މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ އޮންލައިކޮށެވެ. މިއީ މުއިއްޒު މޭޔަރުކަމާއި ހަވާލުވެޑައިގެން، ބައްދަލު ކުރެއްވި މި ސަރުކާރުގެ ފުރަތަމަ މިނިސްޓަރެވެ.
މިނިސްޓަރ މުއިއްޒު ނަހުލާއާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ނަހުލާގެ އިތުރުން އޭނާގެ ޓީމާއި މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
Met with Minister @aishath_nahula and her team today and discussed how to fast track solving transport related issues in Male. @MaleCitymv pic.twitter.com/xvAppTWFJC
— Dr Mohamed Muizzu (@MMuizzu) May 19, 2021
އަދި އެ ބައްދަލުވުމުގައި މާލޭގެ ދަތުރުފަތުރާއި ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ
މާލެއަކީ ވަރަށް ބޮޑަށް ދަތުރުފަތުރުގެ ނިޒާމަށް ލޮޅުން އައިސްފައިވާ ސިޓީ އެކެވެ. އެ ސިޓީއަކީ ކާރުބާރުބޮޑު ސިޓީއެއްވެސް މެއެވެ. ހާއްސަކޮށް މާލޭގައި ޕާކް ކުރާނެ ޖާގަ ނެތްކަމުގެ ޝަކުވާތައް ބޮޑެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް މިހާރުވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. މިއީ ސިޓީ މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ.
ދޮން ކަލޯ ރައީސް ކަން ކުރަން ފެށީ ތަ؟
ދަރިފުޅާ ނިހާދު! މިހާރު އެސޮރު އެހުރީ މާލޭ މޭޔަރުކަމަށއ ހޮވިފަ. އެހެންކަމުން، މާލޭގެ އެކިއެކި ކަންކަން ރަނގަޅު ކުރުމަށް ކަމާ ގުޅުންހުރި މިނިސްޓަރުންނާއި އެނޫން އެހެން ފަރާތްތަކާއި ބައްދަލުކުރަންޖެހޭނެ. އެކަމަކީ ހުސްއެކަނި ރައީސްއަށް އޮތްކަމެއްނޫން.
ކޮއްކޯ؟ ޑރ މުއިޒަކީ ޕަޕެޓެއްނޫން.. ޝިފާމެންހެން..ކޮއްޓާލިމަ ތެޅިގަންނާކަށް..ކަންކަންކުރާނީ ޕްލޭންކޮށްގެން ރާވައިގެން...ކޮބާ ލަދުހަޔާތް ބުރިޖުމަތިން ދުއްވާ ނަގާއިރު؟ ބޯކޮން ސަލާމް
އިޚްލާސްތެރިކަމާއެކު މަސައްކުރައްވާކޮންމެފަރާތަކައްވެސް ﷲ ކާމިޔާބު ދެއްވާނެ.
މާލެޔަށް އޮތް ހައްލަކީ މާކެ އަލުން ރީޑިޒައިން ކުރުން ރައީސު އަމީނު ދީދީގެ ރައްވެހި ތަރައްޤީއާއި އެއްގޮތަށް މާލޭގައި ހުރަހާއި ދިގަށް ރޯނު ދަމާ މަގުތަށް ހަދާ، ދެކޮޅުން އުދަރެސް ފެނޭވަރުގެ މަގުތަށް ހަދާ، ފޫއަޅުވާލަން ޖެހޭ މަގުތަށް ހުރަހާއި ދިގަށް ފޫއަޅުވާލައިގެން، ޗާދަނީ މަގހ ސޯސަން މަގު ފަދަ ކޮޅުބެދިފައިވާ މަގުތަށް ސީދަލަ ފޫއަޅުވާލައިގެން !
ޝިފާ މެން ދެ ދައުރު ނިންމާލީ ފިނަހަކަ ދުވެލީގައި މާލޭގެ ރިންގް ރޯޑްގައި ތާރު އަޅާ ތަން ވަރަށް އަވަހަށް ފެންނާނެ އެންމެނަށް ވެސް ފަސޭހަ ވާނެ ބަލަން ތިބޭ ސަރުކާރާ ގުޅިގެން މަސަައްކަތް ކުރަން އެނގޭނީ ވެސް އެނގޭ ވަރުގެ ގެ ގާބިލް މީހުންނަށް އިއްޔެ ވެސް މުއިޒް ވިދާޅުވި ސަރުކާރުން އެއްބާރުލުން ލިބޭނެއޭ ޝައްކެތް ނުކުރަމޭ އޭރުން ސަރުކާރަށޭ ރީތި ނަން ލިބޭނީ
ކޮބާ ގާބިލް މީހުން ފެނޭނު މެކުހަށް ޖަހާފައި އެހުރީ ބަދަލު ފެންނާނެ އިރާދަ ކުރެއްވިއްޔާ ފަހި ދުވަސް ތަކެއް ފެންނާނެ ރިންގްރޯޑް ގައި ނުނިމި އޮތްބައިގާ ތާރު އެޅުމުން މުދާ އުފުލާ މީހުންނަށް މާލެ ވަށާ ބުރުޖަހާ މީހުންނަށް ޓްރެފިކަށް ލުއިވާނެ
ނަހުލާ އަކީ އަސްލުގަވެސް ހާދަ ރީތި ކުއްޖެކޭ.
ވައުދާއި ހިލަފުވީ ރައީސް އާއި ބައްދަލު ކުރަން ވަުދުވީ ފުރަތަމަ
ދަތުމާ ނުދަތުމާ ހުރި ތަފާތު މި ފެންނަނީ. ކުރިން ހުރި މޭޔަރު އަބަދުވެސް އުޅެނީ ލައިނުގަނެގެން މީހުންނާ އަޅައިގަނެގެން ނުނެއްޓިގެން އެކަމަކުން މިންޖުނުވެވިގެން. މިހާރު ހުރި މޭޔަރު މިއުޅެނީ ދައުލަތުގެ ވަޒީރުންނާއި ވެރިންނާ މަޝްވަރާކުރުމާއި ޕްލޭންތައް ހެދުމާއި ތަންފީޒުކުރުމުގައި އަވަދިނެތި.
ކޮވިޑްގެ ވާހަކަވެސް ހަދުމަ ކުރައްވާ
އެކަމަނާ އާއި ކޮންމެހެންވެސް ބައްދަލު ކުރަން ވާނެ ! އެހެންނޫނީ ތިކުރަން އުޅޭ ކަންތަކަށް ޚަރަދު ކުރާނެ މީހަކު ނުވާނެ ! ތިއީ ތެލިދޮންނަން ޖެހުނަސް އެކަން ކުރާނަމޭ ބުނި މީހާގެ އަބިގޮއްޔެވިއްޔަ !
މިހާރިު ރަޙިމް ބެ މަތިން ހަނދާން ނެތި ގެން އަނެއް ރ އްޖެ އާއި ދިމާލަށް ދަތުރު ފެށީ ދޯ
މަޖީދީ މަހުން ހުޅަނގަށް އައިސް އޯކިޑް މަގުން ލާފައި އަމީނީ މަގަށް އަދި ދެން ސޯސަންމަގުން އެނބުރި މަޖީދީ މަގަށް ދެވޭގޮތައް ރާއްޖެއަށް ކަސްޓަމައިޒްޑް އިލެކްޓްރިކް ޓްރޭމް އެއް ތަޢާރަފް ކޮށްފިނަމަ ޓްރެފިކްގެ މައްސަލަތައް ހައްލުވެގެންދާނެ.
އެކަނާ ނުފެންނަތާ ގިނަދުވަސް ވީމަ ރައްޔިތުންނަށް ދައްކާލީ ގަދަ މުއިއްޒޫ ހއ މެކުހަށް
ވާނުވާނޭގޭ މީހުން ކޮމެންޓު ކުރީމަ މިވާގޮތަކީ އަތަށް ގޮވަނީ. ބޮލުގަ ތެޅާއިން ޖެހިފަ ތިބި ގަމާރު މާލޭ މީހުން މިގަރުނުގަ ކުރި އެއްމެރަނގަޅު ކަންތަށް، މޭޔަރ ކަމަށް މުއިއްޒް ހޮވުމަކީ. އޭގެ ނަތީއްޖާ ބަލަން ތިބޭ. ކަލޭމެންނަށް ހަލާކުހުރި.