ކޮވިޑް ޖެހިގެން މެއި މަހު ނިޔާވި މީހުންގެ ތެރެއިން %64 މީހުން އެއްވެސް ވެކްސިނެއް ޖަހާފައި ނުވާކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން ވެކްސިންގެ ދެޑޯޒް ޖަހާފައި ވަނީ %12 މީހުން ކަމަށެވެ. ނިޔާވި މީހުންގެ ތެރެއިން ވެކްސިންގެ އެއްޑޯޒް %20 މީހުން ޖެހި ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންގެ މައުލޫމާތައް ބަލާއިރު އޭގެތެރެއިން ވެކްސިން ފުރިހަމަ ކުރާ މީހުންގެ ހާލަތު އެންމެ ގޯސްވުމުގެ ފުރުސަތު ކުޑަކަން ތަފާސް ހިސާބުތަކަށް ބެލުމުން އެނގެއެވެ. އެހެންކަމުން ހާއްސަކޮށް 65 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުން ކޮވިޑް ވެކްސިން ޖެހުމަށް ޑރ.ނަޒްލާ އިލްތިމާސް ކުރެއްވިއެވެ. މިހާރު ވެސް ރާއްޖޭގައި ސިނޮފާމް ވެކްސިން އާއި ފައިޒާ ވެކްސިން ޖަހަމުން އެބަގެންދެއެވެ.

އޭނާ ވިދާޅުވީ މާލޭގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މިހާތަނަށް 304،394 މީހުން ވެކްސިނންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 149،435 މީހުންނެވެ. 95000 މީހުންނަށް ވެކްސިން ފުރިހަމަ ނުކުރެވި ތިބީ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ނެތުމުންނެވެ. ނަމަވެސް 50000 މީހުން ތިބީ ދެވަނަ ޑޯޒް ފުރިހަމަ ކުރާނެ ވެކްސިން ކަމަށްވާ ސިނޮފާމް ވެކްސިން ރާއްޖޭގައި ހުރެ، ނަމަވެސް ވެކްސިން ފުރިހަމަ ކުރަން ގޮސްފައި ނުވާތީ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Vaanuaa

    ސަރުކާރުން ވެކްސިންގެ ވާހަކަ ނުދައްކަން ވީނު
    ސްޓޮކް ހުރެގެން ދެއްކުން ރަނގަޅީ
    92000 މީހުންގެ ވެކްސިން ފުރިހަމަ ނުވެހުރީ ސަރުކާރުގެ މައްސަލަ އަކުން. ޢިންޑިޔާ އަށް ފައިދާ ކުރުވަން އުޅެގެން

    14
  2. ކޮއިފުޅު

    ނަޒުލާ ތިވާހަކަދައްކަން ލަދެއްނުގަނޭތަ މި ގައުމުގެއުޅޭ ބަންގާޅީން ގަޔަންތިޖެހި ވެކްސިންނެއްޖަހާނިންމީ އަޅުގަޱަކީ ރިސޯޓު ފުރަންޓުލައިނގަ ވަޒީފާ އަދާކުރާ މީހެއްގެ ހައިސިއްޔަތުން އާދޭސް އާދޭސް މިކުރަނީ ވެކްސިން ޖެހޭތޯ މިހާރުވެސް މިތަނުން 6 ފަތުރުވެރިއަކު ކޮވިޱު ޖެހިގެން އުޅެނީ

    13
    1
  3. އަޙްމަދް

    ކޮއްމެ ގޮތަކުންވެސް ވެކްސިން (ކެމިކަލް ބަޔޯ ދިޔަގަނޑު) ހިމާޔައް ކުރައްވާތި! ވެކްސި ފުރިހަމަ ކުރިމީހުން ސަލާމަތް ނުކުރެވި ނިޔާވެގެން އެދިޔައީ ކީއްވެތޯއެވެ؟

    19
    2
  4. އަދުރެމެޓިކްސް

    12، 20، 64 އެއްކުރީމަ ހަމަވަނީ 96. ބާކީ 4 ޕަސެންޓު ކޮބާ؟

  5. އަޙްމަދު

    2 ޑޯޒު ޖެހީމަ ހާލު ބޮަޑުވެގެން ފަރުވާ ދޭކަށް ނުޖެހެނެޔޭ ކުރިން ބުނީ. މަރު ދޯ ވަނީ.