ފްލެޓަށް ވަދެވޭ ތާރީހު ދިނުމުގައި ސާރުކާރުން ސީރިއަސް ވާންޖެހޭ ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ އާންމުންގެ ޖަމްއިއްޔާ އިން ބުނެފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން މިހެން ބުނީ ހިޔާ ފްލެޓަށް މިއަންނަ މަހު ވަދެވޭނެ ކަމަށް ސަރުކާރުން އަނެއްކާވެސް ބުނުމުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ ހިޔާ ފްލެޓަން ވަދެވޭނެކަމަށް ސަރުކާރުން އެންމެ ފުރަތަމަ ދިން ތާރީހަކީ މިދިޔަ އަހަރު ކުރީ ކޮޅުކަމާއި އޭރުން ފެށިގެން މިއަދާއި ހަމަޔަށް ތިން ހަތަރު ތާރީހު ސަރުކާރުން ދިންކަން ފާހަގަކޮށްފައެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ތާރީހްތަކެއް ސަރުކާރުން ދޭއިރު، އެތާރީހްތަކަށް ފްލެޓަށް ނުވަދެވުމުން އާއްމުންނަށް ގިނަ ދަތިތަކެއް އަންނަނީ ދިމާވަމުންނެވެ. "‏ހިޔާ ފްލެޓަށް ވަދެވޭ ތާރީހު ބުނުމުގައި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ސަބަބަކީ އޭގެ ސަބަބުން އާންމުންނަށް ކުރިމަތިވާ އުދަގޫތަކެއް ހުރީމައެވެ. ހިޔާ ފްލެޓު ލިބުނު އާންމުންނަކީ މިހާރުވެސް ކުއްޔަށް އުޅޭ މީހުންނެވެ. މިއަންނަ މަހު ވަދެވޭނޭ ބުނާ ކޮންމެ ފަހަރަކު މިހާރު އުޅޭ ތަނުން ނިކުންނަން ކުރަން ޖެހޭ ކަންކަން ބައެއް އާންމުން ކުރެއެވެ. ބައެއް ތަންތަނަކީ އެއްމަސް ދެމަސް ކުރިން ތަން ދޫކުރާ ވާހަކަ އަންގަން ޖެހޭ ތަންތަނެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ މީގެ ކުރިންވެސް ސަރުކާރުގެ ބަހަށް ބަރޯސާވެ އުޅޭތަނުން ނިކުންނަ ވާހަކަ ވެރިފަރާތަށް އެންގި އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފައެވެ. ‏ކޮންމެ ފަހަރަކު އާންމުންގެ ޝަކުވާގެ އަޑުގަދަވާން ފެށީމަ ކޮންމެވެސް ތާރީހެއް ބުނެލުން އެއީ ވެރިންނަށް ވަރަށް ފަސޭހަކަމެއް ކަމަށާއި އެތާރީހަށް ނުވަދެވުނަސް ވެރިންނަށް ވާ ގެއްލުމެއް ނޯންނަކަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

"‏އެހެނަސް ތަކުރާރުކޮށް ތާރިހުދީ އެ ތާރީހް ފަހަނަޅައި ދިއުމުން އޭގެ ގެއްލުން އާންމުންނަށް ވާކަން ވެރިން ދަންނަން ޖެހެއެވެ. ވީމާ ތާރީހުތައް ދިނުމުގައި ވަރަށް ސަމާލުވެ އެކަން އެއީ "ސީރިއަސް" ކަމެއް ގޮތުގައި ވެރިން ނަގަން ޖެހެއެވެ. މިއަންނަ މަހު ވަދެވޭނެ ކަމަށް މިހާރު މީޑިއާ ތަކަށް މައުލޫމާތު ދީފައިވީ ކަމުގައިވިޔަސް، ގުރުލާ އަދި ނުނިމޭކަމަށާއި އެގްރިމަންޓް މަސައްކަތް ނުފެށޭކަން ވެސް އާއްމުންގެ ޖަމިއްޔާ އިން ފާހަގަ ކުރިއެވެ. އަދި އޭގެ އިތުރުން ފްލެޓު ލިސްޓުގަވާ މީހުންގެ ތެރެއިން ހައުސިން މިނިސްޓްރީއިން ކުރަމުންދާ ބައެއް ވެރިފިކޭޝަން މަސައްކަތް ވެސް ނުނިމޭކަން އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ފްލެޓްތަކަށް ވަދެވޭނެ ކަމަށް މިފަހަރު ދިން ތާރީހަށްވެސް ވަދެވޭނެ ކަމުގެ އުންމީދު ކުޑަަކަމަށެވެ. އެހެންނަމަވެސް އެޖަމިއްޔާ އިން އުންމީދު ކުރަނީ ސަރުކާރުން މިފަހަރު ބުނި ތާރީހަށް ފްލެޓްތަކަށް ވަދެވުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ އަންނަ މަހު މެދެތެރޭގައި ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Ibsha

    ވަރަށް އުއްމީދުގަ މިތިބީ

  2. ދިވެހިސޮރު

    މީ ތާކުން ތާކުޖެހޭ މީހުން އުޅޭ ސަރުކާރެއްނޫން..

    14
  3. އުގުރި

    ބުނާ ތާރީހަށް ވަދެ ތިއްބާ ވެސް ބުނެފާނެ އަދި ދޭ ކައް ނުނިންމަމޭ

  4. ނަސީ

    ޜައްއިތުން ނައްވުރެ ސީރިޔަސް އެއްނުން ނަސީދު ގެ ސެކުރިޓީ

    14
  5. އަލީއާދަމް

    ފްލެޓްލިބޭލިސްޓްގެ ގިނަމީހުންނަކީފިރިމީހާނުވަތައަނބިމީހާގެމިހާރުވެސްފްލެޓްހުރިމީހުންއޮޅުވާލަންނޫޅޭ މިގޮތުންބައެއްމީހުންގެ މާލޭގައިއަނެތްބައެއްގެ ރަށުގައިފްލެޓްއެބަހުރި މިކަންބަލަންޖެހޭ