ނިރުބަވެރިކަމާއި ދެކޮޅަށް ބ. އަތޮޅު ދަރަވަންދޫގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނެވެ. އެމްއެންޑީއެފް އިން މި އޮޕަރޭޝަންގައި ބައިވެރިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ މިފަހަކަށް އައިސް ނިރުބަވެރިކަމާއި ދެކޮޅަށް ފުލުހުން ހިންގާ ތިން ވަނަ އޮޕަރޭޝަނެވެ. އެގޮތުން މީގެ ހަތަރު ދުވަސް ކުރިން އައްޑޫ ސިޓީގައި ނިރުބަވެރިކަމާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި ރޭ ހިންގި އެފަދަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

މިރޭ ހިންގާ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ. ނަމަވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދިނެވެ.

މި އޮޕަރޭޝަންގައި ފުލުހުން ދަނީ ބައެއް ގެތައް ބަލައި ފާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޒު

    ޔުނބުޅި ހުރެފަ ފަޓްލޫން ފައިކުރި ނުވަތަ ޢިޒާރު މަތިކޮއްފަ ހުންނަންޔާ އެއީ ހަރުކަށި ފިކުރު އެމީހުން ރސޢވ ގެ ސުންނަތަށް އުޅެންޏާ އެވެސް ހަރުކަށި ފިކުރު ދެން މަޑު ކަށި ެެެެެެެެެެެެެެެެެެެެެެނީ ސޯޓް ލައްވާ ނިވާކޮއްފަ

    3
    2