ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ކުރީގެ އަނބިކަނބަލުން އަދި ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިދިކޮޅު ޕީއެންސީގެ ރަޖިސްޓްރާ މުހައްމަދު އަފޫ ހާމިދު، ފާޑު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކައުންސިލް މެމްބަރު ކަން ވެސް ކުރައްވާ އަފޫ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާވެރިވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގާނޫނު ހަދާ މަޖިލިހުގައި މިފަދަ ބޭފުޅަކު އިން ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އަފޫ ވަނީ ގޮވާލައްވައިފައެވެ.

އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނުކަމަށް ބުނާ މައްސަލާގައި އަސޫ ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގައި ބަޔާން ނެގުމަށް އަސޫ މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

އީސަ ދިރިއުޅޭ އިމާރާތުގައި އުޅޭ މީހަކު ބުނީ، ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. އެއް އެޕާޓްމެންޓެއްގައި ދިރިއުޅުއްވިޔަސް ދެމީހުން ވަނީ ވަރިވެފައެވެ. ނަމަވެސް އަދިވެސް ކޯޓުން ވަރިކޮށެއް ނުދެއެވެ.

ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މިކަމާއި ގުޅޭ ގޮތުން އީސައަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށެެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢަހޫ

  ޙަމަތިގޮތަށް ފިނިފެންމާ ސައީދު އާއި ނައިފަރު ސިޔާމު މަޖްލިސްގަ އިންނަވާތީ ލަދު ނުގަނޭތޯ؟؟؟؟

  4
  15
 2. Anonymous

  ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ އިސްތިއުފާ ދީ.
  ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުން ލަދުން ބޯހަލާކު.
  މިކަހަލަ ބުރާންޗެއް ހޮވުނީ މާ.

  18
  • ޟަރުދީ

   ކެދިކުޅުދޫ އަކީ އެވައްތަރު ރަށެއްނޫްތަ

  • ކޮވިޑް

   ހޮވީރަކު ނޭގޭތަ އެ އެއީ އެކަހަލަގެ ބުރާންޗެއްކަމެއް؟ މިއަދު ތިހެން ތިކިޔަނީ؟

 3. މުހައްމާ

  އަޅުގަނޑަށް އުމުރުގައިވެސް ފުރަތަމަ ފަހަރަށް ޢީސައާއި ބައްދަލުވީ އެއާ ޓެކްސީގައި މާލެދާންވެގެން އައިސް އަޅުގަނޑު ހުރި ރިޒޯޓްގެ ޖެޓީމަތީގައި ހުއްޓާ، ވަރައް ކުޑަ މުޢާމަލާތަކުންވެސް އޭނަގެ ކިބައިން ފެނުނީ ބޮޑާކަމާއި ކިބުރުވެރިކަން އަދި އަމިއްލަ ނަފުސު ނޫން މީހަކަށް އޭނަގެ ހިތުގައި އިހުތިރާމް ނެތްކަން.

  20
 4. އެކެޑަމީ

  ވަރި ވެފަ އުޅެނީ އެއް އެޕާޓްމަންޓެއްގަ ވަރަށް ތަހުޒީބު

  14
 5. ކައިފް

  ހޫ އިޒް އަފޫ؟

  9
  1
 6. ކުލޫނީ

  ކެނެރީގޭ ނަޝީދު މަޖުލިހުގަ އިންނާތީ ވެސް ހާދަލަދެއް ގަނޭ ދީނައްފުރައްސާރަ ކުރާކޮށް ރަސޫލާ އަށް ހަޖޫ ޖަހާ މީހަކަށް ވާތީ.

  10
 7. މަނީ

  މީހުންގެ ޒާތީމައްސަލަތަކުގެ ތެރެއަށް ވައްނަނި ކީއްކުރަން.

 8. ބިންގޯ

  ރިސޯޓް ތަކުގެ މުއަށްޒަފުންގެ ދިފާއެގަ މާމޮޅަށް ވަކާލާތު ކުރާ މީހެކޯ.