ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނުކަމަށް ބުނާ މައްސަލާގައި އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) ފުލުހުންނަށް ބަޔާން ދެއްވައިފިއެވެ.

ބަޔާންދެއްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ދެ ގަޑިއިރަށްވުރެ ގިނައިރުވަންދެން ފެމެލީ އެންޑް ޗައިލްޑް ޕްރްޓެކްޝަން ޑިޕާޓްމެންޓްގައި ހުންނެވުމަށްފަހު އަސްރާ، ބޭރަށް ނިކުމެ ވަޑައިގެންނެވީ އޭނާގެ ބޭބެ ހައިދަރު ނަސީމާއެކުއެވެ. މައްސަލައާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދޭން އަސްރާ ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް ބަޔާން ދެއްވާފައިވަނީ އީސާއާ ދެކޮޅަށްކަން ވަނީ "ވަގުތު" އަށް ކަށަވަރުވެފައެވެ.

އެނގިފައިވާ ގޮތުން މި މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އީސަ ދިރިއުޅޭ އިމާރާތުގައި އުޅޭ މީހަކު ބުނީ، ރޭ ދަންވަރު އެކެއް ޖެހިހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. އެއް އެޕާޓްމެންޓެއްގައި ދިރިއުޅުއްވިޔަސް ދެމީހުން ވަނީ ވަރިވެފައެވެ. ނަމަވެސް އަދިވެސް ކޯޓުން ވަރިކޮށެއް ނުދެއެވެ.

ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މިކަމާއި ގުޅޭ ގޮތުން އީސައަށް ގުޅާލުމުގެ ފޯނަށް ޖަވާބުދެއްވާފައިނުވާތިވެ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ. މައްސަލައާ ގުޅިގެން އީސަ ފުލުހަށް ހާޒިރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންވިޔަސް ފުލުހުންގެ އުސޫލުތައް އޮންނަ ގޮތުން، ނަމެއް ހާމައެއް ނުކުރެއެވެ.

ނޯޓް: މި ހަބަރުގައި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯ ހިމަނާފައި ވަނީ އެފަރާތުގެ ހުއްދަ އާއި އެކުގައެވެ/

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. އާދައިގެ މީހާ

    އާދައިގެ މީހެއްނަމަ މިހާރު އޮންނާނީ ކުޑަގޮޅީގައި...

    240
    4
    • ޙހ

      ރަނގަޅު ވަހަކަޔެއް. އާދައިގެ މީހެއްނަމަ މުއްދަތުޖަހާފަ ގޮލީގައި އޮންނާނި. ވަގުތުން ބަޔަންވެސް ނަގާނެ. އަދި ފުލުހުންނަށް ލިބެން އޮތް އެންމެ ދިގުމުއްދަތަކަށް ހައްޔަރުގައި ބައްވަނެ. ކިއްކުރަނީ ބޮޑުންނަށް ވަކި ޤާނުނެއް. އެކަމުވެސް ވަރިހަމަތަ މިކަހަލަ މީހުން މަދާމާ އޮންނަ އިންތިހަބެއްގައި ކުރިމަތި ލިޔަސް އެވަގުތު އަތަށް ދިއްކޮލަ 1500 ރުފިޔަގެ ދަހިވެތިކަމުގައި ވޯޓު ދޭނޭ ދިވެހިން މިގައުމުގަ އުޅޭނެ. އިންޝާﷲ 1 ބިލިޔަން ރުފިޔާ އަތަށް ލާދިފަ ބުންޏަސް މަށެއް ނުދެނަން.

      76
      1
  2. Innocent anhenun

    Geveshi aniyaa akee firihenunge faraathun anhenunah libey aniyaa. Mi raajega anhenun firihenakahves adhi dhariakahves aniyaaeh nukuraane, yageen kashavaru.

    44
    30
    • ފޫހި

      ގަބޫލުކުރަން ބޭނުން ނުވިޔަސް ގިނައިން ގެވެށި އަނިޔާ ލިބެނީ ބޮޑެތި އަނިޔާތައް ލިބެނީ ފިރިހެނުންގެ ފަރާތުން މީގެ މާނައަކީ އަންހެނުން ފަރާތުން ނުލިބެއެކޭނޫން ދެ ޖިންސުގައިވެސް އަނިޔާވެރިން ތިބޭ

      87
      1
  3. ޙަނާ

    ރައްޔޮތުންގެ މަޖިލިސް މެންބަރެއް ވީމަ ހިވަނީ ތިމަންނާ އަކީ އުޑުން ފަޢިބައިގެން އުޅޭމީހެއް ހެން. ތިތާ ގިނަވާނީ ތިކަހަލަ މީހުން. ޢިންސާފު ލިބެން އެދެން

    238
    2
    • އާންމު

      އެޔޯ؟ އުޑުން ފައިބައިގެން އުޅެނީ އެގޮތަށްތަ؟

      6
      16
  4. ރިސޯޓް ބޯއީ

    އީސަ ކަލޭ ހިތުހުރިހާ ގޮތަކައް ހުރިހާކަމެއް ނުކުރެވޭނެ. 21 ވަނަ މާއްދާ ހިފައިގެން ދޭ އޭގަ އޮންނަ ގޮތައްކަންތައް ކުރެވިފަ ތިއޮތީ. އީސަ މިދުވަސްކޮޅު ހުންނާނީ ވަރައް ގޯސްވެފަ އެމްއެމްޕީއާރުސީ މައްސަލައިގަވެސް މީނަގެ ނަން އޮވެޔޯ. އަސްރާ ބަލައިގެން އުޅޭތި އީސަ ނުބަލާނެ ކުރަންވީމަ ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް.

    221
    6
  5. ސޭޓް

    ޢީސަމެން ކަޑައެއްނޫން! އަސޫ އަށް އަވަސް ޝިފާއަކަށް އެދެން. އީސާ މަޖްލީހަށް ގެންގޮސް ނީލްޑައުން ކޮއްފަ ބަހައްޓާންފެނޭ.

    47
    2
  6. އައްޑޫ މީހާ

    އާދައިގެ ނިކަމެތި މީހުންނަށް ގެވެށިއަނިޔާގެ ގަނޫނުންވެސް ހަރުކަަށި އަދަބު ލިބެނީ މިމީހުން ބޭނުން ކޮންމެ ކަމެއް ކުރަންވީ ގާނުނު އޮންނަނީ އޮންނަތަނެއްގައި މިހާރުން މިހާރަށް ހައްޔަރުކުރޭ

    36
    1
  7. Anonymous

    އިީސަ މަނިކުފަާނު ބަޑޮހުގަ އުޅުއްވި ވަނަމެއް ކިޔަާތޯ

    25
    3
    • ޙޔބ

      މި މީހުންގެ މައްޗައް ގާނުނު ހިނގާ ކަން ނުދެނަހުރިން

      14
  8. ޑިމޮކްރަޓިސްޓް

    ހާދަ ހަޔާތްކުޑަ ފިރެހެނެކޭމީ. ކަލޭ ބޭނުންހާއެއްޗެއް ނެހެދޭނެ މިފަހަރަކު! ބޮއިގެން ކެނޑިގެން އެހެންކަމަކާއުޅޭ! ސައިޒުގަހުރޭ!

    41
    3
  9. ޙަސަނާ

    މި5އަހަރު މޑޕ ގެ މަޖުލިސްމެމްބަރަކު މީހަކުމެރިއަސް ކުއްވެރިއެއްނުވާނެ އެކަންވަރައްފަހުރުވެރިކަމާއެކު އެމެމްބަރުންގެ ދުލުންބުނޭ..މިހާރުވެސް ދިވެހިރައްޔިތުން ފަނާވާއިރުވެސް އެމެމްބަރުންނައްބޮޑުވެގެންއުޅެނީ އަމިއްލަމަސްލަހަތު...

    35
  10. ޙައިރާތް

    ބޮޑްވަގު އީސާ ކަލޭ ަޒުރާއަށް އަނިޔާ ކުރީމަ ކަލޭ ވައްކަން ނުކުރާކަމަށް ވެދާނެތަ ކަލެއަކާ މިސަރުކާރަށް ޖެހިފައި ހުރިބަލާވެރިކަމެއް ރައްޔަތުންގެ ފައިސާ ބަނޑު އަޅާގެން ބޮޑުވަގެއް.

    31
  11. ޙަސަނު

    ޙުއްދަހޯދައިގެން ވިއަސް..... ޖަހަންޖެހޭތަ.

    19
  12. Anonymous

    ޢީސާ އަޙައްމަދު މަޤާމުން ވަކިކުރޭ.
    ލަދު ހަޔާތް ކޮބާ. ފާޑުފާޑުގެ އެއްޗިހި ބޮއިބޮއިގެން މިއުޅެނީ ބުރާންތިވެގެން.

    31
    2
  13. ކިނބޫ

    ޝާހީ ރޭޕްކޭސްގަ ވީހެން މާދަމާ ދައްކާނީ އެހެން ވާހަކައެއް. އީސާފުޅުމެން އަނިޔާއޭ ކިޔައިގެން އަނގަ ތަޅަން ތާހިރެއްނު.

    34
    1
  14. މޮޔަގޮލާ

    އަނބީންނަށް އަނިޔާ ކުރުމަކީ ހަރުކަށި ފިކުރުގެ މީހުންގެ ކަށީގައި ހިފާފައި ހުންނަ ކަމެއް!

    36
    5
  15. ހާޑީ

    ޙޯހޯ! ޢެއީ މެންބަރެއް....؟؟؟
    ޜޭޕް ކޭސް އަށްވީ ކިހިނެއްތޯ؟
    ވަރައް ސާފު އެއްވެސް ކަމެއް ނުވާނެ.... %100

    29
    1
  16. މުޙައްމަދު

    ދެން ސުވާލަކީ އެބުނާ އީސައެއްގެ ތުނބުޅިހުރިތޯ. ހުރިނަމަ ހުރީ ހައްދުފަހަނައެޅި މިންވަރަކަށްތޯ. މިހެން އަހާލަން މިޖެހުނީ ގެވެށިއަނިޔާއާ ދެކޮޅަށް ފާޑުފާޑުގެ ކާޓޫނުކުރަހާ އިސްތިހާރު ހަދާ މީހުންގެ އަޑު މިމައްްސަލާގައި ހަމަ މަޑުކަމުން

    38
  17. ޢިސްކޮޅު 5 ފޫޓް

    ޢަސްރާމެން އެބަވޭވިއްޔަ ތަނަކުން މީދަލެއް ފެނުނަނަސް ފައިސާއޮތީމަ އެފަހަތުން ދުވަން. ނިކަން އަހަރުމެންކަހަލަ ނިކަމެއްޗަކާ އިންނަމަ ހަމަ ޔަގީނުންވެސް ތިހާ ދަށުދަރަޖައަކަށް ނުދާނެކަމުގެ ޔަގީންކަން އޮންނާނެ.

    41
    3
  18. ކާފަ

    ކަޓެއް ޖެއްސީކަންނޭނގެ..

    15
  19. މާނު

    އަސްރާ އާއި ދެއަންބަށް އިންނަން ބޭނުން. ޕްލީސް ރިޕްލައިމީ

    20
    4
  20. ރިސޯޓް މީހާ

    މީ ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރާ މީހާޔޯ! އެދަޅަ ދައްކައިގެން މިގޮނޑި ހޯދީ. އަންނިގެ ވަރަށް އަރިސްމީހެއްތީ. ތީ ނައަކަށް އެއްކަމެވެސް ނުވާނޭ.. ޗެލެންޖްކޮށްފަ މިބުނީ...

    34
    • އަސްރާގެ ދޮންބެ

      ދެއަނބަށް އިންނަން ހަމަ އޯކޭ އެކަމު އީސަ ގާތު އަހާލާފަ އިނގޭނީ އޯކޭ.

      6
      1
  21. ނނނ

    އަނބިމީހާ ޖެހޭނެ ފިރިމީހާ އަށް ކިޔަމަންވާން އޭގެ މާނަ އެއްނޫން އަނބިމީހާ އަށް ހިތުހުރި ގޮތެއް ހަދަން

    23
    2
  22. ނަޝީދު

    ހިޔެއްނުވޭ ގަސްތުގަ އީސަ ތިވަރު ކަމެއްކުރާނެ ހެނެއް ބައެއްނޫސް ތަކުގަ ހުރި އީސަ މަސްތުގެ ހާލަތުގަ ހުރި ކަމައް އެހެންވީމަ އެކުރެވުނީ

    8
    16
    • މަރީ

      މަސްތުގެ ހާލަތުގައި ހުރެ ކުރެވުނު ކަމެއްކަމަށް ލަފާކުރެވެނީ. އެހެންވެ އޭނާ ހަނދާން ނެތުނީ.

  23. ޝާނީ

    ޕޮލިހުން ބުނާނީ ފެމެލީ މައްސަލައެކޭ ކިޔާފަ ތިކަހަލަ މައްސަލައެއް ނުބަލާނެ މީ ތަޖުރިބާ. ގޭގަ ތަޅައިގަނެގެން ޕޮލިހަށް ގުޅީމަ ޕޮލިހުންއަންނަނީ ހަދާނެއެއްޗެއް ހަދާފަ އެމީހަކުދާފަހުން އައިއްސަ މިބުނަނީ މާރާމާރި ހިންގި ފަރާތެއް ނެތެއްނޫންހޭ އޭނާއައިސް މާރާމާރީ ހިންގަންފެށީމަ އަނެއްކާވެސް ގުޅާލާށޭ އޭރުން އަހަރުމެން އަންނާނަމޭ ދެންވެސް އަންނާނީ 30މިނެޓު ފަހުން. އަދި ތިމަންނަމެންނަށް އާދެވޭއިރު އެމީހަކު ހުންނަންޖެހޭނީ މާރާމާރީހިންގާށޭ އޭރުންނޭ އެމީހަކު ތިމަންނަމެންނަށް ގެންދެވޭނީ. އެއްވެސް ރައްކާތެރިކަމެއްނެތް. ޕޮލިހުންނަކީ ނެތް ބައެއްކަން ގަބޫލުކޮއްފިން މިހާރު

    29
    1
  24. ދޮން އަލީ

    ވަރިވެގެން ދެމީހުން އެއްތަނެއްގަ އުޅުމަކީ މައްސަލައެއް ނޫންތޯ؟ވަރި ވީމަ ވާނީ ހިލޭ އަންހެނަކަށް ނޫންތޯ.އަދި އަނެއްކާ ކޯޓުންތޯ ވަރިކުރަނީވެސް.މަޖާ ކަމެއްމީ.އަސްރާ މަށާ އިންނަމަ ތިހެން ނުވީސް.އެއިރުވެސް މަބުނިން ތީނަޔާ ނީންނާށޭ.އަދިވެސް އެފުރުސަތު އެބައޮތް.މަމިހިރީ އިންނަން.އެއްވެސް ޝަރުތެއް ނެތި،ވަރަށް ލޯބިވޭ.އެކަމަކު ތިމައްސަލަ ދޫނުކުރާތި.

    18
    7
  25. ޢަލީ

    ޢިއްޒަތްތެރި މެމްބަރު.

    1
    8
  26. ލަދު

    މީހާ ހޭބުއްދި ހުންނާނީ ޢިލްމެއް ހިލްމެއް ހުރެގެންތާ. ތި އަހައްމަދަކީ ބަނޑޮހުގެ ކޮފީ ޝޮޕުގަ ވެއިޓަރަކަށް އުޅެނިކޮށް ވަހިއްދީނު އެހީވެގެން އެސޯސިއޭޝަނެއް ހަދާދިނީމާ ފިޔަފެޅި ސޮރެއް. މާބޮޑަށް ރައީސު ނަޝީދު ހެދިގެން އުޅޭ މޮޔަ ސޮރެއް. ތިމަންނަ އަށް ނުހައްޤު މުއްސަދިކަން ނުލިބެޔޭ ބުންޏަސް ފަސް އަހަރުތެރޭ ބޮޑެތި ފިހާރަތައް ހުޅުވީ ވަޅަށް ދާނިބާނައިގެން ނެގިފެނުން ކަން މަމެންވެސް ދެނެހުރިން.
    ދިވެހި ކަނބަލުންވެސް މިސޮރު ހެން އަރިއަރި މައްޗައް ފުނާ އަޅައިގެން އުޅޭ މީހުންން ސައިޒުކުރަން ވެއްޖެއްނު. ފޯއްމުލައް ކަހަލަ ޢިލްމީ ދަރިން ތިބި ތަނަކަށް މިކަހަލަ ސޮހޮލެއް ތިދިނީ ބޮޑު ލަނދެއް. އިނސާފު ލިބޭނެ ކަމަށް އުއްމީދު.

    17
    1
  27. ކޮރަލް

    މިފަދަ ހާލަތު ގަ އީސަ ވެސް ޓެސްޓް ކުރަން ޖެހެ އެވެ. ހަމައިގަ ތޯ ބަލާށެވެ.

    16
  28. ސަމާ

    ތިކަހަލަ ފި ރިހެނަކާއި އެކު އުޅެން ހެޔޮނުވާނެ. މުޅިއުމުރު ހިތްދަތިކަމުގައި އުޅުމަށްވު ރެ ތިމާދެކެ ލޯބިވާ ނިކަމެއްޗަކާއި އެކު އުޅުން މާބޮޑަށްވެސް ބުއްދިވެ ރި.
    ކަމަނާގެ ތިހިތްވަ ރަކީ ތިކަހަލަ ބައިވަ ރު އަންގެނުންނަށް ލިބިގެން ދިޔަ ހިތްވަ ރެއް.
    ތިކަހަލަ ކެ ރޭ ހިތްވަ ރު ގަދަ މީހުންކަމުގައި ﷲ އަޅަމެންގެ އަންހެން ދަ ރިންލައްވާށި.

    17
  29. ާމުހައްމަދު

    ތީރަނގަޅު ވާހަކެއް ކަމަށް ޤަބޫލެއް ނުކުރާނެ ތިމީހުން ދަންނަ ބަޔަކު އަމިއްލަ ފައިދާއަށް އަނެއް އިންސާނާގެ އަބުރު ކަތިލާ މީންގެ އަގުވައްޓާލާ މީހުން ފޟީހަތްކުރާ ހިންދީ ފިލްމުގަ ދައްކާކހަލަ ބައިކުޅެ ބައެއް ތީ ތީ މަހްލޫފް އަންހެނުންގެ ކޮއްކޮ ނޫން އެވެސް ހަމައެހެން އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެ

    5
    4
  30. ސޮރީ

    މަޖިލިސްތެ ރޭގައި މީނަ އެކަހރރި ކުރަންޖެހޭ.
    މީނައާއި ވާހަކަދައްކާނީވެސް އެކަހަލަ މީހުން.
    ހަޔާތްކުޑައީ ވަކިވަ ރަކަށްނޫން. އަނބިމީހާ ރޯނާގަންނަވާލާފައިގޮސް މަޖިލިހުގައި ގާނޫނު ހަދަން ؟؟

    16
  31. ޕާޕަ ޕާޕާ

    އަސް ރާ ކަނބުލޮ ތި ފި ރުހެންގޮލާއަށް މައުފު ނުކު ރާތި. ތިކަލޭގެއަށް އަދަބެއް ލިބުމަކީ ދިވެހި ފި ރިހެނުންނަށް ދެވޭ ވަ ރުގަދަ އިންޒާ ރެއް.
    ޢަދި އެތައް ފި ރިހެނުން ރަނގަޅުވާން މަޖްބޫ ރު ވާނޭސަބަބެއް.

    18
    2
  32. އިޔާދު

    ހިއުމަން ރައިޓްސް ކޮބާ މީ އެވާހަކަ ދައްކާ މީހުންގެ ހާލަތަކީ

    18
  33. އެލެކުސް އޮބި

    ޖީހާން ކީއްވެބާ ކުއްލި މަސަލައެއްގެ ގޮތުގަ އީސަގެ މައްސަލަ މަޖިލީހަށް ނުވެއްދީ،ނައިބުރައީސް އީވާ ކީއްވެތޯ ކަމަނާ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ބަލައި އީސަޔާ ދޭތެރޭ ފިޔަވަޅު ނޭޅުއްވީ، އެމްޑީޕީ މެންބަރަކަށް އީސަ ވީމަތޯ؟

    15
    1
  34. ހިލޮސް

    ތިޔަ އީސައެއް ނިކަން އަހަރެން އަތުޖެހޭ ހިސާބަށް ގެނެސްބަލަ އަނިޔާކުރެވެނި ކާކަށް ކަންދައްކާލާނަން……ފިނޑި ރަނޑާލި ގޮއްސަ އަންހެނަކަށް އަނިޔާކުރާއިރު ތީ ތިމާގެ ފެންވަރަކީ

  35. ސްކައިނާ

    ތިގެރި ކޮށީގަ މިދައުރުގަ އުޅޭ އިއްޒަށްތެރި މެމްބަރުންގެ ހާލު ތިއީ ...ހަޔާތް ކުޑައީ ވަ ކިވަރަކަށް ނޫން .. އެ ކަމަ ކު ވެސް ގާނޫނު ހަދާ މަޖިލީހޯ ..މިއޮތީވާ ގައުމެއް..!

  36. ަސަމީ

    އީސާ ކަލޭތީ މަ ހީކުރިވަރަށްވުރެ ފީކަޅާ މީހެއް. އަނބިމީހާ ރީތިގޮތުގަ ވަރިކޮއްފަ އާއިލާ ގާތަށް ފޮނުވީމަ ނިމުނީ. އަނިޔާ ކުރާނެކަމެއް ނެތް. ކޮންމެހެން ވަރިކޮއްފަ ވެސް ސާބިތު ކުރެވެންދެކަށޭ ކިޔާފަ ކަލޭގެ ގޭގަ ގުލާނުކުރާކަށް ބަހައްޓާކަށް ނުޖެހޭ

  37. އިސްކުރުބެ

    ދެން އިވޭނީ ވަރަށް ތަފާތު އަޑެއްކަން ނޭންގެ އަސްރާ އަކީ ހަރުކަށި ފިކުރުގެ މީހަކަށް ވާތީއޭ އީސަ އަނިޔާ ކުރި ކަމަށް އެބުނަނީއޭ ކިޔާ ފަ ފުލުހުން ބަޔާނެއް ނުނެރެފިއްޔާ ވާރަނގަޅު

  38. އާދިލު

    ކޮބާތަ އީވާ

  39. މީޙާ

    ލޯބި މަންޖެއެއް އީސަވެސް ނުވާނެ ދޯ އަނިޔާކޮށްގެނެއް.

    3
    1
  40. މުޖާހިދު

    ފިރިމީހާއަށް ތެދުވެރި ނުވާނަމަ މިކަހަމައސަލަ ޖެހޭނެ. ދެންވެސް ތެދުވެރި ކަންމަތީ ހުރެފިނަމަ މިބާވަތުގެ މަެސަލައެއް ނުޖެހޭނެ.

    3
    1
    • މަރީ

      ތެދުވެރި ނުވިޔަސް އަނިޔާކުރުމަކީ އެއްވެސް ޤާނޫނެއްގައި ނުވަތަ އެއްވެސް ޝަރީޢާތެއްގައި އޮންނަ ކަމެއް ނޫން. ތެދުވެރި ނުވިއްޔާ ނަސޭހަތް ދީ އިސްލާހު ނުވިއްޔާ ވަރިކުރީމާ ނިމުނީ. އަހަރެމެން އިނދެފާނަން. އީސަ އެކަންކޮށްފައިވާނީ މަސްތުގެ ހާލަތުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ. އެހެންމީހެއް ނަމަ އެގަޑީގައި އަޙުމަދު (ޢީސާއެއް ނޫން، ޢީސާއަކީ އޭނާގެ ބައްޕަ) ފުލުހަށް ގެންގޮސް މަސްތުވާ އެއްޗިއްސަށް ޕޮޒިޓިވްތޯ ބަލާން ޓެސްޓްކޮށް ޕޮޒިޓިވޭ ކިޔާފަ ހައްޔަރުކުރީސް. ނަމަވެސް ރޯޔަލް ނަޝީދުގެ ބެސްޓީ ކަމަށް ވީމާ، ގާނޫނު ހަލާކުކޮށްލާފަ ވެސް އީސަ ހުންނާނީ ސަލާމަތުން. މީ ގައްޒާފީގެ ފެހިފޮތް ބުނާ ޑިމޮކްރެސީގައި ކަން ހިނގާ ގޮތް.

      4
      1
  41. އީސަ

    އީސަ ގެވެށި އަނިޔާ ކޮށްފިއޭ މިމަންޖެ މިބުނަނި. ކޮންކަމެއްތަ ކުރީ. ވަރިވެގެން ހުރެ ޢީސަ ދިރިއުލޭ ގޭގައި އޫލެން ޖެހެތަ؟ ވަރިކުރީމަ އެއޮތީ ޒިންމާއިން ވަކިވެފަ. ދެން ހިލޭ އަންހެނެއްގެ ގޮތުގަ ފިރިހެނެއްގެ ގެގަ އުލޭ މައްސަލަ ފުރަތަމަ ބަލަންވީ. އޭގެ ފަހުން ގެވެށި އަނިޔާއަކަށް ވަާނީ. އެހެން ނޫނީ ކިޔާނީ ރޭޕުކުރުން، ޒިނޭ ކުރުން. ޒިނޭއާއި ކާރި ނުވާން ގުރުއާނުގައި އޮވޭ އަންގަވާފަ. ހިލޭ އަންހެނަކު އީސަގެ އެޕާޓްމެންޓަށް ވަދެ އުލުނު މައްސަލަ ތަހުގީގު ކުރަން އެބަޖެހޭ.

    2
    2
  42. އީމާން

    އީސަ ކަލޭ ހިތުހުރިހާ ގޮތަކައް ހުރިހާކަމެއް ނުކުރެވޭނެ. 21 ވަނަ މާއްދާ ހިފައިގެން ދޭ އޭގަ އޮންނަ ގޮތައްކަންތައް ކުރެވިފަ ތިއޮތީ. އީސަ މިދުވަސްކޮޅު ހުންނާނީ ވަރައް ގޯސްވެފަ އެމްއެމްޕީއާރުސީ މައްސަލައިގަވެސް މީނަގެ ނަން އޮވެޔޯ. އަސްރާ ބަލައިގެން އުޅޭތި އީސަ ނުބަލާނެ ކުރަންވީމަ ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް.

  43. އީމާން

    އީސަ ކަލޭ ހިތުހުރިހާ ގޮތަކައް ހުރިހާކަމެއް ނުކުރެވޭނެ. 21 ވަނަ މާއްދާ ހިފައިގެން ދޭ އޭގަ އޮންނަ ގޮތައްކަންތައް ކުރެވިފަ ތިއޮތީ. އީސަ މިދުވަސްކޮޅު ހުންނާނީ ވަރައް ގޯސްވެފަ އެމްއެމްޕީއާރުސީ މައްސަލައިގަވެސް މީނަގެ ނަން އޮވެޔޯ. އަސްރާ ބަލައިގެން އުޅޭތި އީސަ ނުބަލާނެ ކުރަންވީމަ ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް.
    އީސަ ކަލޭ ހިތުހުރިހާ ގޮތަކައް ހުރިހާކަމެއް ނުކުރެވޭނެ. 21 ވަނަ މާއްދާ ހިފައިގެން ދޭ އޭގަ އޮންނަ ގޮތައްކަންތައް ކުރެވިފަ ތިއޮތީ. އީސަ މިދުވަސްކޮޅު ހުންނާނީ ވަރައް ގޯސްވެފަ އެމްއެމްޕީއާރުސީ މައްސަލައިގަވެސް މީނަގެ ނަން އޮވެޔޯ. އަސްރާ ބަލައިގެން އުޅޭތި އީސަ ނުބަލާނެ ކުރަންވީމަ ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް.

  44. އީމާން

    ބޮއެގެންތަ ހުރީ

  45. ފަރީދު

    ތިޔަމައްސަލައެއް އިންސާފަކުން ނުބަލާނެ ދެން ލަލަލާ ޢީސަގެ ފަސްބައި ކިލަނބުވިޔަކަ މިސަރުކާރަކުން ނުދޭނެ ދެންބޮބޮބޯ

  46. އަބްދޫ

    ގެވެށި އަނިޔާ ހުރޭތަ؟ދެމީހުން ހަމަޖެހިގެން އަނބިމީހާ ފިރިމީހާގެ ކިޔަމަނުގަ އިންނަހާ ދުވަހަކު ގެވެށި އަނިޔާ ނުލިބޭނެ ފިރިމިހާ އެމީހާގެ ކައިވެނި ދެމެހެއްޓުމުގާ އަލަންޖެހެ ފިޔަވަޅުތައް ގެވެށި އަނިޔާއަށް ވަނީ ކޮންގޮތަކުން އެފަދަ ފިޔަވަޅުގެތެރޭގަ އަނބިމީހާ ގައިގަ ޖެހުނވެސް ފިރިމީހާއަސް މަތްﷲ ހުއްދަ ކުރައްވާފައިވޭ. ނިސާ ސޫރަތުގެ 34 ވަނަ އާޔަތް ބައްލަވަލައްވާ. އާޔަތާ ދެކޮޅަށް ގާނޫނު ހެދިދާނެބާ؟ގާނޫނުއަސަސީގަ ބުނަނީ އިސްލާމް ދިނުގެ އަސްލަކަހިލާފަށް ހެދޭ ގާނޫނަކީ ބާތިލްއެއްޗެއްކަމަށް.