބޮޑުންނަށްއެކަނިނޫނޭ އަހަރުމެންގެ ލާރިއޭ އެވެސް ރައީސްމީހާ އަދި ނަިމޫނާ މިކަމާ ޖަވާބެއްދީބަލަ ފެސިލިޓީ މީހުން މަރަށް ގެންދާތަނެއްތަ ވެންޓިލޭޓަރުގަނޑެއްވެސް އެތާ ނުހުއްނަނީތަ

  8
  1
 10. ނާރު

  ނަށީދުގެ މައްސަލަ ބަލާ ނަނދޫބަށް ލާރިދޭންވެގެންތަ މުސްކުޅިން މަރަމުން ތިޔާގެންދަނީ ރަގަޅު ގޮތެއް އާއިލާތައް ހިތާމައިގާ މިވެރިން މަޖާކުރުމުގައި

 11. ޙިންނަބެ

  މަރުވާ ކޮންމެ މުސްކުޅިޔަކަށް 5ހާސް ގައުމަށް ލިބޭ އާމުދަނީ އިތުރުވޭ މި ހާލަތޔފައިވެސް ޖޫރިމަނާކޮއްގެންވެސް ރައްޔިތުްފެލަނީ

 12. ޝިރޯ

  ވަގުތު ނޫސް ސާބަސް މިސަރުކާރު މިއޮތީ ބޭނިފައި ބޮޑެތި ހިބަރު/ ބޮޑެތި މިޔަރު ހިބަރުވަދުގައި ރަގަޅަށް ޖެހިފައި ހިތެއްނެތް ހިމާރު ކިޔަފަދައިން އިބޫ ކަލޭގެ ލަގޮޑިއެއް އަދި ހިތެއް ނެތީތަ؟ މީދާކާފައި އޮތް ހުސް އުބެތައް އަދިވެސް އިސްތިއުފާ ނުދޭން ތިގަދަ ފައި ވިއްދަނީ ކޮން ހަސަދައެއް ރައްޔިތުންނަށް އޮންނާތީ ބަލަ ނުވީމަ ނިޝީދުވެސް ރައްޔިތުންގެ ހައްޤުގައި ދިޔައީ ފަހުން ހުޅުޖެހިޔަސް ހުޅުޖެހީވެސް ރައްޔިތުންގެ ހައްޤުގައި މޮޔައިބޫ ހޭވެރިކަން ވާން އަދިވެސް ނުވޭތަ މިއަދުވެސް 7 މަރު ފަރުވާނުދެވިގެން ގަމާރު އިބޫ ފޮޓޯފްރޭމް

 13. ބެރު

  މިހާރު ޤައުމުގައި މިއޮތީ ގެވެށި އަނިޔާ އާއި ބޮޑު ކޮވިޑް އިބޫ މިއަދުވެސް 7 މަރު މީ ސީދާ ކަލޭގެ އަމިއްލަ އެދުން ބޮޑުކަމުން ދިމާވިގޮތެއް ދުނިޔެއަށް މި މުސީބާތް އައީވެސް ކަލޭގެ ވެރިކަމުގައި މި މުސީބާތް ޖެހެވެގެން އެކަކަށް ޖެހޭ ބަލާ ހާސްމީހުންނަށް ދިމާވެޔޭ ބުނާފަދައިން މިއޮތީ ވަގު ވެރިކަން ބަލާވެރިކަމަކަށް ބަދަލުވެފައި ދެން މިކަމަކުން ކަލެޔަށް ރައްޔަތުން މިންޖު ކުރެވޭނެތަ؟ އަދިވެސް ވައްކަން އޮކްސިޖަން ހުސްވެއްޖެ ރައްޔިތުން މަރުވަނީ ވެންޓިލޭޓަރެއްނެތް ކޮވިޑް ބަލީގެ މީހުން ވެންޓިލޭޓަރުގެ ކިއުގައި ވިސްނަބަލަ މިއަދު 7 މަރު މޭޒުމަތީ ދެއަތުގެ ފުއްޖަހައިގެން ބާއްވައިގެން އިދެ ޓީވީއަށް އަރާ ރޮއި އަތް ގުޑުވާވެސް ނުލާތި ސަހަރޯ

 14. Anonymous

  މިއީ ގަސްތިގަ ސަރުކާރުން ރައްޔަތުން ޖެއްސި ހާލެއް