ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލަ މިސަރުކާރުން މަތިޖަހާ ފޮރުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

އީސައަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭނާ އާއި ދެކޮޅަށް އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާން ދެއްވާފައެވެ.

އީސައަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކިތަންމެ ވަރަކަށް އެފަދަ މައްސަލަތަކެއް ހުށަހެޅި ކަމަށްވިޔަސް އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ވަޒީރުންނަށް ޤާނޫނު ހިންގަން ނުކުޅެދިފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރަނީ ހަމައެކަނި ޕާޓީއަށްޓަކައި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

"ނަމެއްގައި ޤާނޫނު ހިންގުން ހުއްޓާލަން އެބަޖެހޭ. ކަށަވަރު މަތިޖަހާ ފޮރުވާނެ" ޖަމީލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން މި މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އީސަ ދިރިއުޅޭ އިމާރާތުގައި އުޅޭ މީހަކު ބުނީ، ދަންވަރު އެކެއް ޖެހިހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މިކަމާއި ގުޅޭ ގޮތުން މީޑިއާގައި ވާހަކަދައްކަވަން އީސަ ވަނީ ދެކޮޅު ހައްދަވާފައެވެ.

ސަރުކާރުގެ އިސް ފަރާތްތަކާއި، އަދި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ޖިންސީ ގޯނާގެ މައްސަލަތައް ވެސް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކޮށް އެމައްސަލަތައް "އޮއްބާލާ" މައްސަލަ ބޮޑުވެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގލޅ

    މޑޕ މެންބަރުން ހިންގާ ކުށްތަށް މިސަރުން ބަލައި ފިޔަވަޅު
    އެޅުމަ ކީ ދުރު ކަމެ ކެވެ އެއިން މެންބަރެއްގެ ގޮނޑި ގެއްލެގެން މޑޕގެ ޚުދުމުޚްތާރު ކަން ކުޑަވެދާނެތީއެވެ.

  2. ބިންގޯ

    އިބޫ ރައީސް އަކަށް ނުކެރޭނެ އީސަ ހަތްޔަރު ކުރާކަށް.
    އީވާ އަކަށް ނުކެރޭނެ އީސަ ވަކިކުރާކަށް

  3. ޙުސައިން

    ކޮންމެވެސް އެއްޗެކޭ ކިޔާފަ މަތިޖަހަން އުޅޭނެ. އެމްޑީޕީ މީހެއްވެއްޖެއްޔާ ކޮންމެ ކަމެއްވެސް ފޮރުވަންއުޅޭނެ. އެކަމަކު މިކަމަކީ މިހާރު ފޮރުވޭނެ ކަމެއްނޫން.މިއީ ކުރީގެ ސަރުކާރުތަކުން ކަންކުރި ގޮތްތައް ކަމުނުގޮސްގެން އުފެދުނު ސަރުކާރެއް. އެކަމަކު މިސަރުކާރުން ކުރާއެެއްވެސް ކަމެއްގަ ބަހާ ޢަމަލާ ދިމާނުވޭ.ކުރީ ސަރުކާރުތަކުން ކަންކުރި ވަރަށްވުރެ މާނުބައިކޮށްކަންކުރާ ސަރުކާރެއް.

  4. ނުރަބޯ

    މި ނިއް ކުރި ހާދަ ފޯރިއެއް އެބަ އަރައޭދޯ. މި ދެން ކާ ކުތަ؟