ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ރޭ މާލެ އިން ހައްޔަރު ކުރި، އަބްދުﷲ އަލީމަނިކު (މޮޅަދޫ އަބްދުﷲ) ހައްޔަރުކުރީ ޓެރަރިސްޓް ހަމަލާއެއް ރާވާކަމުގެ ތުހުމަތު ކުރޭ މައްސަލައެއްގައި ކަމަށް ފުލުހުން މިއަދު ކޯޓުގައި ބުނެފިއެވެ.

މޮޅަދޫ އަބްދުﷲ އަކީ ހަރުކަށި ފިކުރު ފެތުރުމުގައި ރާއްޖެއަށް މަޝްހޫރު ނަމެކެވެ. ސަލާމަތީ ބާރުތަކަށް ވެސް އޭނާ އާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ކުރިންވެސް ލިބިފައިވާ ކަމަށް ވެއެވެ. އޭނާ އަކީ 2007 ވަނަ އަހަރު އއ.ހިމަންދޫގައި ހަރުކަށި ފިކުރުގެ މީހުންތަކެއް ސަލާމަތީ ބާރުތަކާއި ކުރިމަތިލުންތަކެއް ހިނގިއިރު ވެސް އިސްކޮށް ހުރި މީހެކެވެ.

މޮޅަދޫ އަބްދުﷲ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ވެސް އޭނާގެ މައްޗަށް ގިނަ ކުށްތަކެއްގެ ތުހުމަތު ކޮށްފައިވެއެވެ. މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ވެސް ފުލުހުން އެދުނު ސަބަބުތަކުގެ ތެރޭގައި ރޭ ނެރުނު ކޯޓު އަމުރުގައި ހުރި ގިނަ ކަންކަން ހިމެނެއެވެ.

މިއަދު މޮޅަދޫ އަބްދުﷲ ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުން އެދުނު ސަބަބުތަކުގެ ތެރޭގައި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ތެރެއިން އެންމެ އިސް ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވުން ވެސް ފުލުހުން ފާހަގަ ކުރިއެވެ.

އޭގެ އިތުރުން އޭނާ ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް ދީނީ ހައްދުފަހަނައާޅަފައިވާ ފިކުރު ކުރިއެރުވުމަށާއި އެ ފިކުރަށް ހިތްވަރުދޭ ކްލާސްތައް ބާއްވައި ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން ވެސް ފުލުހުން ފާހަގަކުރިއެވެ.

މީނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގުމުގައި ގިނަ ބަޔަކު ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށް އޭނާ ތާއީދުކުރާ ކަމަށާއި އަދި ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިކުރުވުމަށް، ޖިހާދުކުރުމުގެ ނަމުގައި މީހުން ފޮނުވުމާއި، އެކަމަށް މީހުން ރެކްރޫޓް ކުރުމުގައި އޭނާ އިސްދައުރެއް އަދާކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުުމާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވަމުންދާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތުން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ތުހުމަތު ކުރެވޭ މައްސަލައަކީ މުޖުތަމައުގެ އަމަންއަމާންކަމާއި ގުޅިފައިވާ މައްސަލައަކަށް ވާތީ އާއި ތުހުމަތު ކުރެވޭ މައްސަލައަކީ މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބޭ މައްސަލައަކަށް ވާތީ އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުން މިއަދު އެދުނެވެ.

ފުލުހުން އެދުނު ގޮތައް ކޯޓުން ވަނީ 15 ދުވަހު އޭނާ ބަންދުގައި ބަހައްޓަން އަމުރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިގައިދީ

    ޜާއްޖޭގަ އެތިޒަމް ޕްރޮމޯޓްކޮށް އިސްލާމްދީނަށް މަލާމާތް ރައްދުވާ ފަަދައިބާރާތްބޭނުންކޮށްގެން ރިޕޯޓްތައްނެރެހަދާ މީހުންގެ އިންޓެލިޖެންސްވރިޕޯޓްތައް ކޮބާ؟މިއީ ކޮވިޑްގެ ސަބަބުން އިގްތިސާދު ހީނަރުވެފަވާތީ ހުޅަނގުގެ ލާދީނީ ސަރުކާރުތަކާއި ޖަމިއްޔާތަކުން އެހީހޯދަން ހިންގާ ކެމްޕެއިންއެއް،ފާފައިން ކަޅިވެ ދީނުން ބޭރުވެފަތިބޭ މީހުންނަށް ތެދުވެރި މުސްލިމުން ފެންނާނީ ޓެރަރިސްޓުންގެ ގޮތުގަ،ޓެރަރިޒަމް،އެކްސްޓްރީމިޒަމް،ފަންޑަމެންޓަލިޒަމް މިއީ އިސްލާމްދީނާ ހަނގުރާމަކުރުމަށް ބޭނުންކުރާ ފިކުރީ ހަނގުރާމައިގެ އެންމެ މުހިންމު ހަތިޔާރުތައް.....ހަޤީޤަތް ހާމަވާނެ،އިންތިޒާރުކޮށްލައްވާ!

    14
    5
    • މޮގޮމްބޯޯޯޯ

      ތިބުނާ ބަަޔަކު މީހުން މަރަން ގޮވަމުން ، އެހެން މީހުން އެމީހުން އުޅޭ ގޮތައް އުޅެން އަމުރު ކުރަމުން ނުއުޅޭ. ކޮއްމެ ދީނެއް ވިޔަސް ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް.

      5
      2
  2. ކޭ

    ހީ ލުކް ލައިކްއަ ސްލޮތް.

    5
    3
  3. ނުރަބޯ

    ހު ރި ސިފަ ބަލާބަލަ މީން ޒަމާނެއްގަ ފެންވެ ރިކަމެއް ނޭނގެ

    10
    5
  4. Anonymous

    މުޅިން ދޮގު ޚަބަރެއް

    4
    7
  5. އުގުރި

    މިވައްތަރުގެ ބޯހަމަ ޖެހޭ އެ ކަތިވެސް ނުހުންނާނެ.

    10
    6
  6. ޖާބެ

    ތުރުކުރައްވައިގެން އެހުންނެވީ ކޮންމެސް ރިޒޯޓެއްގެ ޔުނީފޯރމެއް ކަމައް ބެލެވޭ!

  7. ޗީ

    ބޮޑު ނަޖިހެއް