ނިރުބަވެރިކަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރުގެ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށް ފުލުހުން ނުބައި ގެއަކަށް ވަން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ޝަކުވާއެއްގެ ގޮތުގައި އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ހިނގާފައިވާގޮތް ސާފު ކުރުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މީހަކު އުޅޭ ކަމަށް ބުނެ ފުލުހުން ވަން ގޭގެ މީހަކު ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ވަނީ ފުލުހުން ކޯޓު އަމުރެއް ހިފައިގެން އައިސް ގެއަށް ވައްދާލިއިރު، އޭނާގެ ބުރުގާ އަޅާ އަނބިމީހާގެ އަބުރާ އިއްޒަށް ކޮބައިތޯ ސުވާލު ކޮށްފައެވެ.

"އަންހެނުން ބުރުގާ އަޅާލަންދެން މަޑު ކޮށްލާށޭ ބުނިއިރު، މިނެޓެއް ވެސް މަޑު ނުކޮއްލެވުނު" ފޭސްބުކުގައި އޭނާ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެގޮތަށް މަޑު ނުކުރެވެންޏާ އަންހެން ފުލުހުން ވެސް ތިބޭނެ ކަމަށާއި އެމީހުން ގޮވައިގެން އާދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެގޭގައި ހަރުކަށި ފިކުރު މީހެއް އުޅެނީ ކިޔާފައި ގެއަށް ވައްދާލުމުން އޭނާގެ 7 އަހަރުގެ ދަރިފުޅު ވެސް އެވަގުތު ހުރީ ހުއްޓުން އަރާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގެބަލައި ފާސް ކުރުމަށްފަހު، ލިބިފައި ވަނީ ނުބައި މައުލޫމާތެއް ކަމަށް ބުނެ "ސޮރީ" އޭ ފުލުހުން ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެގެއަށް ވަން ފުލުހުން ތިބީ މޫނު ނިވާކޮށްގެން ކަމުން އެއީ ފުލުހުންތޯ ޔަގީން ނުވާ ކަމަށާއި އެގޮތަށް ފުލުހުންގެ ބެޖު ދައްކާފައި ކޮންމެ ބަޔަކަށް ވެސް ގެތަކަށް ވަދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ވަދެފައި ކޮންމެ ކަމެއް ކުރިއަށް ކިހިނެތް އިނގޭނީ. ކޯޓު އަމުރުއް ހިފައިގެން އަންނައިރު، އިނގެން ޖެހޭ ގެއަށް ވަންނަނީ ކޮންބައެއްތޯ ވެސް. މޫނު ފޮރުވައިގެން ވަނީމަ ނޭނގޭ ކޮންބައެއް ކަމެއް ވެސް" އޭނާ ބުންޏެވެ.

އެކަން އެގޮތަށް ހިނގާފައިވާ ކަމަށާއި މާދަމާ އެފަދަ ބަޔަކު އެހެން ގެއަކަށް ވަދެ އެހެން އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަންނާނީ ކޮންއިރަކު ކަމެއް ނޭނގޭ ކަމެއް އޭނާ ވަނީ ބުނެފައެވެ.

ނިރުބަވެރިކަމާއި ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަންތަކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކެކެވެ. އެގޮތުން މިހާތަނަށް ފުލުހުން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު މާލެއިންނާއި އައްޑޫއިން ހައްޔަރު ކޮށްފައެވެ. އަދި މިހާރު ފުލުހުން އަންނަނީ ބ. ދަރަވަންދޫގައި ވެސް ނިރުބަވެރިކަމާއި ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަސަނާ

    ތީމާބޮޑުކަމަކައްނުވާނެ ބުރުގާއެޅުންވެސް މަނާކުރާދުވަސްވަރައްކާރި ގާނޫނުހަދާމަޖިލިސް ވެސް ކޮންޓުރޯލް އޮތީ މޑނ ގެ ބާރުގެދަށުގަ..

    26
    2
  2. ހާލުފޮޅި

    “މާދަމާ އެފަދަ ބަޔަކު އެހެން ގެއަކަށް ވަދެ އެހެން އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަންނާނީ ކޮންއިރަކު ކަމެއް ނޭނގޭ ކަމެއް އޭނާ ވަނީ ބުނެފައެވެ” ހީވަނީ އެގެއަށް ވަދެ އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަތީގެން.. އޮޅުން ނާރާގޮތަށް ހަބަރު ލިޔަން ދަސްކުރަން ވެއްޖެއެންނު...

    9
    21
    • ގަމާރު

      ލިޔެފަ އޮތް އެއްޗެއް ކަލެއަށް ފަހުމް ނުވަނީއެއްނު..؟!

      • ފުއްގުޑި

        ހާލުފޮޅީގަ ކުޑަރީދޫކުލައެއް ހުންނާނެ، އެކަންތައްގަނޑު އެއުތުރެނީ.

  3. އަލްޖިބްރާ

    ވަރިހަމައެއްނު ! އެމީހުނަށް އެބާރު ވަނީ ދީފަވިއްޔަ ! ދެން ކޮންމެ ކަމެއް ކުރަންވެސް އެމީހުން ޖެހިލުމެއް ނުވާނެ ނު ! ކުޑަމިނުން ގެއަށް ވަދެގަތުމުގެ ކުރިން މިއީ ކޮން ގެއެއްގެ ކޮންތަނެއްތޯ އަހަންވެސް އެމީހުނަށް ޖެހޭނެއެވެ. ކޯޓުއަމުރު ދީފައޮންނަނީ ދެލޯމަރައިގެން ތަންތަން ރެއިޑް ކުރާކަށް ނޫނެވެ. ތަންތަނަށް ފޮނުވަންޖެހޭނީވެސް ތަންދޮރު ދަންނަ ފުލުހުންނާއި ސިފައިންނެވެ. ގަމާރުން ނެއް ނޫނެވެ.

    25
    2
  4. ނޯޓް

    އެގެއަށް ވަން ފުލުހުން ތިބީ މޫނު ނިވާކޮށްގެން ކަމުން އެއީ ފުލުހުންތޯ ޔަގީން ނުވާ ކަމަށާއި އެގޮތަށް ފުލުހުންގެ ބެޖު ދައްކާފައި ކޮންމެ ބަޔަކަށް ވެސް ގެތަކަށް ވަދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
    މީ ވަ ރަށް ރަގަޅު ޕޮއިންޓެއް!! ކު ރިއަށް އޮތް ތަނުގައި ވެދާނެ ކައްތަކެއް.

    26
    3
  5. ހިޔާލު

    ފުލުހުންގެ ތެ ރޭގައި މަސައްކަތް ކޮށްފައި ތިބި ބައެއް މީހުންގެ އަތުގައި ޔުނީފޯމްތައް އެބަހު ރި. ބަންގާލީން ފެލަން ރަގަޅު ސްޓަންޓެއް

    20
    1
  6. ހުސެން

    ލާދީނީ މީހުން ފުލުހުންގެ ލޯތަކަށް ނުފެންނަނީ ކީއްވެބާ؟؟

    27
    3
  7. އިމްރާން

    އެވަރުގެ ބަޔަކަށް އެވަރުގެ ކަމެއް ވެދާނެ

    23
    1
  8. ޙހހހ

    ކަމަކީ ދެރަކަމެއް ، އެކަމަކު ރައްޔިތުންގެ ހައްޤުގައި މިހާ ބުރަކޮށް އުޅޭ ބަޔަކަށްވެސް ކުށެއް ވެވިދާނެ ، ނަމަވެސް މިކަން މާބޮޑުކޮށް ފުލުހުންގެ މުއައްސަސާއާއިމެދުގައި ނަފްރަތު އުފެދިދާނެ ގޮތަކަށް "ބޮޑު ޝުރުހީ " އަޅާލުމަކީ ބޮޑުވެގެންވާ ކުށެއް ،

    12
    24
    • އަހަންމަދު

      މިވާނީފުލުހަކަށް

      11
      1
  9. އަހްމަދް

    ފުލުހުންގެ ކުށެއް ފެނޭތޯ ބަލަ ބަލަ ތިބެނީ ދިވެހި ރަތްޔިތުންނާއި ހަބަ ރު ފަތު ރާމީހުން
    ރައްޔިތުމާހާއައް ކަމެއް ފެނުނަސް ހުއްޓުވަން ނުކެ ރޭތާ ހެކިބަހެއްވެސް ދޭކަށް ނުކެ ރޭ

    5
    5
  10. ކޮރަލް

    މައާފް އަށް އެދެން ޖެހެ އެވެ.

    6
    2
  11. ދަރަނި ދަންތުރަ

    މިއީ ހަމަ އޮޅޭ ސަރުކާރު އޮޅިގެން ވިކަމެއްވިއްޔާ ވެފައޮތީ ކަލޯ އިބޫ ނަމަނަމަ އޮޅިގެން ފަޒުނާ ވަރިނުކުރާތި ، އޭރުން ސިއްކަ އޮޅިގެން އިބޫއަކީ ރައީސް ނޫންކަމަށް އިބޫ ނިންކުރީގައި ސިއްކަޖަހާފާނެ ...

    11
  12. Anonymous

    އޭ! އީސަ ހައްޔަރު ކުރަން ދޭބަލަ އާންމު މީހުންގެ ގެތަކަށް ނުވަދެ. މަޑުކަށިވީމަ ހައްޔަރު ނުކުރެވެނީ ތޯއްޗެއް.

  13. ައަލީ

    'އޮޅިގެން' މީހުންގެ ގެދޮރަށް ވަދެގަނެ، ދުލަށް އައިހާ ހަޑި ހުތުރު ބަސްތަކެއް ގޮވާ ހަޅޭލުމަކީ އެ ބޭފުޅުން ވަރަށް އާއްމުކޮށް ކުރާ ކަމެއް! މިފަހަރު އެގޭގެ ދިރިއުޅޭ ފަރާތުން އެވާހަކަ ނޫސްތަކަށް / ސޯޝަލް މީޑިއާ އަށް ތިލަ ކޮށްލީ. ދެން އެމީހުންނަށް ތިޔަ ރަށުގަ ދިރި ނޫވެގިން ފައިބައިގެނަ ދާވަރު ކޮށްލާނެ. ތިޔަށް ވުރެ ބޮޑު 'ގޭންގެއް' މި ގައުމަކު ނޯންނާނެ!