އަމަން ބެލެހެއްޓުމުގައި ސިފައިންނާއި ފުލުހުން ދެއްކީ ތާރީހުގަ ލިޔެވިގެންދާ ވަރުގެ ނަމޫނާއެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިރޭ ރުމާލު 2 ޖަގަހައިގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ގާނޫނު އަސާސީ ތަންފީޒު ކުރުމުގައި ސިފައިންނާއި ފުލުހުން ކުރައްވާފައިވާ މަސައްކަތްތަކަކީ ތާރީީހުގައި އައު ސަފުހާތަކުގައި ލިޔެވިގެންދާނެ ކަންތައް ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އެންމެންގެ ހައްގުތައް ސަލާމަތް ކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުން ކޮށްދީފައިވާ މަސައްކަތްތަކަކީ އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ތާރީހުގެ އައު ސަފުހާތަކުގައި ލިޔެވިގެންދާނެ ދުވަސްތަކެއް." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ޕީޕީއެމްއާއި އެމްޑީއޭގެ މަޖިލީހުގެ މެމްބަރުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޕާލިމެންޓްރީ ގްރޫޕުގެ ބަދަހިކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށާއި އެ މެމްބަރުން ކުރައްވާފައިވާ މަސައްކަތަކީ ރާއްޖޭގެ ތާރީހުގައިވެސް ދިވެހި ރައްޔިތުންނަށްޓަކައި ކޮށްފައިނުވާހާ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އިސްތިގުލާލު ރަނގަޅަށް އޮތް ކަމަށް އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރަން ޖެހޭ. އަދި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޅުގަނޑުމެންނާއެކު އެކު މި ވަޑައިގަންނަވަނީ އަޅުގަނޑުމެން ރާއްޖޭގެ ތަރައްގީއަށް އަޅުގަަނޑުމެންގެ ރައްޔިތުންނަށް ބޭނުންވާ ދިމާލަށް ކަން އަޅުގަަނޑުމެން އެންމެ ގަބޫލުކޮށް އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    ސަރުކާރައް އާދޭހާއެކު ދަންނަވަން.. ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކޮށްދޭން.. އެބޭފުޅުން ނަކީ ވަރަށް ގިނަ ކަންތައްތަކެއް ސެކްރިފައިސް ކުރަމުން އަންނަ ބައެއް.. ސަލާމަތީ ޚިދުމަތް ތަކަށް ނިސްބަތްވާ %93 އަކީ ރާއްޖެތެރެއަށް ނިސްބަތްވާ ބޭކަލުން..ލިބޭ މުސާރައިން ކުލިދައްކައިގެން އަނބިދަރިން ގޮވައިގެން ނޫޅެވޭތީ އެތައް އާއިލާއެއް އެދަނީ ރޫޅެމުން.. މިހާރުވެސް އެތައްގެޔަކުން އެދަނީ ފުލުހުންނާ ސިފައިން އުޅޭތީ އެތައްޖެއްސުމެއް ކުރަމުން. މުސާރަ ބޮޑުކޮށްދީ ނޫނީ ރައްކާތެރިކަމާއެކު އަނބިދަރިން ގޮވައިގެން އުޅެވޭނެ ގޮތެއް ހަދައިދީ.

    • ޙަސަން

      މުސާރަ ބޮޑުވާނެބާ؟؟

  2. ޙަސަން

    މުސާރަ ބޮޑުވާނެބާ؟؟؟

  3. ާފަރީދު

    ކޮންރާއްޖެތެރެ އެއް އެމީހުންގޮސް ރަށުގަ ތަރައްގީއަށް މަސައްކތް ކޮއްބަލަ ތިގޮތައްހޯދާލާރިއައްވުރެ މާ ބަރާތް ހުންނާނެ

  4. ވިސްނާމީހާ

    ކުރީރޭ އަޅުގަނޑު ކައިރީގަ ބޭރުމީހަކު (ގައިޑަކު)ބުނީ އޮޕޮސިޝަނަށް ވިން ވީހޭ؟ކީއްވެހޭ އެހީމަ ބުނީ އެމީހުން އެބަތިއްބޭ މަގުމަތީގަ ނަށާ އަތް ޖަހަން.ހުރެ ހުރެ ތިމަންނަށް ނޭގުނޭ ވެގެން އުޅޭ ގޮތެއް. ވާގޮތަކީ ރައީސް ޔާމީން ހިކުމަތް ބޭނުން ކޮށްގެން ވިސްނުންތެރި ކަމާއެކު މިކަން ކުރީމަ އިދިކޮޅު މީހުން އެއުޅެނީ ބުނާނެއްޗެއް ފާޅު ކުރާނެ ޝުޢޫރެއްވެސް ނެތިގެންނެވެ.